Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރަވީނާގެ "މާތުރް"

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

އިންޑިއާގެ ޖުޑީޝަރީ ފެއިލްވެފައިވާ މިންވަރު ފިލްމުގައި ދައްކުވައިދޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 އެޕްރީލު 2017 | އަންގާރަ 11:37
"މާތުރް" ގެ ޕޯސްޓަރެއް

"މާތުރް" ގެ ޕޯސްޓަރެއް

ފިލްމީ ކެރިއަރާ ދުރުގައި އެތައް ޒަމާނެއްވަންދެން ހުރުމަށް ފަހު، ރަވީނާ ޓަންޑަންގެ އެނބުރި އައުން ފެނިގެންދާ ތްރިލާރ ފިލްމް "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފިއެވެ.

މިމަހުގެ 21 ގައި ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ މި ފިލްމަކީ، އިންޑިއާގައި ވަބާއެއްގެ ގޮތުގައި ބެލެވިފައިވާ ރޭޕްގެ މައްސަތަކާ ގުޅޭ ގޮތުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ރިލީޒްކުރުމަށް ތައްޔާރުވެފައި ވަނިކޮށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަނުން މި ފިލްމު ހިފެހެއްޓި ސަބަބެއްކަމުގައި ބުނެފައިވަނީ ފިލްމުގައި ދައްކުވައިދޭ އަނިޔާވެރި މަންޒަރުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި، މި ފިލްމު ސެންސަރު ބޯޑުން ހިފަހައްޓާފައި ވަނީ، ރޭޕްގެ މައްސަލަތަކުގައި އިންޑިއާގެ ޖުޑީޝަރީ ފެއިލްވެފައިވާ މިންވަރު ފިލްމުގައި ދައްކުވައިދީފައި ވާތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ރަވީނާ ބުނިގޮތުގައި ފިލްމުގެ އެއްވެސް މަންޒަރެއް ސެންސަރުކޮށް ހަދައިފި ނަމަ ޕަބްލިކަށް ދޭން ބޭނުންވާ މެސެޖް އަދި ފިލްމުގެ އަސްލު ގެއްލިދާނެއެވެ. އެހެންކަމުން އެއްވެސް ތަންކޮޅެއް ސެންސަރު ނުކުރުމަށް ރަވީނާ ވަނީ ގޮވާލާފައެވެ. އަދި މިހާރު އޮތް ސެންސަރު ގަވާއިދަކީ އެތައް އަހަރެއް ވެފައިވާ ގަވައިދެއް ކަމަށާއި ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މީގެ ކުރިން ދުވަހަކު ވެސް ރަވީނާ ފެނިފައި ނުވާފަދަ އާދަޔާޚިލާފު ރޯލެއް މި ފިލްމުގައި އޭނާ އަދާކުރާނެއެވެ. ދަރިފުޅު ރޭޕްގެ ޝިކާރައަކަށްވުމުން އެ ދަރިފުޅަށް އިންސާފު ހޯދައިދޭން މަންމައަކު ކުރި މަސައްކަތް މި ފިލްމުގައި ރަވީނާ ވަރަށް ފުރިހަމައަށް ދައްކާލާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިޔުންތެރިޔާ މައިކަލް ޕެލިއްކޯގެ ވާހަކައަކަށް ޑައިރެކްޓަރު އަޝްތަރު ސައީދު ޑައިރެކްޓްކުރާ މި ފިލްމުގެ ޓްރެއިލާރ ރިލީޒް ކުރުމާއި އެކު، އެތައް ހާސް ބަޔަކު ވަނީ، މި ޓްރެެއިލާރ ބަލާފައެވެ. އަދި ފިލްމް ނުކުންނާނެ ވަގުތަކަށް އިންތިޒާރުގައި ތިބިއިރު، ރަވީނާގެ ސަޕޯޓަރުން ތިބީ ފިލްމު ބަލާލަން ކެތް މަދުވެފައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
17 މެއި 2017

އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

17 މެއި 2017
އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!
17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު