Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮލެންޑު ޤައުމީ ޓީމު

ޕޮލެންޑުގެ ކޯޗުކަމުން ސަންޓޯސް ވަކިކޮށްފި

އުމުރުން 68 އަހަރުގެ ސަންޓޯސް މަގާމުން ވަކި ކުރީ، އެ މަގާމާ ހަވާލުވިތާ އަށް މަސް ފަހުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:28
ޔޫރޯ ކޮލިފިކޭޝަންގައި ޕޮލެންޑުން ކުޅުނު މެޗެއްގައި ސަންޓޯސް

ޔޫރޯ ކޮލިފިކޭޝަންގައި ޕޮލެންޑުން ކުޅުނު މެޗެއްގައި ސަންޓޯސް

ޕޮލެންޑުގެ ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިކޮށްފި އެވެ.

ޕޯޗުގަލަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ ސަންޓޯސް މަގާމުން ވަކި ކުރީ، އެ މަގާމާ ހަވާލުވިތާ އަށް މަސް ފަހުންނެވެ. ޕޮލެންޑުގެ ކޯޗަކަށް އޭނާ ހަމަޖެއްސީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެއީ ފީފާ ވޯލްޑް ކަޕަށްފަހު އެ މަގާމުގައި ހުރި ޗެސްލޯ މިކްނިއޭވިޗް މަގާމުން ދުރަށް ދާން ނިންމުމާއެކު އެވެ. ޕޮލެންޑުގެ ކޯޗުކަން ސަންޓޯސް އަށް ހަވާލުކުރީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރަތަށް އަމާޒުކޮށްގެންނެވެ. އެހެން ނަމަވެސް، މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ޕޮލެންޑަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ. ކޮލިފިކޭޝަންގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، ޕޮލެންޑު އޮތީ ވެސް ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ސަންޓޯސް މަގާމުން ވަކި ކުރުމަށްފަހު ޕޮލެންޑުން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕޮލެންޑުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސަންޓޯސް ހުރީ އޭނާގެ އަމިއްލަ ޤައުމު، ޕޯޗުގަލްގެ ކޯޗުކަމުގަ އެވެ. އެހެން ނަމަވެސް، ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވެ މުބާރާތުން ކެޓުމާއެކު އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޚާއްސަކޮށް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ސަންޓޯސްއާ ދެމެދު ބޮޑެތި މައްސަލަ ޖެހިފައިވާ ކަމަށް ވެސް އޭރު ރިޕޯޓުތައް ބުނެފައިވެ އެވެ. ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަންޓޯސް މަގާމުން ވަކިކޮށްފަ އެވެ.

ސަންޓޯސް އޭނާގެ ކޯޗިން ކެރިއަރު ފެށީ 1987 ވަނަ އަހަރު އެސްޓޮރިލް އިންނެވެ. އޭގެ ފަހުން ގިނަ ޓީމުތަކަށް އިރުޝާދު ދިނުމަށްފަހު، ޕޯޗުގަލް ޤައުމީ ޓީމާ އޭނާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ޕޮލެންޑުފެނާންޑޯ ސަންޓޯސް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ޕޮލެންޑުގެ ވައިގެ ސަރަހައްދަށް ވަތް ރަޝިޔާގެ ހަނގުރާމައިގެ އުޅަނދަކަށް އެ ގައުމުގެ ސިފައިން ހަމަލާ ދީފި

10 ސެޕްޓެމްބަރު 2025
ޕޮލެންޑުގެ ވައިގެ ސަރަހައްދަށް ވަތް ރަޝިޔާގެ ހަނގުރާމައިގެ އުޅަނދަކަށް އެ ގައުމުގެ ސިފައިން ހަމަލާ ދީފި
05 ޖޫން 2025

ޔުކްރެއިން އަށް އިތުރު ވައިގެ ދިފާއީ ވަސީލަތްތައް ހޯދުމަށް ޖަރުމަނުން މަސައްކަތް ފަށައިފި

05 ޖޫން 2025
ޔުކްރެއިން އަށް އިތުރު ވައިގެ ދިފާއީ ވަސީލަތްތައް ހޯދުމަށް ޖަރުމަނުން މަސައްކަތް ފަށައިފި
16 ސެޕްޓެމްބަރު 2023

ވިސާ ދޫކުރުމުގައި ރިޝްވަތު ނަގާ މައްސަލަތަކެއް ފެންމަތިވެ، ޕޮލެންޑު ސަރުކާރު ހޫނުފެނަށް

16 ސެޕްޓެމްބަރު 2023
ވިސާ ދޫކުރުމުގައި ރިޝްވަތު ނަގާ މައްސަލަތަކެއް ފެންމަތިވެ، ޕޮލެންޑު ސަރުކާރު ހޫނުފެނަށް
11 ސެޕްޓެމްބަރު 2023

އަލްބޭނިއާ އަތުން ބަލިވެ ޕޮލެންޑަށް ހާސްކަން

11 ސެޕްޓެމްބަރު 2023
އަލްބޭނިއާ އަތުން ބަލިވެ ޕޮލެންޑަށް ހާސްކަން
11 ޖެނުއަރީ 2023

ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކް ދެނީ

11 ޖެނުއަރީ 2023
ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު