Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވުލްވްސް

ދާއިމީ އެއްބަސްވުމެއްގެ ދަށުން ސަރަބިއާ ވުލްވްސް އަށް ބަދަލުވެއްްޖެ

ވުލްވްސްއާއެކު ސަރަބިއާ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2023 | ބުރާސްފަތި 03:01
ޕީއެސްޖީ ދޫކޮށް ވުލްވްސް އަށް ބަދަލުވި ސަރަބިއާ

ޕީއެސްޖީ ދޫކޮށް ވުލްވްސް އަށް ބަދަލުވި ސަރަބިއާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޕަބްލޯ ސަރަބިއާ ޕްރިމިއާ ލީގުގެ ވުލްވްސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ވުލްވްސް އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. ވުލްވްސްއާއެކު ސަރަބިއާ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ސަރަބިއާ ހޯދުމަށް ވުލްވްސް އިން ވަނީ ޕީއެސްޖީ އަށް ފަސް މިލިއަން ޔޫރޯގެ ފީއެއް ދައްކައިފަ އެވެ.

ސަރަބިއާ ޕީއެސްޖީ އަށް ބަދަލުވީ ސްޕެއިންގެ ސެވިއްޔާގައި ހުރުމަށްފަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، ގެޓާފޭ އަށް ވެސް ކުޅެފަ އެވެ. ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި ސަރަބިއާ ވަނީ އެ ޓީމަށް 98 މެޗު ކުޅެދީ 22 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީއާއެކު ސަރަބިއާ ވަނީ ފްރާންސް ލީގާއި، ފްރާންސް ކަޕް، ކަޕް ލީގު އަދި ޓްރޮފީ ޑީ ޗެމްޕިއަން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ޕީއެސްޖީގެ ސްކޮޑުގައި ވެސް އޭނާ ވަނީ ހިމެނިފަ އެވެ. ޕީއެސްޖީގައި ހުރުމަށްފަހު ސަރަބިއާ ވަނީ ލޯނު އެއްބަސްވުމެއްގެ ފަށުން ސްޕޯޓިން ލިސްބަން އަށް ކުޅެފަ އެވެ.

ސަރަބިއާ އަކީ ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެެކެވެ. މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ސްޕެއިން އިން އެކުލަވާލި ސްކޮޑުން ވެސް އޭނާ އަށް ޖާގަ ލިބުނެވެ. އެ މުބާރާތުގައި ސަރަބިއާ އަށް ކުޅުމުގެ ފުރުސަތު ލިބުނީ ގަދަ 16ގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އޭނާ ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދެ ޓީމު އެއްވަރުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސަރަބިއާ ޖެހި ޕެނަލްޓީ ނާކާމިޔާބު ވެސްވި އެވެ. މިހާތަނަށް އޭނާ ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެދިން 26 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
10 ނޮވެމްބަރު 2017

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް

10 ނޮވެމްބަރު 2017
ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް
23 އޮކްޓޯބަރު 2017

އެންބީއޭ: ނެޓްސް އާއި ޓިމްބާވުލްވްސް މޮޅުވިއިރު ލޭކާސް ބަލިވެއްޖެ

23 އޮކްޓޯބަރު 2017
އެންބީއޭ: ނެޓްސް އާއި ޓިމްބާވުލްވްސް މޮޅުވިއިރު ލޭކާސް ބަލިވެއްޖެ
29 އޯގަސްޓު 2017

ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި

29 އޯގަސްޓު 2017
ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
19 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި
12 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

12 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި
11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު