Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ެރާއްޖޭގެ ސިޔާސީ މަޝްރަހު

ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާނުގެ ޖަވާބަކީ ހިނިތުން މޫނެއް

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނާ އިރު މީސްމީޑިއާ އިން ފެންނަނީ އެހެން މަންޒަރެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2023 | ހުކުރު 12:10
ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާންގެ ޖަވާބަކީ ހިނިތުން މޫނެއް

ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާންގެ ޖަވާބަކީ ހިނިތުން މޫނެއް

އެއްކޮޅުން ދައްކަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ވާހަކައެވެ. އެއްކުރެވުނު ބަޔަކު އެއްކުރައްވައިގެން ރަށަކަށް ސަރުކާރުގެ އިސްވެރިޔަކު ވަޑައިގަންނަވާ ނަމަ އެ ތަނަކަށް އެއްވެ އަޑު އުފުލައެވެ. ކިރިޔާ ވެސް ހިތްވަރެއް ހުރިއްޔާ އެ ދުވަހަކު ވީ ބަޔަކު ގޮވައިގެން މާލޭގެ މަގުތަަކަށް ނުކުމެ މުޒާހަރާ ވެސް ކުރެއެވެ. އެކަމަކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތޭ ބުނާ ބުނުމަށް ބަދަލެއް ނާދެއެވެ. ބުނަނީ ސަރުކާރަށް ފާޑު ކިޔަން ފުރުސަތު ނުދޭ ކަމަށެވެ. ބުނަނީ ސަރުކާރުގެ އިސް ވެރިއަކަށް ފާޑު ކިޔަން ބިރު ގަންނަ ކަމަށެވެ. އެކަމަކު ސަރުކާރުގެ ހަފްލާ އެއް ބާއްވާނަމަ އެތަނާއި ވީ އެންމެ ކައިރި ތަނަކަށް މީހުން އެއްކޮށްގެން ލެވުނުހާ ހަޅޭކެއް ވެސް ލަވަނީއެވެ. ދެންވެސް ބުނަނީ ޚިޔާލު ފާޅު ނުކުރެވޭ ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެވޭކަން އެންމެ ރީތި ގޮތުގައި ފެންނަނީ ވެރިކަމުގެ އާރާއި ބާރުގައި ތިބޭ އިރު އެ ޚިޔާލު ފާޅުކުރުމަށް އިޖާބަދޭ ގޮތުންނެވެ. ބައެއް ބޭފުޅުން ކަންކަން ކުރައްވާ ގޮތަކީ ޕާޓީ ބައްދަލުވުމެއްގަ ވިޔަސް ކައުންސިލް ބައްދަލުވުމެއްގަ ވިޔަސް މަޝްރަހު ހޫނުވާހެން ހީވުމާއެކު އަޑު ކަނޑުވާލަނީއެވެ. ރައްޔިތަކަށް ފެނިއްޖެއްޔާ ކިޔާފާނެ އެއްޗިއްސަށް ބިރުން އާއްމުންނަށް ފިއްލަވައިގެން އުޅުއްވި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންވެސް ދިވެހިން ދެކެފިއެވެ. އެއީ ވެސް އެއް ބަޔަކު އާއްމުންގެ ފާޑުކިޔުމަށް ޖަވާބު ދިން ގޮތެވެ.

މިއީ މި އިހަށް ދުވަހު މީސްމީޑިއާ އިން ފެނުނު ވީޑިއޯއެކެވެ. އެ ވީޑިއޯ ޓްވިޓަރގައި އާއްމުކޮށްފައި ވަނީ މިއީ ކާކުތޯ ސުވާލުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ އެއް ބޭފުޅަކީ ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދުއެވެ. އަނެއް ފަރާތަކީ ވެސް ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު މި ރިޕޯޓްގައި އެއީ ކޮން ބޭފުޅެއްތޯ ކުރެވޭ ސުވާލަށް އިޖާބަދޭކަށް ނެތީމެވެ.

ސަމާލުކަން ހުއްޓުނީ ވީޑިއޯ އިން ފެންނަ އާއްމުންނަށެވެ. ސަރުކާރަށް ފާޑު ކިޔާފައިވާ މެސެޖުތަކާއި އެކު ތިބި ހައެއްކަ މީހުން އެ ވީޑިއޯ އިން ފެންނަ އިރު ދަތްދޮޅި ދޮށަށް އަތްލާ ހިސާބަށް ޖަޒުބާތުގައި ޝުއޫރުތަައް ބަންޑުންކުރަމުން ދިޔަ އާއްމުންނެވެ. ބަލާބެލުމަށް ޔަގީންވާ ކަމަކީ އެއީ އިދިކޮޅު ސަޕޯޓަރުންކަމެވެ. ލަވަމުންދިޔަ ހަޅޭކުގެ ތޫލި އަޑު ފައްގަނޑުގެ ތެރެއިން ސާފުވި އެއް ކަމަކީ ދޮގު ހަދާކަމަށް ބުނެ ކުރަމުން ދިޔަ ތުހުމަތުތަކެކެވެ. އެ ނޫނަސް ފާޑުކިޔުމުގެ ބަސްތައް ރައްދު ކުރަމުން ދިޔަ އިރު އެ މީހުން ފެނުމުން ތަރުޖަމާނު މަސައްކަތްކުރެއްވީ އެ މީހުންނާއި ވާހަކަދެއްކޭތޯއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތޭ ބުނާ އިރު ސަރުކާރުގެ ތަރުޖަމާނަށް ސީދާގޮތުން ފާޑުކިޔަން ފުރުސަތު އޮތްކަން އެއޮތީ ފެންނާށެވެ.

ހޯއްގޮވުމާއި ހަޅޭކުގެ ގަދަ އަޑުގެ ކުރިމަތީގައި ތަރުޖަމާން ދެއްކެވީ ހިނިތުން މޫނެކެވެ. ކައިރިއަށް ވަޑައިގެން "ހަޅޭއް ނުލަވާ ފަހަރަކު ބޭފުޅަކު ވާހަކަދެއްކުމަށް" ވިދާޅުވިއެވެ. މިހެން ވިދާޅުވުމުންވެސް އެއްވެފައިވާ މީހުންގެ އަޑުވީ ހައްތަހާ ގަދައެވެ. ކިރިޔާ މޫނުގައި އަތް ޖެހޭ، ނުޖެހޭ ހިސާބަށް އައިސް އަތް އުކާ އަޑުގެ ނެތްތަނަށް ހަޅޭއްލަވާ އިރު ވެސް އެ ބުނާ ޚިޔާލެއް ފާޅު ނުވަނީތޯއްޗެކެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިގެން މިއަދު އެކަމާއި އެންމެ ގަދަ އަޑުން ވަކާލާތުކުރައްވާ ބޭފުޅުންނަކީ މީގެ ކުރިން ޕާޓީގެ ތަރުޖަމާންކަމުގައި ތިއްބެވި އިރު އިދިކޮޅު ސަޕޯޓަރުން ގިނަ ރަށް ރަށަށް އަރައިފިއްޔާ ކާރުކޮޅުން ނުފައިބާ އުޅުއްވި ބޭފުޅުންނެވެ. އިދިކޮޅު ހަރުގެއެއް ކީއްކުރަންތޯ، އިދިކޮޅުގެ އަޑުގަދަ ގެއެއް ހުއްޓަސް އެމަގަކަށް ވެސް ނުވަދެ ވޭތޯ އޭރު ބެއްލެވިއެވެ. އެހެންވީމަ މިއަދު ފެންނަހެން ތަރުޖަމާނުން ނުފެނިދާނެއެވެ. އަދި މި ބޭފުޅުންގެ ބާރުގައި ތިއްބެވި ތަރުޖަމާނުން އާއްމުންނާއި ޒުވާބުކުރާ ހިސާބަށް ކަންކަން ގޮސް ޕާޓީ އިން އެކަން ދިފާއުކުރައްވަން ޖެހުނު ދުވަސް ވެސް މާޒީވެ ހިނގައްޖެއެވެ. އެކަމަކު މިއަދު ޚިޔާލު ފާޅުކޮށްގެން ބަޔާނެއް ނެރުއްވާ އެކަމާއި ޝަކުވާ ކުރައްވާ ތަރުޖަމާނުންނެއް އަދި އެއް ނުފެނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުއިދިކޮޅުން މުޒާހަރާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

20 ނޮވެމްބަރު 2024
ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

09 އޮކްޓޯބަރު 2023
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

16 ސެޕްޓެމްބަރު 2023
އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

16 ސެޕްޓެމްބަރު 2023
ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

13 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު