Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ވެމްކޯއަށްފަހު ސިޓީ ކައުންސިލްގެ ޓާގެޓަކީ އެމްޓީސީސީ؟

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުން ސިޓީ ކައުންސިލުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖެނުއަރީ 2023 | އާދީއްތަ 12:11
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން

މާލެ ސިޓީ ކައުންސިލްގެ އައު ދައުރު ފެށުމާއެކު އިވެނީ އެއް އަޑުތަކެކެވެ. ސަރުކާރުގެ އެއްބާރުލުން ނުލިބޭ ވާހަކައާއި, ފައިސާ ނުލިބޭ ވާހަކައެވެ. އެއާއެކު ކައުންސިލުން ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހެކެވެ. ބަދަލު ހިފަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. އެގޮތުން, ދާދި ފަހުން މާލެ ސަރަހައްދުގެ މަގުތަކުގެ ކުނިކެހުމާއި ކުނި ނެގުމާއި އުކާލުމުގެ ޒިންމާއާ ހަވާލުވެގެން އޮތް ވެމްކޯ އަތުން އެ ޒިންމާވެސް އަތުލީއެވެ. އެ ކުންފުންޏަށް އެކަން ނުކުރެވޭކަމަށް ބުނެއެވެ. މިހާރު ކައުންސިލުން ފެންނަނީ އައު ކުންފުންޏެއް އެ ކައުންސިލުގެ ޓާގެޓަކަށް ވެފައިވާތަނެވެ. އެއީ އެމްޓީސީސީއެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށެވެ. އެގޮތުން, ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތް އެ ކުންފުނިން ދަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންނެވެ. އެހެންކަމަށްވާނަމަ ވިލިމާލެއަކީވެސް ގްރޭޓަރ މާލެ ރީޖަނުގައި ހިމެނޭ ރަށަކަށްވުމުން، އެ ރަށުގައިވެސް ބަހުގެ ޚިދުމަތް ފެށުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

މާލޭ ސިޓީ ކައުންސިލަށް އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން ގަބޫލު ނުކުރެވުނީ، އެ ކައުންސިލުން ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް އެ ޚިދުމަތް ފަށާފައިވާތީއެވެ. ނަމަވެސް ބަގީގެ ޚިދުމަތް ބޭނުންވާ މީހުންގެ އިތުރުން، ބަހުގެ ޚިދުމަތް ބޭނުންވާނެ މީހުންވެސް ތިބޭނެކަން ސިޓީ ކައުންސިލުންވެސް ގަބޫލުކުރަން ޖެހޭނެއެވެ. ހުކުރު ދުވަހު ފެށި ބަހުގެ ޚިދުމަތާއެކު މިއަދު ވިލިމާލެއިން ވެސް އެކަން ދަނީ ފެންނަމުންނެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ދަތިތައް ދިމާވާތާ އެތައް ދުވަހެއް ވެފައިވާތީ، އެކަމުގެ ޝަކުވާތައް ސަރުކާރާއި އެމްޓީސީސީއަށް ލިބެން ފެށުމުންނެވެ. ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށިގޮތަށް ވިލިމާލޭގައިވެސް އެ ޚިދުމަތް ދިނުމަށެވެ. އެއީ ފަސޭހަ، އަދި އިތުބާރު ކުރެވޭ ޚިދުމަތަކަށް ވާތީއެވެ. މާލޭގައިވެސް ގިނަ ބަޔަކު މިއަދު ޚިޔާރުކުރަނީ މިނީ ބަހުގެ ޚިދުމަތެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ދުއްވާ ތަނެކެވެ. އެހެންކަމުން ޑީސަލް ބަސްތައް އެ ތަނުގައި ދުއްވާނަމަ ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވުމަކީ ރަނގަޅު ގޮތެވެ. ނަމަވެސް އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދެނީ އެކަމަށްވެސް ބަލައިގެންނެވެ. އެގޮތުން, އެތަނުގައި ޚިދުމަތް ދިނުމަށް ތިމާވެއްޓާ ރައްޓެހި 6 އީވީ ބަސް ބޭނުންކުރެއެވެ. އެހެންކަމުން ރައްޔިތުންނަށް ފައިދާހުރި އަދި އެތަނަކަށް ގެއްލުން ނުލިބޭ މިފަދަ ޚިދުމަތަކަށް ކައުންސިލުން ދެކޮޅު ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ކައުންސިލުން ގަބޫލުކުރާތުގައި އެ ކައުންސިލުން ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވަނިކޮށް އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށީ ޖެއްސުން ކުރުމުގެ ބޭނުމުގައެވެ. ބަހުގެ ޚިދުމަތް ދިން ނަމަވެސް ބަގީގެ ޚިދުމަތްވެސް ބޭނުންވާނެ މީހުން އެބަތިއްބެވެ. އެހެންކަމުން އެ ޚިދުމަތްވެސް ދޭންވީއެވެ. ދެ ވައްްތަރެއްގެ ޕަބްލިކް ޓްރާންސްޕޯޓެއް އޮވެގެން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ. ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ބަޔަކު, ރައްޔިތުންނަށް މިފަދަ ޚިދުމަތްތައް ލިބޭތީ އެކަމާ ކަންބޮޑުވުމުގެ ބަދަލުގައި އެކުގައި މަސައްކަތްކޮށް، އެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރުން މާ ރަނގަޅުވާނެއެވެ.

މާލޭ ސިޓީ ކައުންސިލުން ގޮތްދޫނުކޮށް، ވެމްކޯއާއެކު ހެދި ކޮންޓްރެކްޓް އައުނުކޮށް އަމިއްލައަށް ކުނި ކެހުމާއި އުކާލުމުގެ ޚިދުމަތާ ހަވާލުވުމުގެ ނަތީޖާވެސް ވަނީ ފެނިފައެވެ. ކުނިނަގަން ގެންގުޅުނު ޒަމާނީ ވެހިކަލްތަކުގެ ބަދަލުގައި މިއަދު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ޕިކަޕުގައި ކުނި ނަގަން މިވަނީ ފަށައިފައެވެ. މާލޭގެ މަގުތަކުގައި ކުނި އެއްކޮށްފައި ހުންނަ އަދަދު ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިކަމުގެ ޒިންމާވެސް ސިޓީ ކައުންސިލުން ގަބޫލުކުރާގޮތުގައި ނަގަންޖެހޭނީ ވެމްކޯއިންނާއި ސަރުކާރުންނެވެ.

ނަމަވެސް ސިޓީ ކައުންސިލުން މި ޚިޔާލު ދޫކުރަން އެބަޖެހެއެވެ. ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވޭނީ ކައުންސިލާއި ސަރުކާރު ގުޅިގެން އެއްބަޔަކު އަނެއްބަޔަކަށް ދޭންޖެހޭ އެއްބާރުލުން ދީގެންނެވެ. ބަހުގެ ޚިދުމަތް ދިންނަމަވެސް ބަގީއަކީ ކުދި ގޯޅިތަކަށްވެސް ވަދެވޭނެ އުޅަނދަކަށްވުމުން އެއީވެސް އާއްމުންނަށް ބޭނުން ޚިދުމަތެކެވެ. ދެ ޚިދުމަތުންވެސް ރައްޔިތުންނަށް ލިބޭނީ ފައިދާކަން ގަބޫލުކޮށް، އެކުގައި މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2019

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

08 ފެބުރުއަރީ 2019
ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!
02 ފެބުރުއަރީ 2019

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި

02 ފެބުރުއަރީ 2019
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި
07 ޖެނުއަރީ 2019

އައްޑޫ ސިޓީގެ ނަން ރީތިކޮށްލި އައްޑޫ ނޭޗާރ ޕާކް!

07 ޖެނުއަރީ 2019
އައްޑޫ ސިޓީގެ ނަން ރީތިކޮށްލި އައްޑޫ ނޭޗާރ ޕާކް!
30 އޮކްޓޯބަރު 2018

މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

30 އޮކްޓޯބަރު 2018
މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!
26 ޖުލައި 2018

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

26 ޖުލައި 2018
ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!
14 މާރިޗު 2018

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!
25 ނޮވެމްބަރު 2017

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
19 އެޕްރީލު 2017

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު