Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންމެބޯލް

ކޮންމެބޯލްގެ ޚާއްސަ ޝަރަފެއް މެސީ އަށް، މެސީ ރަމްޒުކޮށްދޭ ސްޓެޗޫ އެއް

ކޮންމެބޯލްގެ އިދާރާގައި ޑިއެގޯ މަރަޑޯނާ އާއި ޕެލޭގެ ސްޓެޗޫއާއެކު މެސީގެ ސްޓެޗޫ ވެސް ބަހައްޓަން ވަނީ ނިންމައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2023 | އަންގާރަ 07:55
ކޮންމެބޯލް އިން އެ އިދާރާގެ މިއުޒިޔަމްގައި ބަހައްޓަން ތައްޔާރު ކުރި މެސީ ރަމްޒުކޮށްދޭ ސްޓެޗޫ

ކޮންމެބޯލް އިން އެ އިދާރާގެ މިއުޒިޔަމްގައި ބަހައްޓަން ތައްޔާރު ކުރި މެސީ ރަމްޒުކޮށްދޭ ސްޓެޗޫ

ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ (ކޮންމެބޯލާ)ގެ ޚާއްސަ ޝަރަފެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަރުވައިފި އެވެ.

މެސީ އަށް އެ ޝަރަރު އަރުވާފައި ވަނީ އެކަމަށްޓަކައި ކޮންމެބޯލްގެ ހެޑުކުއާޓާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އިދާރާގެ ރައީސް އަލެހާންޑްރޯ ޑޮމިންގުއޭޒް އެވެ. މެސީ އަށް އެ ޝަރަފު އަރުވާފައި ވަނީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ އާޖެންޓީނާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު އެވެ. އެ ރަސްމިއްޔާތުގައި ކޮންމެބޯލް އިން ވަނީ މެސީ އަށް ޚާއްސަ ދަނޑިއެއް ހަވާލުކޮށްފަ އެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ ލީޑާޝިޕް އަދި ކޮމާންޑުގެ ގޮތުގައި ކޮންމެބޯލާ އިން އެރުވި ދަނޑިއެކެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ މެސީ ރަމްޒުކޮށްދޭ ޚާއްސަ ސްޓޭޗޫ އެއް ދައްކާލައިފަ އެވެ. އޭގެން ފެންނަނީ މެސީ ވޯލްޑް ކަޕްގެ ތައްޓާއެކު ހުންނަ މަންޒަރެވެ. މިއާއެކު ކޮންމެބޯލްގެ އިދާރާގައި ޑިއެގޯ މަރަޑޯނާ އާއި ޕެލޭގެ ސްޓެޗޫއާއެކު މެސީގެ ސްޓެޗޫ ވެސް ބަހައްޓަން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން މެސީ ބުނީ، މިކަހަލަ ކަމެއް ކޮށްފާނެ ކަމަށް އޭނާ ހުވަފެނުގައި ވެސް ނުދެކޭ ކަމަށެވެ. އަދި އޭނާގެ އުންމީދެއްގެ ގޮތުގައި އޮތީ ކުޑައިރުއްސުރެ ލޯބި ޖެހުނު ކުޅިވަރުގައި ކާމިޔާބީތައް ހޯދުމައިގެން ކުރިއަށް ދާން ކަމަށެވެ. އޭނާ ބުނީ ބޭނުންވީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔަކަށް ވާން ކަމަށާއި، އެއީ އޭނާ އެންމެ ލޯބި ކުރާ ކަންތައް ކަމަށެވެ. މީގެ އިތުރުން މެސީ ބުނީ، އޭނާ ދިގު މަގުތަކެއް ހުރަސް ކުރަން ޖެހުނު ކަމަށާއި، އެކަމުގެ ތެރޭގައި އުނދަގޫ ނިންމުންތަކުގެ ފަހަތުން ބަލިވާ ފަހަރު ވެސް ކުރިމަތިވި ކަމަށެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރީ ފަސް ބެލުމެއް ނެތި ކުރިއަށް ގޮސް ކާމިޔާބީ އަށް ވާސިލްވާން ކަމަށް ވެސް އުމުުރުން 35 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އެ ރަސްމިއްޔާތުގައި މެސީގެ އިތުރުން އާޖެންޓީނާގެ ކުޅުންތެރިންނާއި ކޯޗު ލިއޮނަލް ސްކަލޯނީ އަށް ވެސް ވަނީ ކޮންމެބޯލް އިން އަގު ވަޒަންކުރުމުގެ އިނާމު ދީފަ އެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު