ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 08:21
ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަަމަކޮށްދިނުން ކަމުގައި ބެލީ މި ސަރުކާރުން
ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަަމަކޮށްދިނުން ކަމުގައި ބެލީ މި ސަރުކާރުން
ރާއްޖެއެމްވީ
ރާއްޖޭގެ ތަރައްގީ
ތަރައްގީ ފެށިގެން އަންނާނީ ގައިން ތާހިރުވެގެންކަމަށް ގަބޫލުކުރީ މި ސަރުކާރުން
 
ރަށު ބަންދުން ވީއްލި ލުއިފަސޭހަ އަގުހެޔޮ ދަތުރުފަތުރުގެ ހިދުމަތެއް ފެށީ މި ސަރުކާރުން
 
މި ސަރުކާރު ވެރިކަމަަށް އައި އިރު ރާއްޖޭގެ ރަށްރަށުގެ 70 ޕަސެންޓަށް އޮތީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި

ތަރައްގީގެ މަގުގައި މި ރާއްޖެ ފަހަތަށް ސޮއްސާލާފައި އޮންނަތާ އެތަކެއް ޒަމާންތަކެއް ވެއްޖެއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުނުކުރެވި، ނަޖިސް ފެނުން ގައިންތާހިރުވެގެން ތިބި އެތައް ހާސް ރައްޔިތުންނެއް މިހާރު އޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ތިއްބެވެ. ލާމަރުކަޒީއަށްވުރެ މަރުކަޒީ ބާރުތައް އެއްކުރަމުން ދިޔަ ވެރިކަންތައް ނިމި ހިނގައްޖެއެވެ.

މި ސަރުކާރުން ގަބޫލުކުރި އެންމެ ފުރަތަމަ ކަމަކީ ވެސް ތަރައްގީ އޭގެ ފުރިހަމަ ގޮތުގައި ގެނެވޭނީ ރައްޔިތުން ގައިންތާހިރުވެ ތިބެގެންނެވެ. އެ މަސައްކަތުގެ ދަށުން ރާއްޖޭގައި އެތަކެއް ޒަމާންތަކެއް ވަންދެން ފެނާއި ނަރުދަމާއި އިން މަހުރޫމުކޮށްފައި ތިބި އެތައް ހާސް ރައްޔިތުންނަކަށް އެ އަސާސީ ހިދުމަތް ފޯރުކޮށްދެވުނެވެ.

ސަރުކާރުންވީ އެންމެބޮޑު ވަޢުދަކީ ތަފާތުނުކުރުމެވެ. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

އެމީހަކު އުޅޭ ރަށެއް، އަތޮޅެއް، ސިޓީއެއް ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ހަމަހަމަޔަށް އެންމެންނަށް ފޯރުކޮށްދިނުމެވެ. މިއީކީއެއް މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫނެވެ. ސަރުކާރުގެ މެނިފެސްޓޯއަކު ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދޭނެ ވާހަކައެއް ނެތެވެ. އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ޤާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށެވެ. ތަފާތުނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއް ނޫނެވެ.

އެއީ، އެއިރަކު ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކުރަންޖެހޭވެސް ކަމެކެވެ. މި ސަރުކާރުން ވީ ވަޢުދަކީ އެއީއެވެ. ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންޞާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުމެވެ. މި ސަރުކާރު ވެރިކަމަށް އައިއިރުގައި، ރާއްޖޭގެ ރަށްރަށުގެ 70 ޕަސެންޓަށް އޮތީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބިއެވެ. ބޯފެން ރަނގަޅަށް ނުލިބިއެވެ. އެހެން ނަމަވެސް، އަމާޒަކީ މި ދައުރު ނިމޭއިރުގައި، ހުރިހާ ރަށަކަށް އެ ޚިދުމަތް ދިނުމެވެ.

ފެނާ ނަރުދަމާ އިފްތިތާހު ކުރުން - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

ފެނާއި ނަރުދަމާ ކަމަށްވިޔަސް، ބަނދަރުތައް ކަމަށްވިޔަސް، ގާތްގަނޑަކަށް ހުރި ހުރިހާ މަޝްރޫޢެއް، 90 ޕަސެންޓްވަރުގެ މަސައްކަތް ފެށި ނުވަތަ ބައެއް މަޝްރޫއުތައް ނިމިއްޖެއެވެ.  ރައްޔިތުން މި ސަރުކާރާއި ވެރިކަން ޙަވާލުކުރިއިރުވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް އަދި ނުލިބެއެވެ. އޭރު ސާފު ބޯފެނުގެ ޚިދުމަތް ލިބެންހުރީ އެންމެ 34 ރަށުގައެވެ. ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައެވެ.

ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހިންގުން ހުއްޓާލަށް ސިޔާސީ ފަރާތްތަކުން ތަފާތު މޭރުމުން ވާހަކަ ދައްކައެވެ. "ކޮންމެ ރަށަކަށް ތިން ކަޅުހަން ދިނީމާ، ރަށްރަށުގައި ފެންބޮއިގެން އުޅޭނެއޭ، ކިހާބޮޑު ޚަރަދެއްހޭ ތިޔަ ކުރަނީ، ކީއްކުރަންހޭ ބަނދަރުތައް ތިޔަ ހަދަނީ، މި ހުރިހާ ދުވަހަކުވެސް އުޅުނީނޫންހޭ ރަށްރަށުގައި" މިފަދަ ވިސްނުން ބައެއް ބޭފުޅުންގެ ހުރެއެވެ. ނަމަވެސް ލޯންޗުގައި އަންނަ ގޮތަށް އައިސް، ފާލަމާ ކައިރިކޮށްލައި، ކާރަށް އަރައިގެން ގެޔަށް ދެވޭ ބޭފުޅުންނަކަށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން އިޙްސާސެއް ނުކުރެވޭނެއެވެ.

ލ. އިސްދޫ - އެމްޓީސީސީ

އޮޑިދޯނިފަހަރު ގެންގުޅެން އޮޑިވެރިޔާ އެއުޅޭ ޙާލެއް ނޭގޭނގެއެވެ. ތިމަންނާގެ ދަރިފުޅު، ނޫނީވިއްޔާ ތިމަންނާ ބަލިވީމާ ހޮސްޕިޓަލަށް ވަގުތުން ގެންދެވޭ ބޭފުޅުންނަކަށް ރަށްރަށުގައި ޞިއްޙީ ޚިދުމަތް ހޯދަން ރައްޔިތުން އެއުޅޭ ހާލެއް އިޙްސާސެއް ނުވާނެއެވެ. ސްކޫލަށް ނުގެންދެވިގެން ދަރިފުޅަށް ކިޔަވައިނުދެވިގެން ރަށްރަށުގައި ތިބޭކަމުގެ އިޙްސާސެއް ނުވާތީ، އެބޭފުޅުން އެ ވާހަކަ އެގޮތަށް ދައްކަވާނެއެވެ.

ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ، މިދިޔަ ދެތިން އަހަރު ދެގުނަ ކުރެވިއްޖެއެވެ. ބާވެ، ހަސްނެތި، އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާއި، ބޯ ދުމުން ރައްޔިތުން މިންޖުކުރުމުގެ ބޮޑު މަޝްރޫޢު ފެނަކައިން ހިންގަމުން އެބަގެންދެއެވެ. އާ ޖޯރަކާއެކު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާ އިންޖީނުގެތަކުގައި އެދަނީ ބަހައްޓަމުންނެވެ. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުންނެވެ. ދުރު އަދި މެދު ރާސްތާގައި އިޢާދަކުރަނިވި ހަކަތައަށް ސަރުކާރުން މިވަނީ އަމާޒު ހިފާފައެވެ.

ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެންމެފަހު ކޮންޓްރެކްޓްތަކުގައި، ސަރުކާރުން ވަނީ ސޮއިކޮށް މަސައްކަތް ޙަވާލުކޮށްފައެވެ. 17 ރަށަކާއި، 3 ސިޓީއެއްގައި 240 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. މި ދެންނެވި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 3.4 ބިލިއަން ރުފިޔާއެވެ. 40ށް ވުރެ ގިނަ ރަށުގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކޮށްފިއެވެ. މިހާރު ހިނގަމުންދާ އިތުރު 31 އަށްވުރެ ގިނަ އިންޖީނުގޭގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުންނެވެ. ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީ، ހިނގައިދިޔަ 4 އަހަރުން ދެގުނަ ކުރެވިއްޖެއެވެ.

ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަަމަކޮށްދިނުން ކަމުގައި ބެލީ މި ސަރުކާރުން - ރާއްޖެއެމްވީ

ދެން އޮތީ ދަތުރުފަތުރެވެ. ބޮޑު ތިލަދުންމަތިން ޖެހެން ފެށި ރޯޅި ޅ. އަތޮޅާ ހަމައަށް ގެނެވިއްޖެއެވެ. ހއ، ހދ އަދި ށ ގައި ފެށި އޭގެ ފޮނިމީރުކަން ދަނީ އެތަކެއް ހާސް ރައްޔިތުންނެއް ހޯދަމުންނެވެ. އާރު.ޓީ.އެލް.ގެ ބާރު ދުވެއްޔާއި، އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅައި، އަމުނައި، ގަތައި ބަދަހިކޮށްފިއެވެ. އެ ސަރަޙައްދުގެ 41 ރަށް އެދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުންނެވެ ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރިން ކުރި ދަތުރު، ފަސްދޮޅަހަށް، ސަތޭކައަށް ތިރިވެއްޖެއެވެ މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ދަތުރަށް އަރައިފިއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް، މި ނިޒާމުން ގުޅައިލުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށެވެ.

ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނައެވެ. އެއާއެކުވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން އައި ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާއި ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުންނެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް އަމާޒު ކުރެވިފައިވަނީ، އެ ޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރައީސް ހުޅުވައިދެއްވައިފި - ރައީސް އޮފީސް

ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤެވެ. ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެއެވެ. ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެއެވެ. އެ ފައިސާ އަތަށް ލިބިއްޖެއެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެއެވެ. ޤާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް އަޅުގަނޑުމެން ނައްތާލައިފިއެވެ.

ސަރުކާރުން މިކުރާ މަސައްކަތަކީ އެއީއެވެ. ރާއްޖެ ލާމަރުކަޒުކޮށް، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ފުރުޞަތުތައް، އަމިއްލަ ރަށާއި އަތޮޅާއި، ސަރަޙައްދާ ގާތްކޮށް އަތުރައި ފަތުރައިލުމެވެ. އުސް ޓަވަރަކާއި، މީހުން ހާސްކޮށްލާވަރުގެ ކުޑަ ގޮޅިތައް އަމުނާލާފައިވާ އުސް އިމާރާތްތަކަކީ ހަމައެކަނި ތަރައްގީއެއް ނޫނެނެވެ. އަދި މަރުކަޒީ ކުރުމަކީ ވެސް ތަރައްގީއެއް ނޫނެވެ. ލޮލަށް ނުފެނުނަސް ވަޅުލެވިފައި އޮތަސް ތަރައްގީއަކީ ތަރައްގީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް