Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކޯފްސިރަޕް ވިހަވެގެން މަރުވުން

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ކިޑްނީއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މިދިޔަ އަހަރު އިންޑޮނޭޝިއާގައި 200 އެއްހާ ކުދިންގެ ފުރާނަ ގެއްލިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2023 | ބުރާސްފަތި 07:12
އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަފާތު އެކި ބާވަތްތަކުގެ ކޯފްސިރަޕްތައް ބޭނުން ކުރުން މަނާކޮށް، ބައެއް ކުންފުނިތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައި

އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަފާތު އެކި ބާވަތްތަކުގެ ކޯފްސިރަޕްތައް ބޭނުން ކުރުން މަނާކޮށް، ބައެއް ކުންފުނިތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައި

ދިރިއުޅެމުން ދިޔަ ގޭ ދޮރުމަތީގައި، އަންހެން ދަރިފުޅުގެ ފައިވާންތައް ތަރުތީބު ކުރަމުން ދިޔައިރު، އޭނާގެ ފިރިހެން ދަރިފުޅުގެ ފައިވާންތައް ދެން އެތަނަކުން ނުފެންނާނެކަން، ޢުމުރުން 26 އަހަރުގެ ސިއްތީ ސުރްހަރްދިޔާތީ ޤަބޫލު ކުރެއެވެ.

ޢުމުރުން 2 އަހަރުގެ ޢުމަރު އަބޫ ބަކްރުއަކީ، ތަޣައްޔަރު ވެފައިވާ ކޯފްސިރަޕްގެ ޝިކާރައަކަށްވެ، އިންޑޮނޭޝިއާގައި މި ފަހުން މަރުވި އެތައް ސަތޭކަ ކުދިންނެއްގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. 

އެއީ 2022 ވަނަ އަހަރެވެ. ޢުމަރު ބަލިވުމުން، ސިއްތީ ސުރްހަރްދިޔާތީ، އެ ދަރިފުޅު ގޮވައިގެން ކުލިނިކަށް ދިޔައެވެ. ޑޮކްޓަރު އިރުޝާދު ދިނީ ޕެރަސެޓަމޯލް ކޯފްސިރަޕެއް ދިނުމަށެވެ. ޢުމަރުގެ ޙާލު ރަނގަޅު ވާ ގޮތެއް ނުވިއެވެ. ކުޑަ ކަމުދާންވެސް އުނދަގޫ ވާން ފެށިއެވެ. ކަންބޮޑުވެފައި އިން ސިއްތީ ސުރްހަރްދިޔާތީ، އޭނާގެ ދަރިފުޅު، އެކި ހޮސްޕިޓަލުތަކަށް ގެންދަން ފެށިއެވެ. ދަރިފުޅަށް ލުޔެއް ލިބޭތޯއެވެ. ނަމަވެސް، އެގޮތުގައި 2 ހަފުތާ ފާއިތުވީތަނާ، އެ ދަރިފުޅު، މި ދުނިޔެއާ ވަކިވެއްޖެއެވެ. ސިއްތީ ސުރްހަރްދިޔާތީ އަދިވެސް އިނީ، ޙަޤީޤަތް ޤަބޫލު ކުރާނެ ގޮތެއް ނޭނގިފައެވެ.

ކިޑްނީއަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މިދިޔަ އަހަރު އިންޑޮނޭޝިއާގައި 200 އެއްހާ ކުދިންގެ ފުރާނަ ގެއްލިފައިވެއެވެ. އެ ކުދިންގެ ބަލި ގުޅިފައި ވަނީ، ޕެރަސެޓަމޯލް ދިޔާ ބޭހުގެ ބައެއް ބާވަތްތަކުން ފެނުނު 2 މާއްދާއެއް ކަމަށް ވާ އެތިލީން ގްލައިކޯލްއާއި ޑައިއެތިލީން ގްލައިކޯލްއާ ކަމަށް، އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި 2 މާއްދާއަކީ އެއްޗެހި ގަނޑުވިޔަ ނުދިނުމަށާ، ބްރޭކް ފްލުއިޑްގެ އިތުރުން ސިނާޢީ އެހެން ބައެއް ކަންކަމުގައި ބޭނުން ކުރާ 2 މާއްދާއެކެވެ. އަދި ފެންވަރު ދަށް ސިއްހީ އުފެއްދުންތަކުގައިވެސް ބޭނުން ކުރެއެވެ. އެގޮތުން، ފެންވަރު ދަށްކޮށް  އުފައްދާ ކޯފްސިރަޕް ފަދަ ބޭސްތަކުގެ އޮލަކަން ހިފެހެއްޓުމަށްވެސް މި މާއްދާތައް ބޭނުންކޮށްފައި ހުއްޓާ ފެނެއެވެ. މިއީ ހަށިގަނޑަށް އެތެރެވުމުން ބައެއް ފަހަރު، ވިހަކޮށްލާ މާއްދާތަކެކެވެ.

ސިއްތީ ސުރްހަރްދިޔާތީއާއެކު އިތުރު 25 ޢާއިލާއަކުން ދަނީ އިންޑޮނޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާގެ އިތުރުން ޑްރަގް ރެގިއުލޭޓަރާއި ބޭސް އުފައްދާ 8 ކުންފުންޏަކާ ދެކޮޅަށް ދަޢުވާ ކުރަމުންނެވެ. ބަދަލު ހޯދުމުގެ ގޮތުންނެވެ. ކޯޓުގެ އަޑު އެހުންތައް ފެށީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

ބައިނަލްޤައުވާމީ ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރޮއިޓަރޒްއިން ބުނި ގޮތުގައި މާލީ ވުޒާރާގެ އިތުރުން ސިއްތީ ސުރްހަރްދިޔާތީ ދަޢުވާ ކުރާ ކުންފުނިތަކުގެ ތެރެއިން 5 ކުންފުންޏަކުން، ސުވާލަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ. އަދި އަނެއް 3 ކުންފުންޏާ ގުޅޭ ގޮތް ވެފައި ނުވާ ކަމަށް ޚަބަރު ލިބެއެވެ.

މިހާރު ކުރިއަށްދާ ޝަރުޢީ މަރުހަލާއަށް އިހުތިރާމް ކުރާ ކަމަށް ޑްރަގް ރެގިއުލޭޓަރ ބީޕޮމްއިން ބުނެފައި ވާއިރު، ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މިމައްސަލާގައި ކޮމެންޓް ކުރުމަށް އިންކާރު ކޮށްފައެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަފާތު އެކި ބާވަތްތަކުގެ ކޯފްސިރަޕްތައް ބޭނުން ކުރުން މަނާކޮށް، ބައެއް ކުންފުނިތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައެވެ. އެ ކުންފުނިތަކަކީ، އެ ކުންފުނިތަކުގެ އުފެއްދުންތަކުގައި ނުރައްކާތެރި މާއްދާތައް އެކުލެވޭ ކުންފުނިތަކެވެ.

ޝަރުޢީ މަރުހަލާގެ ތެރެއިން ބަޔަކު ޖަވާބުދާރީ ކުރުވާ، އިންސާފު ހޯދުނު ކަމުގައި ވީ ނަމަވެސް، ދަރިފުޅުގެ ވަކިވެދިއުމާއެކު ސިއްތީ ސުރްހަރްދިޔާތީގެ ދިރިއުޅުމަށް ލިބިފައި ވާ އުނިކަން ފޫ ބެދޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ސިއްތީ ސުރްހަރްދިޔާތީ ބުނާ ގޮތުގައި ދިރިއުޅުމުގެ ހުރިހާ މާނައެއް މިއަދު އޭނާއަށް ގެއްލިއްޖެއެވެ. ކުރިހާ ޢުއްމީދެއް ވިއްސިވިހާލި ވެއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

23 ނޮވެމްބަރު 2025
އާއިލާ އެކީ މަރުވި 5 މަހުގެ ކާފަދަރިފުޅާއެކު ފުރަތަމަވީ ތާއްޓެވެ. ދެން ބައްދަލުވީ 3 ހަފުތާ ފަހުންނެވެ!

އާއިލާ އެކީ މަރުވި 5 މަހުގެ ކާފަދަރިފުޅާއެކު ފުރަތަމަވީ ތާއްޓެވެ. ދެން ބައްދަލުވީ 3 ހަފުތާ ފަހުންނެވެ!

05 މާރިޗު 2023
މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

03 ފެބުރުއަރީ 2023
ސުޝާންތް މަރުވިިއިރު، އޭނާ ވަނީ ޑިޕްރެޝަނަށް ބޭސް ކެއުން ހުއްޓާލާފައި

ސުޝާންތް މަރުވިިއިރު، އޭނާ ވަނީ ޑިޕްރެޝަނަށް ބޭސް ކެއުން ހުއްޓާލާފައި

19 ޖޫން 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު