Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ނަސްރު

ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި އަލް ނަސްރު، އަލް ހިލާލްގެ ކެޕްޓަނަކީ ރޮނާލްޑޯ

މިއީ ރެކޯޑު އަގަކަށް އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 02:40
ރޮނާލްޑޯ އަށް ކެޕްޓަން ބޭންޑު ހަވާލު ކުރަނީ

ރޮނާލްޑޯ އަށް ކެޕްޓަން ބޭންޑު ހަވާލު ކުރަނީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުގައި އެ ޓީމުގެ ކެޕްޓަނަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ނިންމައިފި އެވެ.

މިއީ ރެކޯޑު އަގަކަށް އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗެވެ. މީގެ ކުރިން އަލް ނަސްރުން ސައުދީ ލީގުގައި ކުޅުނު މެޗުތަކުގައި ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. އެއީ އޭނާ އަށް ކުރިމަތިވެފައިވާ ދެ މެޗުގެ ސަސްޕެންޝަންގެ ސަބަބުންނެވެ. އަލް ނަސްރާއެކު މިހާރު ޤަވާއިދުން ފަރިތަކުރުންތަކުގައި ރޮނާލްޑޯ އަންނަނީ ބައިވެރިވަމުންނެވެ. ޕީއެސްޖީ މެޗަށްފަހު އަލް ނަސްރުން ލީގުގައި ދެން ކުޅޭ މެޗުގައި ވެސް ރޮނާލްޑޯ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗަކީ އަލް ނަސްރާއި، އަލް ހިލާލް އިން އެކުލަވާލެވޭ ޓީމަކާއި ޕީއެސްޖީއާ ދެމެދު ކުޅެވޭ މެޗެކެވެ.

އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ މީގެ ކުރިން ވަނީ އެ ޓީމަށް ރޮނާލްޑޯ ފުރަތަމަ ކުޅޭނެ މެޗަކީ ޕީއެސްޖީ މެޗުކަމަށް ބުނެފަ އެވެ. އެއަށްފަހު ލީގުގައި މި މަހުގެ 22 ވަނަ ދުވަހު އިއްތިފާޤާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެންނާނެ ކަމަށް ކޯޗު ބުންޏެވެ. ޕީއެސްޖީ އާއި ދެކޮޅަށް އަލް ނަސްރު އަދި އަލް ހިލާލުން ކުޅޭ މެޗަކީ ރޮނާލްޑޯ އާއި ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީގެ ވާދަވެރިކަން ވެސް ފެންނާނެ މެޗެކެވެ. މި ދެ ކުޅުންތެރިން ސްޕެއިންގައި ކުޅުނު ދުވަސްވަރު ވެސް ދެ ކުޅުންތެރިންގެ ވާދަވެރިކަން ވަރަަށް ބޮޑަށް ފެނުނެވެ.

ޕީއެސްޖީ އާއި އަލް ނަސްރު އަދި އަލް ހިލާލް އިން އެކުލަވާލެވޭ ޓީމާއެކު ކުޅޭ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު