Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށި

އަލިފުށީގެ ކަރަންޓަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުއްމީދެއް ނެތް: ކައުންސިލް ރައީސް

އެހެން ރަށަކުން ގެނައި ޖަނަރޭޓަރަކުންވެސް ކަރަންޓެއް ނުދެވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 ޖޫން 2017 | ބުރާސްފަތި 14:14
އަލިފުށީ ރައްޔިތުން ކަރަންޓް މައްސަލައިގާ ކައުންސިލް ދޮށުގައި

އަލިފުށީ ރައްޔިތުން ކަރަންޓް މައްސަލައިގާ ކައުންސިލް ދޮށުގައި

ރ އަލިފުއްޓަށް ދިމާވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނޭ ކަމުގެ އުއްމީދެއް އަދިވެސް ލިބިފައި ނުވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޟީ ވިދާޅުވީ ރަށަށް ވަގުތީ ކަރަންޓް ދިނުމަށް ރަށުން ބޭރުން ގެނައި 200 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި އެރަށުގައި ހުރި 400 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި ގުޅުވައިގެން ރަށަށް ބޭނުންވާ ކަރަންޓް އުފެއްދޭތޯ ފެނައިކައިގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާޟީ ވިދާޅުވީ އެގޮތައް ކަރަންޓް ދިންނަމަވެސް ޕެނަލް ބޯޑުގެ މައްސަލައަކާހުރެ ލޯޑް ބޮޑުވެ ހޫނުވާތީ ގިނައިރު އެކަރަންޓް ނުހިފެެހެއްޓޭ ކަމަށެވެ. އެހެންކަމުން 24 ގަޑިއިރު ކަރަންޓް ދެވޭނެ ގޮތެއް އަދި ނެތްކަމަށް ޓެކްނިކަލް ބޭފުޅުން ވިދާޅުވާކަމަށް ރާޟީ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެބޭފުޅުން ވިދާޅުވާ ގޮތުގައި އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތްކަމަށާއި އިރުއިރުކޮޅުން ކަރަންޓް ކެނޑޭފަދަ ގޮތަކަށް ކަރަންޓް ދޫކުރަން ރައްޔިތުން ބޭނުން ނުވާތީ ކައުންސިލުން ރައްޔިތުންގެ އެދުމާ އެއްގޮތައް އެގޮތައް ކަރަންޓު ދޭން ބޭނުން ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

ރާޟީ ވިދާޅުވީ މިއީ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ލިބޭނީ 600 ކިލޯވޯޓް ޖަނަރޭޓަރގެ ރޭޑިއޭޓަރ ލިބިގެންކަމަށެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ރޭޑިއޭޓަރ ލޯޑް ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ އަންނަމަހުގެ ކުރީކޮޅު ކަމަށެވެ. އެހެންކަމުން އަދި އެ ރޭޑިއޭޓަރ ރާއްޖެއަށް ގެނައުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

މިވަގުތު އަލިފުށީގައި ހުންނެވި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުހައްމަދު ރަޝީދު ރާއްޖެ ޓީވީއަށް ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ބުދަދުވަހުގެރޭ ކަރަންޓް ދިނަސް އިރުއެރުމާއެކު ކަރަންޓް ކަނޑާލަން ޖެހިފައިވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ރަށުގައި ކަރަންޓް ދެވޭނެ ގޮތެއް ނެތިގެން ރަށުން ބޭރުން ގެނައި އިންޖީނު އިންސްޓޯލް ކުރުމަށްޓަކައިވެސް ލައްކަ ކަންކަން ކުރަން ޖެހިފައިވާކަމަށާއި ފެނަކައިގެ ބޭފުޅުންނާއެކު ރަށުގެ ޒުވާނުންވެސް އެކަމުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅެނީ ޕެނަލް ބޯޑަށް ދިމާވެގެން އުޅޭ ކަމެއް ކަމަށާއި ފަހުން ގެނައި ޖަނަރޭޓަރާއި ރަށުގައި ހުރި ޖަނަރޭޓަރެއް ގުޅާލައިގެން ކަރަންޓު އުފެއްދުނު ނަމަވެސް ޕެނަލް ބޯޑުން އެކަރަންޓު ނުހިފަހައްޓާ ކަމަށެވެ.

އަލިފުށިން ކަރަންޓް ކެނޑި އެކަމަށް އެކަށޭނަ ހައްލެއް ނުލިބޭތާ މިހާރު ހަފްތާއެއް ވާން ކައިރިވާއިރު މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް އަދި ވަނީ ނޭނގިއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު