Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރޫނޯ ފެނާންޑޭޒް

ބްރޫނޯގެ ނަން ބޭނުންކޮށްގެން ރޮނާލްޑޯއާ ދިމާނުކުރުމަށް އޭނާ އެދެފި

ބްރޫނޯ ބުނީ، ޔުނައިޓެޑުން ރަނގަޅު ފޯމުގައި ކުރިއަށްދާ ތަން ފެނުމަކީ ބައެެއް މީހުންނަށް އުނދަގޫ ކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 02:42
ބްރޫނޯ ފެނާންޑޭޒް އާއި ރޮނާލްޑޯ

ބްރޫނޯ ފެނާންޑޭޒް އާއި ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްގެ ނަން ބޭނުންކޮށްގެން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާނުކުރުމަށް އޭނާ އެދެފި އެވެ.

ބްރޫނޯ އާއި ރޮނާލްޑޯ އަކީ ކުރިން ޔުނައިޓެޑަށް އެކުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ނަމަވެސް މި ފަހުން ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށް ސައުދީ އަރަބިޔާގެ އަލް ނަސްރަށް ބަދަލުވެފަ އެވެ. އޭގެ ކުރިން ރޮނާލްޑޯ ޔުނައިޓެޑުގައި ހުރި އިރު ވެސް އެވާހަކަތައް މީޑިއާތަކުގައި ވަނީ ދައްކައިފަ އެވެ. އެގޮތުން ރޮނާލްޑޯ އައި ފަހުން ބްރޫނޯ އަށް އެންމެ އެކަށީގެންވާ މިންވަރަށް ނުކުޅެވޭ ކަމަށާއި، އޭގެ ކުރިން ބްރޫނޯ ވަރަށް މޮޅަށް ކުޅުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެފަހަރުތަކުގައި ވެސް ބްރޫނޯ ވަނީ އެ ވާހަކަތަކަށް ރައްދު ދީފަ އެވެ. އޭނާ އޭރު ބުނީ ރޮނާލްޑޯ އައުމުގެ ސަބަބުން އޭނާގެ ކުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މިފަހުން އެ ވާހަކަ އަނެއްކާ ވެސް ބޭރުގެ މީީޑިއާތަކުގައި ދައްކާފައި ވަނީ ބްރޫނޯ ބުނި ވާހަކައަކާ ގުޅުވައިގެންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި މެޗަށްފަހު ވާހަަކަ ދައްކަމުން ބްރޫނޯ ބުނީ މިހާރު ޔުނައިޓެޑުން އަންނަނީ އެކުއެކީގައި ޓީމެއްގެ ގޮތުގައި ކުޅެމުން ކަމަށެވެ. ބައެއް މީޑިއާތަކުން ބުނީ ބްރޫނޯ އެ ދައްކަނީ ރޮނާލްޑޯގެ ވާހަކަ ކަމަށާއި، ރޮނާލްޑޯ ހުރި އިރު ޔުނައިޓެޑު ޓީމެއްގެ ގޮތުގައި އޮންނަން އުނދަގޫ ވާހަކަ ކަމަށެވެ. ނަމަވެސް އެކަމަށް ރައްދު ދީ ބްރޫނޯ ބުނީ، ޔުނައިޓެޑުން ރަނގަޅު ފޯމުގައި ކުރިއަށްދާ ތަން ފެނުމަކީ ބައެެއް މީހުންނަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ބްރޫނޯ ބުނީ އޭނާގެ ނަން ބޭނުންކޮށްގެން ރޮނާލްޑޯއާ ދިމާ ނުކުރުމަށެވެ. އިތުރަށް އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުންތެރިޔެއްގެ ގޮތުގައި ސީޒަންގެ މެދަކާ ހަމަ އަށް ރޮނާލްޑޯ ހުރި ކަމަށާއި، ކުރިން ވެސް އޭނާ އެ ވާހަކަތައް އެކި އިންޓަވިޔުތަކުގައި ދައްކާފައިވާނެ ކަމަށެވެ.

ސީޒަންގެ ކުރީ ކޮޅު ޔުނައިޓެޑުގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް މިހާރު އެ ޓީމުން އަންނަނީ މޮޅަށް ކުޅެމުންނެވެ. އެންމެ ފަހުން ސިޓީ ބަލިކޮށް އެ ޓީމު ވަނީ ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ޔުނައިޓެޑާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

ބްރޫނޯ ކެރެކްޓަރކްރިސްޓިއާނޯ ރޮނާލްޑޯމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު