Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީއެމްއެލް

ބީއެމްއެލް ސްކޮލާޝިޕް ހަތް އެތުލީޓަކަށް

22 ޖެނުއަރީ 2023 | އާދީއްތަ 08:32

ބީއެމްއެލްގެ ސްކޮލާޝިޕް ދީފައި ވަނީ ބެޑްމިންޓަން، ޓޭބަލް ޓެނިސް (ޓީޓ)، ޓެނިސް އަދި އެތުލެޓިކްސްގެ އެތުލީޓުންނަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2023 | އާދީއްތަ 08:32
ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު އެތުލީޓުން

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު އެތުލީޓުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޕޯޓްސް ސްކޮލާޝިޕްގައި ހަތް އެތުލީޓަކު ހިމެނިއްޖެ އެވެ.

މިއީ ބީއެމްއެލް އަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕްގެ ބޭނުމަކީ ބައިނަލްއަޤުވާމީ އެކިއެކި ކުޅިވަރުތަކުން ކާމިޔާބީ ހޯދުމަށް އެތުލީޓުންނަށް އެހީތެރިވެދިނުމެވެ. ބީއެމްއެލްގެ ސްކޮލާޝިޕް ދީފައި ވަނީ ބެޑްމިންޓަން، ޓޭބަލް ޓެނިސް (ޓީޓ)، ޓެނިސް އަދި އެތުލެޓިކްސްގެ އެތުލީޓުންނަށެވެ.

ބެޑްމިންޓަން އިން ސްކޮލާޝިޕް ލިބުނު އެތުލީޓުންނަކީ މުޙައްމަދު ސާލިމް ޢަބްދުއް ޞަމަދު އަދި ޝުބާ މުޙައްމަދު ޝަރީފް އެވެ. ދެ ދެ އެތުލީޓުންގެ ޓްރެއިނިން ކުރިއަށް ދާނީ ޔުނައިޓެޑު އަރަބް އެމިރޭޓްސްގަ އެވެ. ޓީޓީން ސްކޮލާޝިޕް ލިބުނު ދެ އެތުލީޓުންނަކީ ފާތިމަތު ޖުމާނާ ނިމާލް އަދި މޫސާ މުންސިފް އަޙުމަދު އެވެ. މި ދެ އެތުލީޓުންގެ ޓްރެއިނިން ކުރިއަށް ދާނީ ކްރޮއޭޝިއާގަ އެވެ. ޓެނިހުން ސްކޮޕާޝިޕް ލިބުނު އެތުލީޓަކީ ލަޔާން މުޙައްމަދު ޝާމިން އެވެ. ލަޔާންގެ ޓްރެއިނިން ކުރިއަށް ދާނީ ސްޕެއިންގަ އެވެ. އެތުލެޓިކްސް އިން ސްކޮލާޝިޕް ލިބުނު ދެ އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ އާއި މުޙައްމަދު މިންހާލް ޝާމިން އެވެ. މި ދެ އެތުލީޓުންގެ ޓްރެއިނިން ކުރިއަށް ދާނީ ޖެމެއިކާގަ އެވެ.

ރާއްޖޭގެ ޤައުމީ ޓީމުތަކުގައި ހިމެނޭ އެތުލީޓުންނަށް އިތުރު ޓްރެއިނިން ދިނުމަށް ސަރުކާރާއި، އެސޯސިއޭޝަންތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމް އިން ވެސް ގިނަ އެތުލީޓުންނަށް އަންނަނީ ފުރުސަތު ދެމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މެއި 2017

ކްލަބު މޯލްޑިވްސް: އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް ސެމީއަށް

02 މެއި 2017
ކްލަބު މޯލްޑިވްސް: އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް ސެމީއަށް
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް