Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ މުޒާހަރާ

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

20 ނޮވެމްބަރު 2024 | ބުދަ 12:05

ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކުން ސުލްހަވެރި ކަމާއެކު ކުރިއަށް ދިޔަ މުޒާހަރާ ގެ ތެރެއަށް ވަދެގަނެ، ހަމަ ނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 12:05
ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ރައްޔިތުންގެ އެއްވެސް މަޝްވަރާ އެއް ނެތި، ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މުއިއްޒުގެ ސަރުކާރުން އުޅުމުން އެކަމާ ދެކޮޅަށް "ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި ބުދަ ދުވަހު މެންދުރު މުޒާހަރާ ކުރުމަށް ރައްޔިތުންގެ މަޖިލިސް ހުންނަ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ޖަމާވުމުން އެކަމަށް ހުރަސް އެޅުމަށް ސަރުކާރަށް ތާއީދު ކުރާ ބަޔަކު ވަނީ އެއްވެ ހަމަ ނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުންގެ އަމަލުތައް ނޫސްވެރިންނަށް އެ ސަރަހައްދުން ވަނީ ފާހަގަ ކުރެވިފައެވެ. އެމީހުން ވަނީ އެމްޑީޕީގެ ބައިވެރިންނަށް މުޚާތަބުކޮށް ހަޑިހުތުރު އެއްޗެތި ގޮވާ، އަޑުގަދަކޮށް ހަޅޭއްލަވާފައެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބޭ ޚިޔާލު ފާޅު ކުރުމާއި މުޒާހަރާ ކުރުމުގެ ހައްގުގެ ދަށުން، ސުލްހަ ވެރިކަމާއެކު ޝުއޫރު ފާޅު ކުރުމަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުންނާ ކުރިމަތި ލުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރުމުން އެކަމަށް ފުލުހުން ވަނީ ހުރަސް އަޅާ އެމީހުން ފަހަތައް ޖައްސާފައެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ވަދެގަންނަން މަސައްކަތް ކުރި ސަރުކާރު ފަޅީގެ މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ހިމެނުނުކަން ވަނީ ފާހަގަ ކުރެވިފައެވެ. މުޒާހަރާ ހިނގަމުން ދިޔައީ ސަރުކާރުގެ ރަސްމީ ގަޑީގައި ކަމަށް ވީ ނަމަވެސް ރަސްމީ މަސައްކަތް ދޫކޮށްލުމަށްފަހު އެމީހުން ތިބީ މަގުމައްޗަށް ނުކުމެ އެމްޑީޕީގެ މުޒާހަރާ އަށް ހުރަސް އެޅުމަށެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިބި ފަރާތްތަކުން ސުލްހަވެރި ކަމާއެކު ކުރިއަށް ދިޔަ މުޒާހަރާ ގެ ތެރެއަށް ވަދެގަނެ، ހަމަ ނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިންވެސް ވަނީ އެކަން ފާހަގަ ކޮށް ފާޑުކިޔާފައެވެ.

މަޖިލީސް ކުރާ އިމާރާތުގެ ކައިރިއަށް އެއްވުމަށް އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ ބައިވެރިން މަޖީދިއްޔާ ސްކޫލުގެ މައިގޭޓާ ހަމަ އަށް ފަހަތައް ޖައްސާފައެވެ.

ސުލްހަވެރި ކަމާއެކު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ތިބީ ގާނޫނު އަސާސީ ދިފާއު ކުރުމަށް ގޮވާލާ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

ބައިވެރިން ހިފައިގެން ތިބި ބައެއް ލިޔުންތަކުގައި "ރައްޔިތުންގެ މަޖިލީހަކީ ޕަޕެޓް ޝޯވް އެއް"، "ރާއްޖޭގެ ޑިމޮކްރަސީ އޮތީ ނުރައްކަލުގައި،" "މަޖިލީސް މެންބަރުން ކަސްތޮޅު ނާޅުވާ" ފަދަ މެސެޖްތައް ފާހަގަ ކުރެވެއެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި ކުރަމުންދިޔަ މުޒާހަރާގައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން، މަޖިލީހުގެ ޖަލްސާ ނިމުމާއެކު ވަނީ ބައިވެރިވެފައެވެ.

ސަރުކާރުން ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން މެމްބަރުކަން ގެއްލޭ ގޮތް ހެދުން ހިމެނެއެވެ. މި ބަދަލު ގެނައުމުން އަމިއްލަ ގޮތުން އިންތިޚާބުވާ މެމްބަރުންވެސް ޕާޓީއަކާ ގުޅިއްޖެ ނަމަ އޭނާގެ ގޮނޑި ގެއްލޭނެއެވެ.

އަވަސް އަރުވާލައިގެން އެ ބަދަލު ގާނޫނު އަސާސީ އަށް ގެންނާތީ، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ބަދަލުގެ ބޭނުމަކީ މުޅި މަޖިލީސް ރައީސް މުއިއްޒުގެ މުށުތެރެއަށް ލުމާއި މެންބަރުންގެ ކޮންޓްރޯލް ސަރުކާރުގެ މުށުތެރޭގައި ބޭއްވުން ކަމުގައެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިއީ ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި މަޖިލީސް ފެންނާނެ އެންމެ ފަހު ދުވަސް ކަމުގައެވެ.

ފެހި ގާނޫނުއަސާސީއިދިކޮޅުން މުޒާހަރާ ކުރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
05 ފެބުރުއަރީ 2025

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

05 ފެބުރުއަރީ 2025
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
04 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

04 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި
30 ޖެނުއަރީ 2025

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި
07 ޑިސެމްބަރު 2024

އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟

07 ޑިސެމްބަރު 2024
އެތައް ބައެއްގެ ޤުރުބާނީން ހޯދި ޑިމޮކްރަސީ ފަހަތަށް ސޮއްސާލާއިރު، ތިބެންވީ ބަލަހައްޓައިގެން؟
24 ނޮވެމްބަރު 2024

ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އިސްލާހް ގާނޫނު އަސާސީ އާ ޚިލާފް: އެމްޑީޕީ

24 ނޮވެމްބަރު 2024
ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އިސްލާހް ގާނޫނު އަސާސީ އާ ޚިލާފް: އެމްޑީޕީ
21 ނޮވެމްބަރު 2024

"އެންޓި ޑިފެކްޝަން" މާއްދާތަކުގެ ސަބަބުން މަޖިލިސް ގެ ބާރުކެނޑި "ޑިސްފަންކްޝަނަލް" ވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

21 ނޮވެމްބަރު 2024
"އެންޓި ޑިފެކްޝަން" މާއްދާތަކުގެ ސަބަބުން މަޖިލިސް ގެ ބާރުކެނޑި "ޑިސްފަންކްޝަނަލް" ވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
21 ނޮވެމްބަރު 2024

އަވަސް އަރުވާލައިގެން ގަނޫނު އަސާސީ އަށް ބަދަލު ގެނައުން މަދަނީ ޖަމްއިއްޔާ ތަކުން "ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފި

21 ނޮވެމްބަރު 2024
އަވަސް އަރުވާލައިގެން ގަނޫނު އަސާސީ އަށް ބަދަލު ގެނައުން މަދަނީ ޖަމްއިއްޔާ ތަކުން "ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފި
20 ނޮވެމްބަރު 2024

ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ފުޅާ ކޮށްފި

20 ނޮވެމްބަރު 2024
ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ފުޅާ ކޮށްފި
20 ނޮވެމްބަރު 2024

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ތަޞްދީޤު ކުރައްވައިފި

20 ނޮވެމްބަރު 2024
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ތަޞްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް