Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިލެންޑް އޭވިއޭޝަން

އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފައެއް އަދި ނުވޭ: އައިލެންޑް އޭވިއޭޝަން

14 ޑިސެމްބަރު 2017 | ބުރާސްފަތި 11:38

150 ޕައިލެޓުން މަސައްކަތް ކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 11:38
އައިލެންޑް އޭވިއޭޝަންގެ އޮފީސް ތެރެ

އައިލެންޑް އޭވިއޭޝަންގެ އޮފީސް ތެރެ

ލީކުވެގެން އުޅޭ އޯޑިޔޯއާއި ގުޅިގެން ނުވަތަ މައްސަލައަކާއި ގުޅިގެން އެއްވެސް ޕައިލެޓަކަށް ފިޔަވަޅެއް އަޅާފަ ނުވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ، އޭވިއޭޝަންގެ ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވާދެއްވަމުން، އައިލެންޑް އޭވިއޭޝަނުން ބުނީ، މޯލްޑިވިއަން އަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އުސޫލުތަކަށް ވަރަށް ފުރިހަމައަށް ތަބާވަމުން އަންނަ އެއަރލައިނެއް ކަމަށާއި އެއްވެސް ޕައިލެޓެއް ވަރުބަލިވެ، ނުވަތަ ފިޓްނެސްއަށް އަސަރުކުރާ މިންވަރަށް ޕައިލެޓުންގެ ޝެޑިއުލް ހަމަޖެހިފައިނުވާ ކަމަށެވެ. މަތިންދާ ބޯޓް ހިދުމަތަކީ ވަކި އުސޫލުތަކެއް ކަނޑައެޅި، އަބަދުވެސް ގަވައިދުތަކަށް އަމަލު ކުރޭތޯ މޮނީޓަރ ކޮށް އޮޑިޓް ކުރެވޭ ހިދުމަތްތަކަށްވާ އިރު، މި އުސޫލުތަކަކީ އެއްވެސް ހާލަތެއްގައި ދޫކޮށްލެވޭނެ އުސޫލުތަކެއް ނޫން ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ، އެ އޮތޯރިޓީގެ ގާތްގަނޑަކަށް 150 ވަރަކަށް ޕައިލެޓުން ވަޒީފާ އަދާކުރަމުންދާ އިރު ހުރިހާ ޕައިލެޓުންވެސް މަސައްކަތް ކުރަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ޕައިލެޓުންގެ ޝަކުވާތައް ހުށަހެޅޭނެ އުސޫލުތައް ކަނޑައަޅާފައިވާ އިރު، އެ އުސޫލުތަކުގެ ތެރެއިން ޝަކުވާތަކަށް އަބަދުވެސް އެ އިދާރާއިން މަރުހަބާ ކިޔާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އެހެން ނަމަވެސް ޕައިލެޓުންގެ ޑިއުޓީއާ މެދު ހިތްހަމަނުޖެހިގެން އެއްވެސް ޕައިލެޓެއް ނުވަތަ މުވައްޒަފެއްވެސް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް އެއިދާރާއިން ބުނެ އެވެ. އެފަދަ ކަމެއް އެނގިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހަމައެކަނި މީޑިޔާތަކުން ކަމަށް އެއިދާރާއިން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އަހަރެއްގެ ތެރޭގައި ޕައިލެޓުންގެ ފްލައިން ޑިއުޓީ އަކީ 192 ދުވަސް ކަމަށެވެ. ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން ރެޖިއުލޭޝަނުން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން 5.5 ދުވަހު މަސައްކަތް ކުރުމަށް ފަހު 36 ގަޑިއިރު ރެސްޓް ކުރުމަށް ލިބޭ އިރު މިދިޔަ ޖުލައި މަހުގައި ގެނައި އިސްލާހުގެ ސަބަބުން 7 ދުވަހު މަސައްކަތް ކުރުމަށް ފަހު 48 ގަޑިއިރު ރެސްޓް ކުރަންޖެހޭ ގޮތަށް ޕައިލެޓުންގެ ޑިއުޓީ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެހެން ނަމަވެސް އެ އުސޫލަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އެގޮތުން ޕައިލެޓުން 6 ދުވަހު މަސައްކަތް ކުރުމަށް ފަހު 48 ގަޑިއިރު ރެސްޓް ކުރެވޭނެ ގޮތަށް ޑިއުޓީ ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަނުން މިގޮތަށް ހާމަކޮށްފައިވާ އިރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އޯޑިއޯ ކްލިޕެއްގައި މޯލްޑިވިއަންގެ ޕައިލެޓަކުވަނީ ޕައިލެޓުން ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ބުނެފައެވެ. އަދި އެވާހަކަ ހުރިހާ ޕައިލެޓުންގެ ތެރޭގައި ދެއްކުމުން ފްލައިޓް އޮޕަރޭޝަންސްގެ އިސް ވެރިޔަކު ވަނީއެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފަ ކަމަށް ވެސް އޯޑިއޯގައި ބުނެ އެވެ. އެހެން ނަމަވެސް މިއީ ރައްކާތެރިކަމުގެ އިޝޫއެއް ކަމުން، އެންމެންގެ ތެރޭގައި އެވާހަކަ ދެއްކީ ކަމަށް ޕައިލެޓް ބުނެއެވެ. އެހެން ނަމަވެސް މި މައުލޫމާތުތައް އައިލެންޑް އޭވިއޭޝަނުން ވަނީ ދޮގުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް