Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އާސެނަލް އަތުން ފަހު ވަގުތު ބަލިވުމުން ޓެން ހާގް ހުރީ އުނދަގޫވެފައި

ޓެން ހާގް ބުނީ، ތަށި ކާމިޔާބު ކުރަން ބޭނުންވާ ނަމަ މެންޓަލިޓީ ބަދަލު ކުރަން ޖެހޭނެ ވާހަކަ އޭނާ ކުޅުންތެރިން ގާތުގައި ވެސް ބުނެފައިވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2023 | އަންގާރަ 02:15
އާސެނަލާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި ޓެން ހާގް

އާސެނަލާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި ޓެން ހާގް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ބަލިވުމުން އުނދަގޫވީ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލީގުގައި އާސެނަލްގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ ފަހު ވަގުތު އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މެޗަށް ކުރިމަތިލީއިރު ވެސް ޔުނައިޓެޑު އޮތީ ރަނގަޅު މިސްރާބެއްގައިކަން އިހުސާސްކުރެވުނު ކަމަށެވެ. އަދި ޓީމަށް ކުރިއެރުންތަކެއް ލިބުނު ކަމަށާއި، އެއީ ވަރަށް ރަނގަޅަށް ދިޔަ ކަމެއް ކަމަށެވެ. ނަމަވެސް އާސެނަލް މެޗުގެ ނަތީޖާ އަކީ ވަރަށް އުނދަގޫ ކުރުވަނިވި ނަތީޖާއެއް ކަމަށެވެ. ޓެން ހާގް ބުނީ، ތަށި ކާމިޔާބު ކުރަން ބޭނުންވާ ނަމަ މެންޓަލިޓީ ބަދަލު ކުރަން ޖެހޭނެ ވާހަކަ އޭނާ ކުޅުންތެރިން ގާތުގައި ވެސް ބުނެފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، ބޮޑު މެޗެއްގައި ބޮޑު ތިން ގޯހެއް ހެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ އަށް ހެދޭ ގޯސްތަކެއްގެ ސަބަބުން ތިން ލަނޑު ޔުނައިޓެޑުގެ ކޮޅަށް ވަދެފައިވާ ކަމަށެވެ. ޚާއްސަކޮށް މެޗުގެ ފަހު ވަގުތު އާސެނަލުން ޖެހި ލަނޑަކީ ޔުނައިޓެޑުގެ ޑިފެންސްގައި ހެދުނު ގޯހެއްގެ ސަބަބުން ޖެހި ލަނޑެއް ކަމަށް އޭނާ ބުންޏެވެ. ޓެން ހާގް ބުނީ މެޗުން މަދުވެގެން ޕޮއިންޓެއް ލިބެން ޖެހޭނެ ކަމަށާއި، ޕޮއިންޓު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯހަކުން ޖެހި ލަނޑުގެ ސަބަބުން ކަމަށެވެ. އެކަހަލަ ގޯސްތަކެއް ހެދި، ލަނޑުތަކެއް ވަންނަ ނަމަ، ތަށި ހޯދަން ވެސް އުނދަގޫވާނެ ކަމަށެވެ.

ޓެން ހާގް ބުނީ ކުރިން ވެސް އޭނާ ބުނިި ގޮތަށް މެޗުން މޮޅުވާނީ އެކަމަށް އެންމެ އެދިގެން ތިބި ޓީމެއް ކަމަށެވެ. އޭނާ ބުނީ އާސެނަލް މެޗުގެ ކުރިން ވަރަށް ގާތުގައި މެޗެއް ކުޅެފައި އޮތުމުން ކޮންމެ ވެސް ވަރެއްގެ ގެއްލުމެއް ދެއްކި ކަމަށެވެ. ނަމަވެސް އެއީ އުޒުރެއް ނޫން ކަމަށާއި، މަތީ ފަންތީގައި އޮންނަން އުޒުރު ދައްކަން ނުޖެހޭނެ ކަމަށެވެ.

ޓެން ހާގް ބުނީ ޓީމަށް ގެންނަން ބޭނުންވާ ބަދަލު އަދިވެސް ގެނެވޭނެ ކަމަށާއި، ގުޅިގެން އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ ފާއިތުވި ދުވަސްްތަކުގައި ވެސް ކުޅުންތެރިންނަށް ވަރަށް ބޮޑު ބަދަލެއް އައި ކަމަށާއި، ދެން ވެސް އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކުރިއަށް ދާން ބޭނުންވާ ނަމަ އެތައް ކަމެއް ރަނގަޅު ކުރަން ޖެހޭކަން އެ މެޗުން ފާހަގަވި ކަމަށެވެ.

ލީގުގައި ޔުނައިޓެޑު އޮތީ ކުޅުނު 20 މެޗުން 39 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން އެ ޓީމަށް އޮތީ ކަރަބޯ ކަޕްގެ ސެމީ ފައިނަލް މެޗުތަކާއި، އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު