Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާގެ އައު ވެބްސައިޓް އަދި މޯބައިލް އެޕް

މީރާގެ އައު ވެބްސައިޓް އަދި މޯބައިލް އެޕް ލޯންޗުކޮށްފި

19 ޖެނުއަރީ 2023 | ބުރާސްފަތި 02:11

މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމު ސުންގަޑިތައް ދެނެގަނެ ފޯނަށް ކަލަންޑަރ ރިމައިންޑަރ ލެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖެނުއަރީ 2023 | ބުރާސްފަތި 02:11
މީރާގެ އައު ވެބްސައިޓް ލޯންޗުކުރައްވަނީ

މީރާގެ އައު ވެބްސައިޓް ލޯންޗުކުރައްވަނީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ އައު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.

މީރާގެ އައު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލް އަދި މީރާގެ ބޯޑުގެ ޗެއަރޕަރސަން އަޙްމަދު ސަރުވަޝް އާދަމްއެވެ.

އަލަށް މި ލޯންޗްކުރެވުނު މީރާގެ އައު ވެބްސައިޓުން މީރާއަށް ހުށަހަޅާ ހުރިހައި ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށަހެޅޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ. މީރާގެ އައު ވެބްސައިޓް "ލައިވް ޗެޓް" ފަންކްޝަންވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ޓެކުހާއި ގުޅޭ މުހިންމު މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންޓަރއެކްޓިވް ގައިޑްތައް މީރާއިން ވަނީ ހިމަނާފައެވެ. މީގެއިތުރުންވެސް މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ޓެކްސް ޤާނޫނުތަކާއި ޤަވައިދުތަކާއި، މީރާއިން ޝާއިއުކުރާ ތަފާސްހިސާބުތަކާއި އަދި އެނޫންވެސް މުހިންމު ޚަބަރުތަކާއި މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެގޮތަށްކަމަށް މީރާއިން ބުނެއެވެ.

މީރާއިން އަލަށް ތައާރަފްކުރި މޯބައިލް އެޕްލިކޭޝަނުން ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" އަދި މީރާއިން ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް "ވާރުޕޭ" ގެ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް މީރާއިން ބުނެއެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމު ސުންގަޑިތައް ދެނެގަނެ ފޯނަށް ކަލަންޑަރ ރިމައިންޑަރ ލެވޭނެކަމަށް މީރާއިން ބުނެއެވެ.

މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަގައި ކިޔު ތަރުތީބު އެޕުން ބަލާލެވޭނެއެވެ. މީގެއިތުރުން ޓެކުހާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މަޢުލޫމާތު ސެޝަންތައް ބޭއްވުމަށް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެއެވެ. މީރާގެ މޯބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރއިންނާއި އެޕަލްގެ އެޕް ސްޓޯރއިން ޑައުންލޯޑް ކުރެވޭނެއެވެ.

އައު ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ލޯންޗުކުރުމުގެ މަޤްސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ޓެކުހާއި ގުޅޭ އިލްތިޒާމުތައް ފުރިހަމަ ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އެ އިދާރާ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
16 މާރިޗު 2017

އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި

16 މާރިޗު 2017
އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް