Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮލެންޑު ޤައުމީ ޓީމު

ޕޮލެންޑުގެ ކޯޗަކަށް ސަންޓޯސް ހަމަޖައްސަނީ

އުމުރުން 68 އަހަރުގެ ސަންޓޯސް އެންމެ ފަހުން ހުރީ ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗުކަމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2023 | އަންގާރަ 02:26
ސަންޓޯސް

ސަންޓޯސް

ޕޮލެންޑުގެ ކޯޗަކަށް ފެނާންޑޯ ސަންޓޯސް ހަމަޖައްސަން ނިންމައިފި އެވެ.

ޕޮލެންޑުގެ ކޯޗުކަމުގެ މަގާމު ހުސްވީ މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕަށްފަހު އެވެ. އެ މަޤާމަށް ޕޮލެންޑުގެ ފުޓުބޯޅަ ފެޑެރޭޝަނުން ގެންނަން ބޭނުންވި ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ސަންޓޯސްގެ ނަމެވެ. އެކަމުގެ މަޝްވަރާތައް ޕޮލެންޑުގެ ފުޓުބޯޅަ ފެޑެރޭޝަނާއި، ސަންޓޯސްއާ ދެމެދު ކުރެވުނުއިރު މިހާރު ވަނީ އެެއްބަސްވުމަކަށް އާދެވިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ޕޮލެންޑުގެ ކޯޗެއްގެ ގޮތުގައި ސަންޓޯސް ހަމަޖައްސައި އެކަން އަންގާރަ ދުވަހުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 68 އަހަރުގެ ސަންޓޯސް އެންމެ ފަހުން ހުރީ ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗުކަމުގަ އެވެ. ނަމަވެސް އެ މަޤާމުން އޭނާ ވެސް ވަކިކޮށްފައި ވަނީ ވޯލްޑް ކަޕް މުބާރާތަށްފަހު އެވެ. ޕޯޗުގަލާއެކު ހޭދަކުރި މުއްދަތުގައި ސަންޓޯސް ވަނީ އެ ޓީމާއެކު ދެ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާއި، 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. މީގެ އިތުރުން އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު