Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޑީޕީގެ ޕްރައިމަރީ

އެތެރޭގެ ޕްރައިމަރީން ބީރައްޓެހި ކުލަތައް، ވިސްނާލުން މުހިންމު!

26 ޖެނުއަރީ 2023 | ބުރާސްފަތި 14:06

އެމްޑީޕީގެ ޕްރައިމަރީގައި އެހެން ކުލަތައް ފެންނަކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2023 | ބުރާސްފަތި 14:06
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން

މި ދައްކަނީ އެތެރޭގެ ޕްރައިމަރީއެއްގެ ވާހަކައެވެ. ރާއްޖޭގެ ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ހިނގާ، އެތެރޭގެ އިންތިޚާބެއްގެ ވާހަކައެވެ. ޑިމޮކްރެސީއަށް އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޕާޓީގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބުގެ ވާހަކައެވެ. ޕާޓީގެ ތާރީޚުގައި ބާއްވާ އެންމެ ހައްސާސް އެއް އިންތިޚާބުގެ ވާހަކައެވެ. ކުރިއަށް މި އޮތް ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، މި އިންތިޚާބަށް ބޭރު ބާޒުތަކުގެ ނަޒަރު ވަނީ ހުއްޓިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވިފަދައިން ޕްރައިމަރީގައި އެތަކެއް ކުލަތަކެއް ޖެހެމުންދާ ކަމީ ފެންނަން އޮތް ހަގީގަތެވެ.

ފޯރިގަދަ ކެމްޕެއިނަކަށްފަހު ޕްރައިމަރީގައި އައިސް މިހާރު މި ތިބެވެނީ އިންތިޚާބު ނިމުމުގެ މަގުމަތީގައެވެ. މިތިބީ އިންތިޚާބުގެ ނަތީޖާއާ ދާދި ކައިރީގައެވެ. ބާކީ އޮތީ ކުޑަ ވަގުތުކޮޅެކެވެ. ކެމްޕެއިން ކުރަންވެސް އޮތީ އެހާމެ މަދު ވަގުތުކޮޅެކެވެ. އެމްޑީޕީގެ އިންތިޚާބަށް ރީނދޫ ކުލައަށް ނުފަރިތަ، ރީނދޫ ކުލައާ ރަހުމަތްތެރި ނޫން ބަޔަކު މިހާ ޝައުގުވެރިވަނީ ކީއްވެތޯ މިއީ ވިސްނާލުން މުހިންމުކަމެކެވެ.

ބައެއް ރަށްރަށުގައި ފޮޓޯ ނެގުމާއި، ބެނާ ދެމުމުން ފެށިގެން، އިސްތިގުބާލަށް ނުކުންނަ މީހުންގެ ތެރޭގައިވެސް، ޕާޓީން ބޭރު، ޕާޓީއަށް ދޭސީ ނޫން މީހުން އެހާ ގިނައީއެވެ. މިއީ ސުވާލު ނުއުފެދޭފަދަ ކަމެއް ނޫނެވެ. މިކަމުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އޮތް ތަފާތު ފިކުރު ފުށުންޖަހައި ހަލަބޮލިކޮށްލުން ކަމަށްވެސް ވެދާނެއެވެ. އަދި ވަކި ބޭފުޅަކަށް ތިމާމެންގެ ރުހުން އޮތް ކަމަށް ދައްކައިގެން، މާދަމާ ލިބިދާނެ ސިޔާސީ މަންފާއަކަށް ވިސްނަނީ ނޫންބާވައޭވެސް ހިތަށް އަރައެވެ. ނޫނީ ޕާޓީ ގަޑުބަޑުކޮށް އެ ސިޔާސީ ހަލަބޮލިކަމުން ތިމާމެންނަށް ލިބިދާނެ ފައިދާއަކަށް ޝައުގުވެރިވާ ގޮތް ބޮޑީކަމަށްވެސް ވެދާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް އިދިކޮޅު ފަޑީގައި ތިއްބެވި ބޭފުޅުންނަށް ވާދަކޮށްލެއްވެން އޮތީވެސް މީގެ ތެރެއަށް ވަދެ މަސްހުނި ވެވަޑައިގެން ކަމަށް ގަބޫލުކުރެއްވެނީކަމަށް ވެދާނެއެވެ. ކާމިޔާބު އޮތީ އެމްޑީޕީގެ އިންތިޚާބު ގަޑުބަޑުކުރައްވައިގެން ކަމަށް ފެނިވަޑައިގަންނަވާތީ އެބޭފުޅުން ނުކުމެވަޑައިގެން ތިއްބެވީކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް ވަރަށް ރަނގަޅު ޑިމޮކްރަޓިކް ނަމޫނާއެއް ދައްކާ އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށް ބުނާ ބުނުން، އެ ޕާޓީން މީގެ ކުރިންވެސް ދަމަހައްޓާފައި އެބަހުއްޓެވެ. ޕާޓީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެކަމީ ފެންނަން އޮތް ހަގީގަތެކެވެ. މިހާތަނަށްވެސް ކަން ހިނގާފައި އޮތީ އެ ބީދައިންނެވެ. އެހެންވީމައި އަމުދުން މީގެ ތެރެއަށް ވަދެ ގަޑުބަޑުކޮށް، ކިރިޔާވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށްލެވޭނެ ފުރުސަތެއް އޮތްގޮތަށް އަނބުރާލުމަށްޓަކައި ކުރާ މަސައްކަތުގައި ހަގީގީ ކުލައެއް ޖެހިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ.

އެތެރޭގެ އިންތިޚާބެއް ދާއިރު މި ކުލަވެރިކަމަށްވެސް ވިސްނުން ބެހެއްޓުން މުހިންމެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަށްވެސް ބައެއް ވެރިން ވިދާޅުވާފަދަ ބާޒުގެ ނަޒަރަކުން ބަލާ މީހުން ތިބެދާނެކަން ގައިމެވެ. ޕާޓީގެ ރޫހާއި ޖަޒުބާތުގައި ތިމާ ފާޅުކުރާ ޚިޔާލެއްގެ، އުފުލާ އަޑެއްގެ ނަތީޖާއަކީ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗެއް ކަމަށް ވީމާ ކަމަކު ނުދާނެތާއެވެ. ޚިޔާލާއި ޝުއޫރު ފާޅުކުރަންވާނީ މަސްލަހަތު ނުގެއްލޭގޮތަށެވެ. އެހެންނޫނީ ސުލްހަވެރިކަން ނެތް ކޮންމެ ތަނަކުން ޖާގަ ހޯދަން ދަނޑިވަޅަަކަށް ބަލަބަލައި ތިބި މީހުން މަދެއް ނުވާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2024

ސަރުކާރުގެ ނުވަ މަސް: ދުވެލި މަޑު، އެތެރޭގެ ކޯޅުން ބޮޑު!

19 އޯގަސްޓު 2024
ސަރުކާރުގެ ނުވަ މަސް: ދުވެލި މަޑު، އެތެރޭގެ ކޯޅުން ބޮޑު!
06 އޯގަސްޓު 2023

އިންތިޚާބުގެ ފޯރިއެއް ނެތް، އޮތީ އެތެރޭގެ ކޯޅުންތައް!

06 އޯގަސްޓު 2023
އިންތިޚާބުގެ ފޯރިއެއް ނެތް، އޮތީ އެތެރޭގެ ކޯޅުންތައް!
30 ނޮވެމްބަރު 2022

ޕޮލެންޑު ނިކުންނާނީ ގަދަ 16އާ ބީރައްޓެހި ޓީމުގެ "ޓެގު" ނައްޓާލުމަށް

30 ނޮވެމްބަރު 2022
ޕޮލެންޑު ނިކުންނާނީ ގަދަ 16އާ ބީރައްޓެހި ޓީމުގެ "ޓެގު" ނައްޓާލުމަށް
06 ނޮވެމްބަރު 2022

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވޯޓުން ވައްކަން، ގަށާ މެޝިނެއް ނެތަސް ވޯޓު އޮތީ ގަށާނެ ގޮތަކަށް ގަށާ ނިންމާފައި

06 ނޮވެމްބަރު 2022
ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވޯޓުން ވައްކަން، ގަށާ މެޝިނެއް ނެތަސް ވޯޓު އޮތީ ގަށާނެ ގޮތަކަށް ގަށާ ނިންމާފައި
03 މެއި 2021

ނޫސްވެރިކަމާ ބީރައްޓެހި ސަރުކާރަކަށް ފަހު މިހާރު ހެޔޮ ބަދަލުތަކެއް!

03 މެއި 2021
ނޫސްވެރިކަމާ ބީރައްޓެހި ސަރުކާރަކަށް ފަހު މިހާރު ހެޔޮ ބަދަލުތަކެއް!
12 ފެބުރުއަރީ 2020

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިޢުލާނުކުރުމަށް ފާސްކުރުން: ވިސްނާލުން މުހިއްމު

12 ފެބުރުއަރީ 2020
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިޢުލާނުކުރުމަށް ފާސްކުރުން: ވިސްނާލުން މުހިއްމު
11 ފެބުރުއަރީ 2018

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
19 އޮކްޓޯބަރު 2017

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް