Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

ކަންކަމުގެ ހަޤީޤަތް ނުބަލާ ފިތުނަވެރި ވާހަކަ ދެއްކުމަކީ ޤައުމަށް ހެޔޮ އެދުމެއް ނޫން: ޝާހިދު

ރައީސް ސާލިހަކީ "ޕްރޫވަން" ލީޑަރެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖެނުއަރީ 2023 | ހުކުރު 06:59
އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސާލިހު ފުނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސާލިހު ފުނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ

ކަންކަމުގެ ހަޤީޤަތް ނުބަލާ ފިތުނަވެރި ވާހަކަ ދެއްކުމަކީ އެއީ ޤައުމަށް ހެޔޮ އެދުން ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފުނަދޫގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޤައުމަށް ހެޔޮ އެދުމަކީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ހިނގަމުންދަނިކޮށް އެކަން ތަޖުރިބާ ކުރެވިފައި ހުންނެވި ވެރިޔަކު ހުންނަވަނިކޮށް، އެކަން ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވެރިޔަކު ހުންނަވަނިކޮށް އެ ވެރިޔަކު ދުރުކޮށްލާފައި އެހެން ބޭފުޅަކާއި ދިމާލަށް ރައްޔިތުން ނުދާނެކަން ޤަބޫލުފުޅު ކުރެއްވުން ކަމަށެވެ.  

ރައީސް ސާލިހަކީ "ޕްރޫވަން" ލީޑަރެއް ކަމަށާއި އެއީ ސާބިތުކޮށްދެއްވާފައި ހުރި ޒައީމެއް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެ ކުރިއަށް ދިޔުމުގެ ހުރިހާ ވެސް ފުރުސަތެއް އޮތީ ރައީސް ސާލިހާއެކު ކަމަށް ވިދާޅުވެ، އެމަނިފާނަށް ޝާހިދު ވަނީ ތައުރީފު ކުރައްވާފައެވެ.

މި ސަރުކާރަށް ކަމެއް ނުވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ ޝާހިދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ކޮވިޑުގެ ހާލަތުގައި ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކަށް ޝާހިދު ވަނީ ތައުރީފުކުރައްވާފައެވެ. އަދި ކޮވިޑުގެ ދެ އަހަރުގައި އެއްވެސް މީހަކަށް އަސާސީ ކާނާ، ބޭސްފަރުވާ ނުލިބިގެން މަރުވިތޯ ޝާހިދު ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮވިޑުގެ ތެރޭގައި އެކި މަޝްވަރާތައް ކުރިއަށް ދިޔައިރު އެކި މަޖިލިސްތަކުގައި ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލުމަށް ބައެއް ބޭފުޅުން ލަފާ އެރުއްވި ނަމަވެސް މި ދަނޑިވަޅަކީ ފަހަތަށް ދާންވީ ވަގުތު ނޫންކަމަށް ރައީސް ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ހާލަތުގައި ވެސް މި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު އަސާސީ ބޭސްފަރުވާ އާއި ކާނާއިން މަހްރޫމުވިޔަ ނުދޭނެ ރައީސް ނިންމެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު