Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލިދޫ ޖޫނިއަރ ކޮލެޖް

ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް އަޅަނީ

މި ޕޮރޮޖެކްޓް އެއްކޮށް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން ދަރިވަރުންނަށް ޚާއްސަ ދަނާލެއް ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2023 | ހުކުރު 09:11
ވެލިދޫ ޖޫނިއަރ ކޮލެޖާއި ގުޅޭގޮތުން މަޝްވަރާކުރަނީ

ވެލިދޫ ޖޫނިއަރ ކޮލެޖާއި ގުޅޭގޮތުން މަޝްވަރާކުރަނީ

ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކުރަން ނިންމައިިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނި މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނ. ވެލިދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ޖޫނިއަރ ކޮލެޖުތައް ބިނާކުރުމަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތަކުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ. މިއިން ކޮންމެ އިންސްޓިޓިއުޓެއްގައި ވޯކްޝޮޕްތަކާއި ކްލާސް ރޫމްތަކާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. ހަމައެއާއިއެކު، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެއެވެ.

މި ޕޮރޮޖެކްޓް އެއްކޮށް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން ދަރިވަރުންނަށް ޚާއްސަ ދަނާލެއް ހުންނާނެއެވެ. ދަނާލަކާއެކު އިންސްޓިޓިއުޓް ތަރައްޤީކުރެވިއްޖެނަމަ ދެމެހެއްޓަނިވި ގޮތެއްގައި މިތަން ހިންގުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ޑރ. އިބްރާހީމް ޙަސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ނ.ވެލިދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖުގައި ތަފާތު ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ. ގިނަ ތަޖުރިބާތަކާއިއެކު މިއަދު ފެށިގެން މިދަނީ ރާއްޖޭގެ މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށް ކުރިއެރުވުމަށް ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި މިކަމަކީ ހުރިހާގޮތަކުންވެސް މުޖުތަމައަށް ފައިދާހުރި މަސައްކަތެއްކަމުގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނ. ވެލިދޫ ކައުންސިލުން މިފަދަ ޕްރޮޖެކްޓެއް އެރަށުގައި ފެށުމަށް ހަމަޖެހިފައިވާތީ އެކަން އުފަލާއެކު ފާހަގަކުރައްވައި، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2017

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ

15 އޮކްޓޯބަރު 2017
ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި 300 ހައުސިންގ ޔުނިޓް އަޅަނީ
11 އޮކްޓޯބަރު 2017

ބްރިޖާއި ކައިރިވާ އުޅަނދުތަކާއިމެދު ފިޔަވަޅު އަޅަނީ

11 އޮކްޓޯބަރު 2017
ބްރިޖާއި ކައިރިވާ އުޅަނދުތަކާއިމެދު ފިޔަވަޅު އަޅަނީ
02 އޮކްޓޯބަރު 2017

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ

02 އޮކްޓޯބަރު 2017
ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ
26 ސެޕްޓެމްބަރު 2017

މާރުކޭޓު ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބެއްޖެ ނަަމަ، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަނީ!

26 ސެޕްޓެމްބަރު 2017
މާރުކޭޓު ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބެއްޖެ ނަަމަ، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަނީ!
22 އޯގަސްޓު 2017

ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

22 އޯގަސްޓު 2017
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ
30 ޖުލައި 2017

އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން

30 ޖުލައި 2017
އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން
10 ޖުލައި 2017

ގާސިމްގެ މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ މިރޭ ކަނޑައަޅަނީ

10 ޖުލައި 2017
ގާސިމްގެ މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ މިރޭ ކަނޑައަޅަނީ
09 ޖުލައި 2017

އިތުރު މަގެއްގައި ތާރު އަޅަނީ

09 ޖުލައި 2017
އިތުރު މަގެއްގައި ތާރު އަޅަނީ
05 ޖޫން 2017

ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު

05 ޖޫން 2017
ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު