Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭސް

އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ޑެނީ އަލްވޭސް ޖަލަށް

އަލްވޭސް ޖަލަށް ލުމަށް ކޯޓުން އަމުރުކުރުމުގެ ކުރިން، ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2023 | ހޮނިހިރު 05:15
އަލްވޭސް، ކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލުގައި ގެންދަނީ

އަލްވޭސް، ކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލުގައި ގެންދަނީ

ސްޕެއިންގެ ބާސެލޯނާއަށް ކުރިން ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް، އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި ޖަލަށް ލައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ސްޕެއިންގެ ބާސެލޯނާގެ ކޯޓުން ވަނީ އަލްވޭސް ޖަލަށް ލުމަށް އަމުރުކޮށްފައެވެ. މި މައްސަލާގައި އަލްވޭސްގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ބާސެލޯނާގައި ހުންނަ ބްރިއަންސް ވަން ޖަލަށް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޯޓުން އަލްވޭސް ޖަލަށް ލުމަށް އަމުރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޕަބްލިކް ޕްރޮސެކިއުޓުން އެދުނީ އެ މައްސަލާގައި އަލްވޭސް ޖަލަށް ލުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅިގެން، އަލްވޭސް ތަމްސީލުކުރާ ވަކީލުން އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލައާ ގުޅިގެން، އަލްވޭސް ކުޅެމުން އަންނަ މެކްސިކޯގެ ޕޫމާސްއިން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައެވެ. އެ ކުލަބުގެ ރައީސް ލިއޯޕޮލްޑޯ ސިލްވާ ވިދާޅުވީ، އަލްވޭސްގެ މައްޗަަށް ކުރެވޭ ތުހުމަތާއި، ބަލަމުންދާ މައްސަލަތަކާ ގުޅިގެން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން އެ ކުލަބުން ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެ ކުލަބުގެ އެއްވެސް ފަރާތަކުން ނުވަތަ ކުލަބާ ގުޅުމެއްވެސް އޮންނަ ފަރާތަކުން އެކަހަލަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް ފަރާތަަކަށް އެ ކަހަލަ އަމަލެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، އެ ގައުމުގައި އެކަމަށް ތަރުހީބު ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގައުމުގައި ތަމްރީނުވަމުން އަންނަ ޒުވާން ކުޅުންތެރިންނަށްވެސް އެކަންކަން ބުނެދީ، ހަނދާންކޮށްދެމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން އަލްވޭސް ބުނީ، މިދިޔަ ޑިސެމްބަރު ރަހުމަތްތެރިންތަކަކާއެކު އޭނާ ޕާޓީ ކުރުމަށް ދިޔަކަމަށެވެ. ނަމަވެސް އޭނާއާ ގުޅުވައިގެން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން އަލްވޭސް ބުނީ އޭނާއަކީ އަންހެނަކަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫންކަމަށާއި، އަންހެނުންނަށް ނުހަނު އިހުތިރާމް ކުރާކަމަށެވެ.

އަލްވޭސް ވަނީ މިދިޔަ އަހަރު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައިވެސް ކުޅެފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކެމަރޫނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅުނެވެ. އެއާއެކު އަލްވޭސް ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން، އަލްވޭސްއަކީ ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ ގިނަ ޓްރޮފީ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. އަލްވޭސް ވަނީ ޖުމުލަ 43 ޓްރޮފީ ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2017

ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި

16 ޖުލައި 2017
ޗެލްސީއަށް ބަދަލުވުމާ ގާތަށް ޑެނީލޯ ޖެހިލައިފި
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
04 ޖުލައި 2017

ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި

04 ޖުލައި 2017
ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި
03 ޖުލައި 2017

ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ

03 ޖުލައި 2017
ޑެނީލޯ ހޯދުމުގެ ރޭހުގައި ޗެލްސީ ވެސް ބައިވެރިވެއްޖެ
28 ޖޫން 2017

ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

28 ޖޫން 2017
ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު