Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ބޮޑުއުތުރާ، ބޮޑުތިލަދުން މައްޗަށް ތާރީޚުގައި ވެސް އަންނަ، އެންމެ ބޮޑު ބަދަލު - ރައީސް

ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކެއް ވައްޓަފާޅިއެއް އޮންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖެނުއަރީ 2023 | ބުދަ 17:31
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަައްޓަވައިދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަައްޓަވައިދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ

މިފެށުނީ ބޮޑުއުތުރާ، މުޅި ބޮޑުތިލަދުން މައްޗަށް ތާރީޚުގައިވެސް އަންނަ، އެންމެ ބޮޑު ބަދަލުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް މިރޭ ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޞާލިހް ވިދާޅުވީ މިއަދަކީ ތިލަދުންމައްޗާ، މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް ކަމަށެވެ. ހަނިމާދޫ އަދި މި ބޮޑު ތިލަދުންމަތީ ރައްޔިތުން ދެކެމުން އައި ހުވަފެނުގާ މިއަދު ކުލަޖެހިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކެއް ވައްޓަފާޅިއެއް އޮންނަ ކަމަށެވެ. ކުރާ ކޮންމެ މަސައްކަތަކާ، ހިންގާ ކޮންމެ މަޝްރޫޢެއް ހިންގާނީ އެގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ ބައިނަލް އަގްވާމީ އެއާޕޯޓު ގެ މަސައްކަތް މިފެށީ އަޅުގަނޑުމެންގެ ގޮތަށް ކަމަށެވެ. ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް ކަމަށެވެ. މިފެށިގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއިއެކު ދެން މިކަމެއް ނުހުއްޓޭނެ ކަމަށާއި ފަހަތަކަށްވެސް ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމަލީ މަސައްކަތް ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ، 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް ކަމަށެވެ. މަޝްރޫޢު ހިންގުމަށް އެންމެ ބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ ކަމަށާއި، މިމަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. 2.46 ކިލޯމީޓަރުގެ އާރަންވޭއަކީ، ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ، ބޮޑެތި މަތިންދާ ބޯޓް ފަހަރަށް އަޅާ ރަންވޭއެއް ކަމަށް ރައީސް ވިދާޅުވިއެެވެ.

މީގެ އިތުރަށް، ބައިނަލް އަގްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތައް ހަނިމާދޫގާ ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އެއަރޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާ، އުތުރުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ، ޒަމާނީ އެއަރޕޯޓަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

29 ނޮވެމްބަރު 2017
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި
28 އޮކްޓޯބަރު 2017

އަޅުގަނޑު ދެވަނަ ދައުރަށް ހޮވުމަށްކުރަން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތްތަކެއް: ރައީސް ޔާމިން

28 އޮކްޓޯބަރު 2017
އަޅުގަނޑު ދެވަނަ ދައުރަށް ހޮވުމަށްކުރަން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތްތަކެއް: ރައީސް ޔާމިން
09 އޮކްޓޯބަރު 2017

ޝަހީބު ކުރާ މަސައްކަތަކީވެސް ރާއްޖެޓީވީ ނައްތާލުން، ތަފާތަކީ މާސްކް އަޅައިގެން އައިސް ރޯކޮށްނުލާކަން: ހުޝާމް

09 އޮކްޓޯބަރު 2017
ޝަހީބު ކުރާ މަސައްކަތަކީވެސް ރާއްޖެޓީވީ ނައްތާލުން، ތަފާތަކީ މާސްކް އަޅައިގެން އައިސް ރޯކޮށްނުލާކަން: ހުޝާމް
02 ޖޫން 2017

ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް

02 ޖޫން 2017
ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް
20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
05 މެއި 2017

ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް

05 މެއި 2017
ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް
03 މެއި 2017

ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ހިތްވަރުގަދަ، ބިރުކުޑަ މަސައްކަތެއް: ރޫސޯ

03 މެއި 2017
ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ހިތްވަރުގަދަ، ބިރުކުޑަ މަސައްކަތެއް: ރޫސޯ
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު