Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

މާލެ ސަރަހައްދުގައި އޭޓީއެމް ހުޅުވަން ދައުވަތު ލިބިވަޑައިގެންފިނަމަ ރައީސް ވަޑައިގަންނަވާނެ: ހީނާ

12 އޯގަސްޓު 2025 | އަންގާރަ 13:39

މިމަޝްރޫއުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ފެއްޓިގެން ދިޔައިރުވެސް ރާއްޖޭގެ 90 ރަށުގައި 150 އޭޓީއެމްގެ ޚިދުމަތް އަންނަނީ ދެމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އޯގަސްޓު 2025 | އަންގާރަ 13:39
ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު
 އިފްތިތިހް ކޮށް ދެއްވަނީ

ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު އިފްތިތިހް ކޮށް ދެއްވަނީ

މިއަހަރު ނިމުމުގެ ކުރިން މުޅިރާއްޖޭގައި އޭޓީއެމް އަދި ބޭންކިންގ ގެ ޚިދްމަތް ދިނުމުގެ މަޝްރޫޢު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، ކުރިއަށްއޮތް ތަނުގައި މާލެ ހުޅުމާލޭގައި މިފަދަ ޚިދްމަތެއް އިފްތިތާޙްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ދަޢުވަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އޭޓީއެމްގެ ޚިދުމަތްތައް ތަޢާރަފްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރި ވެވަޑައިގަންނަވަމުން ގެންދަވާތީ މާލެ ސަރަހަހައްދުގައި ބަހައްޓާ އޭޓީއެމްތައް ހުޅުވައިދެއްވުމަށް އެމަނިކުފާނަށް ދައުވަތު ލިބިވަޑައި ނުގަންނަވަނީތޯ ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެއެވެ.

Advertisement - newsAdvertisement

ހީނާ ވިދާޅުވީ މި ޚިދްމަތްތައް ރައީސުލްޖުމްހޫރިއްޔާ އަދި ބައެއް ފަހަރު ވަޒީރުން ވެސް އިފްތިތާޙްކޮށްދެއްވާފައިވާ ކަމަށާއި މިހާރު ކުރިއަށްދާ މަޝްރޫޢު ފެށުނު ފަހުން މާލެ އަދި ހުޅުމާލޭގައި މިފަދަ ޚިދްމަތެއް އިފްތިތާޙް ކޮށްފައި ނުވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލެ ހުޅުމާލޭގައި މިފަދަ ޚިދްމަތެއް އިފްތިތާޙްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ބޭންކިންގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، މިއިން ކޮންމެ ރަށެއްގައި ބަހައްޓާ އޭޓީއެމް ޙިދުމަތް ފައްޓަވައި ދެއްވުމުގައި ރައީސް މުއިއްޒު ބައިވެރި ވަޑައިގަންނަވައެވެ.

މިމަޝްރޫއުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ފެއްޓިގެން ދިޔައިރުވެސް ރާއްޖޭގެ 90 ރަށުގައި 150 އޭޓީއެމްގެ ޚިދުމަތް އަންނަނީ ދެމުންނެއެވެ. ނަމަވެސް މިޚިދުމަތް ދިނުމަށް މީގެ ކުރިން ބޮޑެތި ރަސްމިއްޔާތުތައް ބާއްވާ ހަރަދުތަކެއް ކޮށްފައެއް ނުވެއެވެ.

ބީއެމްއެލްއިން ބުނީ މިއަހަރު ނިމޭއިރު، އޭޓީއެމް ތަކުގެ އަދަދު 250 އަށްވުރެ ގިނަ ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް