Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭޕާލުގެ ފްލައިޓެއް ވެއްޓުން

"ފެނުނީ ބޮޑު، އަލިފާން ބޯޅައެއް": ނޭޕާލްގައި ފްލައިޓް ވެއްޓުނު މަންޒަރު ދުށް މީހެއްގެ ދުލުން

މިއީ ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ތާރީޚަށް ބަލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގި އެންމެ ހިތާމަވެރި ހާދިޘާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 05:35
މި ހާދިޘާގައި 68 މީހަކު މަރުވިކަން އޮފިޝަލުން ކަށަވަރު ކޮށްދީފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައި ވާ 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

މި ހާދިޘާގައި 68 މީހަކު މަރުވިކަން އޮފިޝަލުން ކަށަވަރު ކޮށްދީފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައި ވާ 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

މީލާދީ އާ އަހަރެއްގެ 3 ވަނަ ހަފުތާއަށް ފެށިގެން އައި އިރު، އަވަށްޓެރި ނޭޕާލްއިން ލިބުނީ، އިންތިހާ ހިތާމަ ހުރި ޚަބަރެކެވެ. 72 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ޔެޓީ އެއަރލައިންސް އޭޓީއާރް 72 މަތިންދާބޯޓު ވެއްޓި، އެ ބޯޓުން ދަތުރު ކުރި ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ޚަބަރެވެ. ޖެނުއަރީ 16 ވަނަ ދުވަހުގެ ހަވީރުގެ ނިޔަލަށް، މަރުވި މީހުންގެ ޢަދަދު ވަނީ 68 އަށް އަރާފައެވެ.

ހާދިޘާގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދާއިރު، މަންޒަރު ދުށް ބައެއް މީހުން ދަނީ އެމީހުންގެ ތަޖުރިބާތައްވެސް މީޑިއާއާ ހިއްސާ ކުރަމުންނެވެ. އެފަދަ އެކަކީ ގަންގާ މަގަރުއެވެ.

މަންޒަރު ދުށް މީހުންގެ ތެރޭގައި ސަޕަނާ ޚަދުކާ ސިފަ ކުރި ގޮތުގައި އޭނާއަށް ފަޒާގެ ތެރެއިން ފެނުނީ މާ ސިންގާ އަލިފާން ބޯޅައެކެވެ

މޫސުން ސާފުކޮށް އޮތް، ޖެނުއަރީ 15 ވަނަ ދުވަހު، އެތެރޭގެ ދަތުރެއް ކުރަމުން ދަނިކޮށް، ފަތުރުވެރި މަންޒިލު، ޕޮކާރާއަށް ވެއްޓުނު ޔެޓީ އެއަރލައިންސް އޭޓީއާރް 72 މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރު، ހޯމަ ދުވަހު ވަނީ ހޯދާފައެވެ. ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު، ބޯޓުން ދަތުރު ކުރި މީހުންގެ ހަށިގަނޑުތައް، ބޯޓު ވެއްޓުނު ސަރަޙައްދުން ނަގާ، ބަލަން ޖެހޭ ކަންކަން ބަލަމުންދާ މަންޒަރު ފެނެއެވެ.

މިއީ ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ތާރީޚަށް ބަލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގި އެންމެ ހިތާމަވެރި ހާދިޘާއެވެ. 72 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް މަތިންދާ ބޯޓު ވެއްޓި 68 މީހަކު މަރުވިކަން އޮފިޝަލުން ކަށަވަރު ކޮށްދީފައި ވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައި ވާ 4 މީހުން ހޯދުމުގެ މަސައްކަތް، ހޯމަ ދުވަހުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޝެޑިއުލް އުސޫލުން، ކަތުމަންޑޫއިން ފުރައިގެން ޕޮކާރާއަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓުގައި ތިބީ ނޭޕާލްގެ 57 ރައްޔިތަކާއި، އިންޑިއާގެ 5 ރައްޔިތެއްގެ އިތުރުން ރަޝިއާގެ 4 މީހުންނާއި، ދެކުނު ކޮރެއާގެ 2 މީހެއް، އަދި އާޖެންޓީނާ، އަޔަލަންޑް، އޮސްޓްރޭލިއާ އަދި ފްރަންސޭސިވިލާތް، މިއިން ކޮންމެ ޤައުމަކުން 1 މީހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު