Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންމެބޯލް

ކޮންމެބޯލްއިން ވެސް ބޭނުންވަނީ 2030ގެ ވޯލްޑް ކަޕް ދެކުނު އެމެރިކާގައި ބާއްވަން

އިންފަންޓީނޯ ވިދާޅުވީ، ދެކުނު އެމެރިކާގެ ހަތަރު ގައުމުން ގުޅިގެން ހުށަހަޅާފައިވާ ކެނޑިޑެންސީއާމެދު އޭނާ ހިތްޕުޅުހަމަޖެހޭކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 06:45
ކޮންމެބޯލްގެ ރައީސް ޑޮމިންގުއޭޒާއި ފީފާގެ ރައީސް އިންފަންޓީނޯ

ކޮންމެބޯލްގެ ރައީސް ޑޮމިންގުއޭޒާއި ފީފާގެ ރައީސް އިންފަންޓީނޯ

2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ބާއްވަން އެދެނީ ދެކުނު އެމެރިކާގައި ކަމަށް، ކޮންމެބޯލްއިން ބުނެފިއެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ، ކޮންމެބޯލްއިން މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ކުރިއަށްދިޔަ އެ އިދާރާގެ 76 ވަނަ ކޮންގްރެސްގައެވެ. ކޮންމެބޯލްއިން މިފަދައިން ބުނެފައިވާއިރު، އެ އަހަރުގެ މުބާރާތް ބޭއްވުމަށް ދެކުނު އެމެރިކާގެ ހަތަރު ގައުމަކުން ގުޅިގެން ވަނީ ޖޮއިންޓް ބިޑެއް ކޮށްފައެވެ. އެއީ ދެކުނު އެމެރިކާ އަދި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ، އުރުގުއޭ، ޕެރަގުއޭ އަދި ޗިލީއެވެ. މި ހަތަރު ގައުމުގެ އިތުރުން، ސްޕެއިނާއި ޕޯޗުގަލް އިސްވެ އޮވެ ބިޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ހަމަ އެއާއެކު، ގްރީސް، މިސްރު އަދި ސައޫދީ އަރަބިއްޔާއިން ވެސް އެ މުބާރާތް ހޯސްޓުކުރުމަށް ބިޑުކުރާނެ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

ކޮންމެބޯލްގެ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން އެ އިދާރާގެ ރައީސް އަލެހާންޑްރޯ ޑޮމިންގުއޭޒް ވިދާޅުވީ، ފީފާ ވޯލްޑް ކަޕް ފެށުނީ ދެކުނު އެމެރިކާއިން ކަމަށެވެ. އަދި އެ މުބާރާތަށް 100 އަހަރު ފުރޭއިރު، އެކަން ފާހަގަކުރަންވާނީ ދެކުނު އެމެރިކާގައި ކަމަށް ޑޮމިންގުއޭޒް ވަނީ ވިދާޅުވެފައެވެ. އޭނާ އެފަދައިން ވިދާޅުވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވެސް ހާޒިރުގައެވެ. ޑޮމިންގުއޭޒް ވިދާޅުވީ އެކަމަށް އެހެން ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް އޭނާ ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ދެކުނު އެމެރިކާގެ ހަތަރު ގައުމުން ގުޅިގެން ހުށަހަޅާފައިވާ ކެނޑިޑެންސީއާމެދު އޭނާ ހިތްޕުޅުހަމަޖެހޭކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އާންމު މިންގަނޑަކުން ވިސްނާނަމަ، ފުޓުބޯޅައިގެ ކުރިމަށް ބަލާއިރު، މައްސަލަތަކާއި ތަޅާފޮޅުންވެސް އެއްފަރާތްކުރަން ޖެހޭކަމަށެވެ. އެއަށްފަހު އެކުގައި ކުރިއަށްދެވޭނީ ކޮން މަގަކުންތޯވެސް ބަލަން ޖެހޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާއިން މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅާނީ އެ އިދާރާ ކޮންގްރެސްގައި ނަގާ ވޯޓުންނެވެ. އެ ވޯޓުގެ ކުރިން ފީފާއިން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކޮށް، ކެންޑިޑޭޓުންގެ ޝޯޓްލިސްޓެއް ހަދާނެއެވެ. 2030 ވަނަ އަހަރުގެ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ފީފާގެ ކޮންގްރެސްގައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު