Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ މަޝްރޫއުތައް

މަޝްރޫއުތައް ގިނަކަމުން، ނިމުނީމަ ހުޅުވަންވެސް ގިނަ ފަހަރު ނުދެވޭ: މަހްލޫފް

މަހްލޫފް ވިދާޅުވީ މަޝްރޫއުތައް ނިމި، ހުޅުއްވުމަށް ދައުވަތު ލިބިވަޑައިގަތަސް ގިނަ ފަހަރަށް ފޮނުއްވަން ޖެހެނީ މިނިސްޓްރީގެ އެހެން މުވައްޒަފެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖެނުއަރީ 2023 | ހޯމަ 14:03
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް

މަޝްރޫއުތައް ގިނަކަމުން، މަޝްރޫއުތައް ނިމުމުން ހުޅުއްވަންވެސް ވަޑައިނުގެންނެވޭކަމަށް، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ އއ. ތޮއްޑޫގައި ހޯމަ ދުވަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަަވަމުންނެވެ. މަހްލޫފް ވިދާޅުވީ، މަޝްރޫއުތައް ނިންމުމަށްފަހު ހުޅުއްވަން ދައުވަތު ލިބިވަޑައިގަތަސް ގިނަ ފަހަރަށް ފޮނުއްވަން ޖެހެނީ މިނިސްޓްރީގެ އެހެން މުވައްޒަފެއް ކަމަށެވެ. އެހާވެސް ގިނަ މަޝްރޫއުތައް ހަމައެކަނި ޔޫތު މިނިސްޓްރީގެ ދަށުންވެސް ހިންގަމުންދާކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ސްލޯކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާރާއި ވާދަވެރި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް ހުރީ "އަންނަނީ" ނުވަތަ ވާނެ ކަންކަމުގެ ގޮތުގައި ކަމަށާއި، މަސައްކަތްތައް ނިމޭ މަންޒަރުތައް ނުފެންނަކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްކަމަށްވެސް އެފަދަ ފަރާތްތަކުން ބުނެއެވެ.

އެކަންކަމަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، ސަރުކާރަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކުގައި އެއްވެސް އަސާސެއް އަދި ބުރަދަނެއް ހުރިކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށެވެ. ސަރުކާރުން ހުރިހާ ރަށެއްގައި އެތައް މަޝްރޫއުތަކެއް ހިންގަމުން ދަނިކޮށް، ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ ބުނަމުންދާ ކަަމަށާއި، އެ ސުވާލުތައް ކުރަނީ ގަބޫލުކުރެވޭ ސަބަބުތަކެއް ހުރެގެން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިއިން ދުވަހަކު ނާންނަވަރަށް ރާއްޖޭގެ ރަށްތަކަށް މިއަދު ތަރައްގީ ގެނެސްދީފައިވާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ތެރެއިން ނުކުމެ، ސަރުކާރަށް ކަންކަން ނުކުރެވޭކަމަށް ބުނުމަކީ އަމުދުން ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވަނީ، އއ. ތޮއްޑޫގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެ ރަށުގައި ފުޓްބޯޅަ ދަނޑު އަޅާތީ އެކަމަށްވެސް ވާދަވެރި ފަރާތްތަކުން ފާޑުކިޔާފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އޭރު އެތަނުގައި ކަރާ ހައްދަންވީ ނޫންހޭ ބުނެ މަލާމާތް ކުރިކަން މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ. ތޮއްޑޫއަށް އެތައް އަހަރެއްވީއިރު، މި ސަރުކާރުން އެ ރަށަށް ކޮށްދިން ކަންކަން ނުކޮށްދިނީ ކީއްވެގެންތޯ މަހްލޫފް ސުވާލު އުފެއްދެވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު