Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯ ޑްރަގް

130 ކިލޯ ޑްރަގް މައްސަލަ: ޝަހީބުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފަށައި، މެއި މަހަށް މައްސަލަ ނިންމަނީ

15 ޖެނުއަރީ 2023 | އާދީއްތަ 05:53

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2023 | އާދީއްތަ 05:53
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވާ އެއް ފަރާތަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ.

މި މައްސަލައިގައި މީގެ ކުރިން ދައުވާލިބެ ފަރާތުންނާއި ދިފާއުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅާފައެވެ. އަދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ޝަހީބުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވަނީ އެންމެ ހުށަހެޅުމެކެވެ. އެއީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ޝަހީބުގެ ފަރާތުން ހުށަހަޅާފައިވަނީ ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއުކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވާ ގޮތުގައި އެ ދިފާއު ނަގާނަމަ، ތަޙުޤީޤު މަރުޙަލާގައި އެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭން ޖެހޭކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއިން ލާޒިމު ކުރެއެވެ.

އެގޮތަށް އެ މައުލޫމާތު ހާމަ ކުރުމުން އޭނާ ދައްކާ ވާހަކައިގެ ޙަޤީޤަތް ތަޙުޤީޤު މަރުޙަލާގައި ބެލުމުގެ ފުރުސަތު އޮންނަކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ޝަހީބުގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ތަޙުޤީޤުގައި ފާހަގަ ކޮށްފައިނުވާ ކަމަށެވެ.

އިސްގާޒީ ޝަކީލު ވަނީ ދައުލަތުގެ އެ ހުށަހެޅުން ބަލައިގަތުމަށް ނިންމަވާފައެވެ.

މި މައްސަލައިގައި ޝަހީބު އިބްރާހިމްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، ދައުލަތުގެ ހެކިތަކުގެ ތެރެއިން ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފައިވެއެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެއީ ޝަހީބް އިބްރާހިމްއާ ސީދާ ގުޅުމެއް އޮތް ހެކިތަކެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ހައިކޯޓުން ނިންމާފައިވާ ނިންމުމަކާ ޙަވާލާދެއްވައި އިސްގާޒީ ޝަކީލު ވަނީ، އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމަވާފައެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ޝަހީބު އިބްރާހިމް ހުށަހަޅާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ އެހެން ފަރާތްތަކުގެ ބަޔާންތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން އެ ބަޔާންތަަކަށް ބާރު ލިބިދޭ އިތުރު ހެކިތައް ހުށަހަޅާފައިވާކަން ފާހަގަ ކުރައްވައި އިސްގާޒީ ޝަކީލު ވަނީ އެ ހުށަހެޅުންވެސް ބަލައިނުގަތުމަށް ނިންމަވާފައެވެ.

ތިންވަނަ ހުށަހެޅުމެއްގެ ގޮތުގައި ޝަހީބުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށެވެ. އެގޮތުން މި މައްސަލައިގައި ޝަހީބުއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މިއީ އެކަށީގެންވާ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، މި މައްސަލައަކީ ޝަރީއަތެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް އެ ހުށަހެޅުންވެސް ބަލައިގަނެވޭނެ ފަދަ ޤާނޫނީ އަސާސެއް އޭނާގެ ފަރާތުން ދެއްކިފައި ނުވާތީ އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.

އިސްގާޒީ ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ އަޑުއެހުމެއްކަމަށް ނިންމަވައި، ދެން އޮންނާނީ ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން އިއްވުންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އިފްތިތާހީ ބަޔާން ކުރިއަށް ގެންދިއުން އޮންނާނީ 25 ޖެނުއަރީގައެވެ.

އިސްގާޒީ ވިދާޅުވީ، މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ފެބްރުއަރީ މަހު ފައްޓަވާނެ ކަމަށެވެ. މިއީ ގިނަ ހެކިތަކެއް ހިމެނޭ މައްސަލައަކަށްވާތީ، ދެ ދަންފަޅިއަކަށް ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެކަމަށް އިސްގާޒީ ވިދާޅުވިއެވެ.

ހެކިބަސް ނެގުން ކުރިއަށް ގެންދަވާނީ ދައުވާލިބޭ ފަރާތްތައް އެކުއެކީގައެވެ.

އިސްގާޒީ ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދެވޭނެކަމަށް ބެލެވެނީ އޭޕްރީލް 27 ގައެވެ. އެއަށްފަހު، ޙުކުމް ކުރެއްވުން މެއި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:00 ގައި އޮންނާނެކަމަށް ލަފާ ކުރައްވާފައިވެއެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް