Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޕްރައިމަރީ

ނަޝީދު ވެރިކަަމަށް އަންނަން ޔާމީނާއި އެކު ކޯލިޝަން ހަދާފާނެކަމަށް ބިރުހީވޭ: މާރިއާ

އެމްޑީޕީގް ޕްރައިމަރީ އަކީ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ރަތް އަކުރުން ފަވާލެވޭނެ ދުވަހެއް ކަަމަށް މާރިއާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2023 | ހުކުރު 17:05
މިނިސްޓަރ މާރިއާ

މިނިސްޓަރ މާރިއާ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަަމަށް ވަޑައިގަންނަވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެކު ކޯލިޝަން ހައްދަވާފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ރައީސް ޞާލިހު ކެމްޕެއިން ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިހު އަށް ވުރެ ޔާމީންއަށް ތާއީދު އޮތްކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. ރައީސް ޔާމީން އަކީ ކިޔަވައިގެން ހުންނެވި، ތަންދޮރު ދަންނަ ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ޕީޕިއެމް އާއި ޔާމީނާއި މެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން މަރުޚަބާ ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން އާއި އެކު ކޯލިޝަން އެއް ހަދައިގެން ރައީސް ނަޝީދު މަސައްކަތްކުރައްވާފާނެ ކަމަށް ބިރު ހީވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އަކީ ވިޝަން ރަނގަޅު ބެފުޅެއް ކަމަށް ވިދާޅުވުމަކީ ޖަޒުބާތުގައި ޖެހޭ ކަމެއް ކަމަށާއި އެކަމުން އަސަރުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް ޞާލިހު ވެރިކަމަށް ގެނައުމާއި ހަމައަށް އެމްޑީޕީ އިން ކުރި އެންމެ ބޮޑު މަސައްކަތަކީ ރައީސް ނަޝީދު ދޫކޮށްލަން ގޮވާލަ ގޮވާލަ ތިބުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީން އަކީ ރައީސް ނަޝީދު ހިމެނޭހެން އެތައް ސިޔާސީ ބަޔަކު ޖަލަށް ލެއްވި ބޭފުޅެއް ކަމަށާއި ރައީސް ޔާމީން ވަނީ މަޖިލީސް ހިސާރުކޮށް ޝަރީއަތަށް ނުފޫޒުފޯރުވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނޫސްވެރިކަން ހުއްޓުވާލާ ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅިކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަކީ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ރަތް އަކުރުން ފަވާލެވޭނެ ދުވަހެއް ކަަމަށެވެ. އެ ދުވަހު އެ ޕާޓީ ނުކުންނަނީ އެ ޕާާޓީގެ ރިޔާސީ ކެނޑިޑޭޓް އިހްތިޔާރްކުރުމަށް ކަމަށް ވާއިރު އެ މަސައްކަތަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ މަތިން ހިނގާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގައި އޮތް ޒަމާންވީ އާއިލީ ވެރިކަން ނައްތާލުމަށްޓަކާ ކަމަށާއި އަގުލަބިއްޔަތަކާއި އެކު އަންނަ ސަރުކާރެއް ރާއްޖޭގައި އޮންނަން އެމްޑީޕީ ބޭނުންވި ކަމަށެވެ. އެންމެޑީޕީ އަކީ އެއްވެސް އުޅުމާއި އަދުލު އިންސާފުގެ ނިޒާމް ނުފޫޒުން އެއްކިބާކުރަން ވަކާލާތުކުރާ ޕާޓީ އެއްކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި އަމިއްލަ ރަށުގައި ފުދިގެން ދިރިއުޅޭނެ މަގު ފަހިކޮށްދިނުމަކީ އެމްޑީޕީ އިން ބޭނުންވާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ފާއިތުވި 4 އަހަރު ތަމްސީލް ކޮށްދީފައި ވަނީ އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ މެނިފެސްޓޯ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެ ހަތަރު އަހަރު އެމްޑީޕީގެ ފިކުރު ދިރުވާފައި ވަނީ ރައީސް ޞާލިހު ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު