Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިޕާއިގެ ކުރިމަގު

ޑިޕާއި ހޯދުމާ ގާތަށް އެތުލެޓިކޯ އިން ޖެހިލައިފި

19 ޖެނުއަރީ 2023 | ބުރާސްފަތި 03:03

ޑިޕާއި ހޯދުމަށް އެތުލެޓިކޯ އިން ބާސެލޯނާ އަށް ގާތްގަނޑަކަށް ތިން މިލިއަން ޔޫރޯ ދައްކާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2023 | ބުރާސްފަތި 03:03
ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިޕާއި

ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިޕާއި

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ހޯދުމާ ގާތަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ޖެހިލައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ފޯވާޑް ހޯދުމަށް އެތުލެޓިކޯ އިން ބޭނުންވަނީ އެ ޓީމަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ފެލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވުމުންނެވެ. ޑިޕާއި ހޯދުމަށް އެތުލެޓިކޯ އިން ބާސެލޯނާގައި އެދުނު ކަމަށާއި، އެކަމުގެ މަޝްވަރާތައް ދެ ކުލަބުގެ މެދުގައި ކުރިއަށް ދިޔަ ކަަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޑިޕާއި ހޯދުމަށް އެތުލެޓިކޯ އަށް މިހާރު ވަނީ ބާސެލޯނާއާއެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. އެކަމުގެ ކަންކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ޑިޕާއި އެތުލެޓިކޯ އަށް ބަދަލުވާނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޑިޕާއި ހޯދުމަށް އެތުލެޓިކޯ އިން ބާސެލޯނާ އަށް ގާތްގަނޑަކަށް ތިން މިލިއަން ޔޫރޯ ދައްކާނެ ކަމަށާއި، ޑިޕާއި ވެސް ބޭނުންވަނީ އެތުލެޓިކޯ އަށް ބަދަލުވާން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޑިޕާއި ބާސެލޯނާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ލިއޯން ދޫކޮށް ބާސެލޯނާ އަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 42 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވެ އަންނަނީ ޑިޕާއި އަށް ފުރުސަތު ދެމުންނެވެ. މީގެ ކުރިން ޒަވީ ބުނީ ބާސެލޯނާއިން ޑިޕާއި ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިހާރު ބާސެލޯނާ އިން އެ ކުލަބުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޑިޕާއި އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް ޑިޕާއި ވަނީ ނެދަލެންޑްސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް