Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވެއްޖެ

20 ޖެނުއަރީ 2023 | ހުކުރު 01:51

މިއީ ރައީސްގެ ވައުދުފުޅެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ޖެނުއަރީ 2023 | ހުކުރު 01:51
ކ. ކުޑަގިރި

ކ. ކުޑަގިރި

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ކ. ކުޑަގިރީގެ މަސައްކަތްތައް ނިންމާލައި އެތަން އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.

Advertisement - newsAdvertisement

ސަރުކާރު ހިއްސާވާ އެކި ކުންފުނިތައް ގުޅިގެން މި ރަށް ތަރައްގީކޮށްފައިވާއިރު، މިތަނުން އާންމުންނަށް ބޭނުންވާ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެއެވެ. އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެއެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވިގެންދާނެއެވެ. މީގެ އިތުރުން، މި ރަށުގައި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވިގެންދާނެއެވެ.

ކުޑަގިރިއަށް ޕިކްނިކް ދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، މިތަނުގައި ފާހަނާބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއެކުއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. 

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓަރ ސްޕޯޓްސް ސެންޓަރު ހިމެނެއެވެ. މީގެއިތުރުން، އެޑްމިން ބިލްޑިންގަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެއެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ޙާއްސަވެފައި އޮތް ކުޑަބަނޑޮސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވަނީ އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލާފައެވެ. އަދި މިކަމުގެ ސަބަބުން މާލެ ކައިރީގައި ދަތުރު ދިޔުމަށް އޮތް ލުއި ފުރުޞަތު ހަނިވެގެންދިއައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފައެއް އަދި ނުވޭ: އައިލެންޑް އޭވިއޭޝަން

14 ޑިސެމްބަރު 2017
އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފައެއް އަދި ނުވޭ: އައިލެންޑް އޭވިއޭޝަން
23 ނޮވެމްބަރު 2017

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

23 ނޮވެމްބަރު 2017
ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން
19 އޮކްޓޯބަރު 2017

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ

19 އޮކްޓޯބަރު 2017
ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ
22 ސެޕްޓެމްބަރު 2017

މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

22 ސެޕްޓެމްބަރު 2017
މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
20 ޖުލައި 2017

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
01 މެއި 2017

އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

01 މެއި 2017
އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް