Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޖަރުމަނުގެ ހުއްދަ ނުލިބުނަސް ޔޫކްރެއިނަށް ލެޕަރޑް ޓޭންކަރު ފޮނުވާނަން: ޕޮލެންޑް

ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކަރު ފޮނުވަން ބޭނުންވާ ނަމަ އެކަމަށް ހުރަސް ނާޅާނެކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 ޖެނުއަރީ 2023 | ހޯމަ 14:44
ޖަރުމަނުން ޕޮލެންޑަށް ދީފައިވާ ލެޕަރޑް ޓޭންކަރުތަކުން ޓޭންކަރެއް

ޖަރުމަނުން ޕޮލެންޑަށް ދީފައިވާ ލެޕަރޑް ޓޭންކަރުތަކުން ޓޭންކަރެއް

ޖަރުމަނުގެ ލެޕަރޑް ޓޭންކަރު ޔޫކްރެއިނަށް ފޮނުވަން އެގައުމުގެ ހުއްދަ ނުލިބުނަސް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ޕޮލެންޑުން ބުނެފިއެވެ.

ހޯމަ ދުވަހު، ޕޮލެންޑްގެ ބޮޑުވަޒީރު މަޓެއުޝް މޮރުވިއެޓްސްކީ ވަނީ އެގައުމުގައި ހުރި ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތައް ހަނގުރާމާގައި ބޭނުންކުރުމަށް ޔޫކްރެއިނަށް ފޮނުވުމަށް ޖަރުމަނުގެ ހުއްދައަށް އެދޭނެ ކަމަށާއި އެކަމަށް ޖަރުމަނުގެ ހުއްދަ ނުލިބުނަސް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި ޔޫކްރެއިނުން ދަނީ ޖަރުމަނުން އުފައްދާފައިވާ ލެޕަރޑް ޓޭންކަރުތައް އެގައުމަށް ފޮނުވައިދިނުމަށް އެދެމުންނެވެ. ޔޫކްރެއިނުން ބުނަމުންދަނީ ރަޝިއާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދުތައް އަލުން އަނބުރާ ހޯދުމަށް ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތައް ބޭނުންވާކަމަށް ބުނަމުންނެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން އުފައްދާ އެގައުމުގެ އެކުވެރި ގައުމުތަކަށް ހަދިޔާކޮށްފައިވާ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވަން ތައްޔާރަށް ތިބިކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންދިޔަ ނަމަވެސް ޖަރުމަނުން ވަނީ އެގައުމުގެ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވޭނީ އެމެރިކާގެ އަބްރަމްސް ޓޭންކަރުތައްވެސް އެގައުމަށް ފޮނުވާނަމަކަމަށް ބުނެފައެވެ.

ޖަރުމަނުގެ މިޑިމާންޑްތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ އިސްވެރިންދަނީ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިން ރީ-އެކްސްޕޯޓް ނުކުރެވޭނެ އެއްވެސް ހަމަޖެހޭ ސަބަބެއް ޖަރުމަނަށް ނުދެވޭ ކަމަށް ވިދާޅުވަމުންނެވެ.

އެމެރިކާގެ އަބްރަމްސް ޓޭންކަރުތަކަކީ ޔޫކްރެއިންގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ޓޭންކަރުތައް ނޫންކަމަށް ބުނެ އެމެރިކާއިން ވަނީ އެގައުމުގެ އަސްކަރިއްޔާގައި ހުރި ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވަދޭން އެއްބަސްވެފައެވެ. އެމެރިކާއިން ވަނީ ދެން އެގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭނެ އެހީގެ ޕެކޭޖުގައިވެސް އަބްރަމްސް ޓޭންކަރު ހިމެނުން ވަރަށް ދުރުކަމަށް ބުނެފައެވެ.

ޖަރުމަނުގެ މިޑިމާންޑާއެކު މިކަމުގެ މަޝްވަރާތައް ހުޅަނގުން ކުރަމުންދާއިރު، އާދިއްތަ ދުވަހު ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ މިކަމާ ގުޅޭ މަޝްވަރާތައް ކުރަން ޖަރުމަނުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކަރު ފޮނުވަން ބޭނުންވާ ނަމަ އެކަމަށް ޖަރުމަނުން ހުރަސް ނާޅާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އެގައުމު އެއްކޮށް ސުންނާފަތި ނުވަނީސް އެގައުމަށް ބަރުހަތިޔާރާއި ޓޭންކަރުތައް ފޯރުކޮށްދިނުން އައްވަސްކޮށްދިނުމަށް ޔޫކްރެއިންގެ ރައީސް ދަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ލީޑަރުންގެ އަރިހުގައި އެދިވަޑައިގަންނަވަމުންނެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ

25 ސެޕްޓެމްބަރު 2017
ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު