Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ލަގެޖް ގެއްލުން

އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައެއް ނުވާނެ: ކަސްޓަމްސް

17 ޖެނުއަރީ 2023 | އަންގާރަ 17:09

މަސްތުވާތަކެތީގެ ލަގެޖް ކަސްޓަމްސް އިން ފުލުހުންނާއި ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖެނުއަރީ 2023 | އަންގާރަ 17:09
ކަސްޓަމްސް ބިލްޑިންގް

ކަސްޓަމްސް ބިލްޑިންގް

މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން ބުނެފައި މިވަނީ ވެލާނާ އިންޓަރނޭޝަން އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޕާކިސްތާނު މީހާ ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކުރިއިރު، އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ލަގެޖް ފުލުހުންނާއި ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މި މަހުގެ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ކަސްޓްމަސް އިން އޭނާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ހަވާލުކުރިއިރު، ކަސްޓަމްސްއިން އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށާއި ރާއްޖެއަށް އޭނާ އައިއިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި، ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލާގައި މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެލަގެޖް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެއަރޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަމަށް ވެސް ބުންޏެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ހެކިނެތުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތުންނާއި، ކަސްޓަމްސްގެ ސަރވެއިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް، އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓްކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ ފަސިންޖަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ވަގުތުން ހަވާލުކުރާ ކަމަށެވެ. އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެދަށުގައި ހުއްޓާ ގެއްލިފައިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއިގުޅިގެން ބަލާފާސްކުރެވޭ ކޮންމެ ފަހަރަކީ މަސްތުވާތަކެތި އަދި ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި ފެންނަ ފަހަރެއްނޫން ކަމަށާއި ކަސްޓަމްސް އަށް ލިބޭ ކޮންމެ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަލާ ފާސްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ވަރުބަލިކަމެއްނެތި ކަސްޓަމްސް އޮފިސަރުންކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކަސްޓަމްސްގެ ޤާނޫނުން ދިވެހިރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ކަސްޓަމްސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަގޮތަކަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ އެމުއައްސަސާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް