Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް ގެ ޤާނޫނަށް ބަދަލުގެނައުން

ފެނިގެން މިދަނީ ރާއްޖޭގެ ކޮންޓްރަކްޝަން އިންޑަސްޓްރީ ފުނޑާލައި ހުރިހާ އެސްއޯއީތަކަށް ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް ދޭތަން: އައްބާސް

11 މާރިޗު 2025 | އަންގާރަ 13:06

ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ ނަމުގައި، ފެނިގެން މިދަނީ ތަރައްޤީގެ ދަޅަ ދައްކައިގެން ކޮންމެ ފަހަރަކު ޓޫރިޒަމަށް ލިބޭ ފައިސާ އިސްރާފު ކުރާ މަންޒަރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 މާރިޗު 2025 | އަންގާރަ 13:06
ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަންގާރަ ދުވަހު ކުރިއަށް ދިއަ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަންގާރަ ދުވަހު ކުރިއަށް ދިއަ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

މިއަދު މި ގައުމުން ފެނިގެން މިދަނީ ރާއްޖޭގެ ކޮންޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑާލައި ސަރުކާރުގެ ހުރިހާ ބޮޑެތި ޕްރޮޖެކްޓް ތައް އެސްއޯއީތަކަށް ދޭތަން ކަމަށާއި މިއީ ވައްކަމަށް ހުޅުވާލާ ދޮރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް ވިފަދައިން ވިދާޅުވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ބިލަށް މަޖިލީހުގައި ބަހުސް ކުރެވެމުން އަންނަ އިރު މިވަގުތު ޓޫރިޒަމް އެންމެ ބޮޑަށް ކުރި އަރަމުން އަންނަ އައްޑޫގައި ފުޅާދާއިރާއެއްގައި ޓޫރިޒަމް އިސްތިހާރު ކުރަމުން އަންނަ މި ދަނޑިވަޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މި މައްސަލައަށް އަހަރު ދުވަސް ފާއިތުވެގެން ދިިޔައިރު ވެސް ހައްލެއް ލިބިފައި ނުވާތީ އެ ސިޓީގެ ރައްޔިތުންނަށް ޖެހެމުންދާ ތަކުލީފުތަކަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހެޅުއްވީ ހޯމަ ދުވަހު އެވެ. އަދި މި މައްސަލަ ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާއެކު އެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖޭގެ ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އަދި އެކަން އެގޮތަށް ކުރެއްވީ ވެރިކަން ކުރާ ޕާޓީ ޕީއެންސީ ގެ ޕީޖީ ލީޑަރު އިބުރާހީމް ފަލާހު ވިޕެއް ނެރެގެން ކަމުގައި ވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މިއަދު ވެސް މަޖިލީޙުގައި ބަހުސް ކުރެވެމުން މިދަނީ ގައުމުގެ އިގްތިޞާދު ރަނގަޅުވުމަށް ކަމަށާއި އެގޮތުން އިޤްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ޓޫރިޒަމް ގެ ޤާނޫނަށް ތަފާތު ނަންނަމުގައި އިސްލާހުތައް އެބަ ގެންނަކަމަށެވެ.

އެގޮތުން ބޮޑެތި ލޯނުތައް ނަގައިގެން ޓޫރިޒަމަށް އިންވެސްޓު ކޮށްގެން ތިބި އިންވެސްޓަރުން، އެ ބައިމީހުންގެ ދަށުން ތިބޭ މުވައްޒަފުންނަށް ވީހާވެސް ރަނގަޅަކަށް ކަންކަން ކޮށްދެމުން އަންނަ ހިނދު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ ނަމުގައި، ފެނިގެން މިދަނީ ތަރައްޤީގެ ދަޅަ ދައްކައިގެން ކޮންމެ ފަހަރަކު ޓޫރިޒަމަށް ލިބޭ ފައިސާ އިސްރާފު ކުރާ މަންޒަރުކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމަށް ދޮޅު އަހަރުވެގެން ދިއަ އިރު، ވެލިދޫ ދާއިރާގައި އަލަށް އެއްވެސް މަޝްރޫޢެއް ފަށާފައި ނުވާކަމަށާއި ވެވަޑައިގެން ވަޢުދުފުޅުގެ މަތިން މިހާރު ކުޑަކޮށް ވެސް ރައީސް މުއިއްޒު ހަނދުމަފުޅުނެއް ކަމަށެވެ.

އައްބާސް ވިދާޅުވީ މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މި މަޖިލީހުން މިގެންދަނީ ރައީސް މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވިހާ ޤާނޫނަކަށް ބަދަލުގެންނަވަމުން، ވިދާޅުވިއްޔާ ވިދާޅުވިހާ ބައަކު މުއައްސަސާތަކަށް އައްޔަން ކުރަމުން ކަމަށާއި ނަމަވެސް މި ހުރިހާ ކަމަކުން ރައީސް މުއިއްޒުގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ލަމުން ދިއައިރު، މިއަދު ދިވެހި ރައްޔިތުންނަށް ލިބިފައި އޮތް އެއްވެސް އުފަލެއް ހިތްހަމަ ޖެހުމެއް ނެތް ކަމަށް އައްބާސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް، ދިވެހި ދައުލަތުގެ ފައިސާއިން ދެއްވި މަސްދަޅުކޭސް އެއީ އަޅުގަނޑުމެންނަށް އެކަށީގެންވާ މިންވަރުކަމަށް ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީތޯ.؟ ދިވެހި ރާއްޖޭގެ ކިތަނެމް ރަނގަޅު ޤާނޫނެއް އިސްލާހުތަކާއި އެކު މި މަޖިލީހަށް ހުށަހައި ބަހުސްކޮށް، ކޮމިޓީ މަރުހަލާއަށް ފޮނިވިއަސް ރައީސުލްޖުމްޙޫރިއްޔާ ނުވަތަ ވަޒީރުންގެ މަިލީހުގެ ބޭފުޅުންގެ އިޚްލާޞްތެރިކަމާއި މެދު އަޅުގަނޑުމެން ވިސްނާލަން ޖެހެނީ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ މަޖިލީހުންނާއި ޤާނޫނުތަކުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ހަމަ އެކަނި ރައީސުލްޖުމްޙޫރިއްޔާ އަށް ކަންކަން ފަހިވާ ގޮތަށް މަޖިލީހުންނާއި ސަރުކާރުގެ ތެރެއިން ކަންކަން ކުރެވިގެންދާއިރު، ރައްޔިތުންގެ ހައްޤުގައި އެއްވެސް ކަމެއް ކުރެވިގެން ދާތަން ނުފެންނަ ކަމަށެވެ.

އައްބާސް ވިދާޅުވީ ޓޫރިޒަމްގެ ޤާނޫނާއި ބެހޭގޮތުން ވާހަތައް ދައްކާއިރު، ޓޫރިޒަމުގެ ތެރެއިން ލިބޭ އިންކަމުން ދިވެހި ރާއްޖެ ތަރައްޤީ ކުރާ ވާހަކަ ދައްކާއިރު، ނިމިދިއަ ސަރުކާރުން ވެސް ަދި ރައީސް މުއިއްޒުގެ މި ސަރުކާރުންވެސް ނ. ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅުއްވައި ދެއްވާނޭ ކަމުގައި ވިދާޅުވިކަމަށެވެ. އަދި އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ނަމަވެސް އަދިވެސް އެ ވައުދު ނުފުއްދި ވާކަން އައްބާސް ފާހަގަކުރެއްވި އެވެ.

އައްބާސް ވިދާޅުވީ ވެލިދޫގައި އެ އަޅާ ހޮސްޕިޓަލެއްގެ ވާހަކަ ދައްކާއިރު، މިއަދު ފެނިގެން މި ދަނީ ރާއްޖޭގެ ކޮންޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑާލައި ސަރުކާރުގެ ހުރިހާ ބޮޑެތި ޕްރޮޖެކްޓް ތައް އެސްއޯއީތަކަށް ދޭތަން ކަމަށެވެ. އަދި މިއީ މި ސަރުކާރުން ވައްކަމަށް ހުޅުވާ ދޮރެއް ކަމަށާއި އެއީ ސީދާ ދިވެރި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ކަމަށް އައްބާސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް