Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ

އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަަސައްކަތް ނިމުމަކާ ގާތަށް

މިހާރު މަސައްކަތްދާގޮތުން ޖުލައި މަހުގައި ފެސިލިޓީގެ މަސައްކަތް ނިންމާ ހިދުމަތް ދެވެން ފަށާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖެނުއަރީ 2023 | ބުދަ 16:41
އައްޑޫ ސިޓީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ

އައްޑޫ ސިޓީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ

އައްޑޫ ސިޓީ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ފެސިލިޓީގެ މަަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިމޭނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތުދެއްވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދަށް އަމާޒުކޮށްގެން އެންވަޔަރމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ރާއްޖެއިން ބޭރުގައި ޑިޒައިންކޮށް މެނުފެކްޗަރ ކުރުމަށްފަހު ރާއްޖެ ގެނެވި އިންސްޓޯލް ކުރުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ މިހާރު މަސައްކަތްދާގޮތުން ޖުލައި މަހުގައި ފެސިލިޓީގެ މަސައްކަތް ނިންމާ ހިދުމަތް ދެވެން ފަށާނެ ކަމަށެވެ. މިހާރު ފެސިލިޓީގައި ކުރިއަށް ދަނީ ޕްލާންޓް ބެހެއްޓުމަށްޓަކައި ހަދަން ޖެހޭ ކޮންޓްރޯލް އިމާރާތާއި ވޭސްޓް އިންޓޭކް އިމާރާތުގެ މަސައްކަތް ކަމަށެވެ.

މި ފެސިލިޓީއަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. އަދި މި ޕްލާންޓުން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.

މި ޕްލާންޓުން އުފައްދާ ކަރަންޓުގެ ތެރެއިން 1 މެގަ ވޮޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ފީޑް ކުރެވޭނެއެވެ. އަދި 500 ކިލޯ ވޮޓް ބޭނުން ކުރާނީ އެ ފެސިލިޓީގެ އެކި ބޭނުންތަކަށެވެ.

މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި ފްރޮޖެކްޓްގެ މައިގަނޑު ބޭނުމަކީ ދެކުނުގެ ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރުމެވެ. އިންސްޓޯލްކޮށް ނިމި ޕްލާންޓްގެ ބޭނުން އޮކްޓޯބަރ މަހު ކުރަންފެށޭނެ ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު