Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިން

އަހަރުގެ ފުރަތަމަ 10 ދުވަސް: ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން

މިދިޔަ އަހަރާ އަޅައިބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 14 އިންސައްތަ އިތުރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 10:38
ފަތުރުވެރިން ރާއްޖެ އައުން

ފަތުރުވެރިން ރާއްޖެ އައުން

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި, މިއަހަރު ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް 59،071 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ ފުރަތަމަ 10 ދުވަހާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 51،816 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް މިއަހަރު އެވްރެޖުކޮށް 5،370 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތް ކުރީ 4،250 ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދު މިއަހަރު ވަނީ ދަށްވެފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިއަކު އެވްރެޖުކޮށް ރާއްޖޭގައި 9 ދުވަސް ހޭދަކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަތުރުވެރިއަކު ހޭދަކުރަނީ އެވްރެޖުކޮށް 8.1 ދުވަހެވެެ.

ރާއްޖެއަށް އެންމެ ގިނައިން އަންނަ ފަތުރުވެރިންގެ ލިސްޓަށްވެސް މިއަހަރު ފެށިފަހުން ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ލިސްޓުގެ އެއްވަނައިގައި މިހާރު އޮތީ މިދިޔަ އަހަރު ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއެވެ. އެ ޤައުމުން މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 10،697 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެއީ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ 18.1 އިންސައްތަ ހިއްސާއެވެ.

މި ނިމުނު އަހަރު ރާއްޖޭގެ އެންމެ މަގުބޫލު މާކެޓުގެ މަގާމު ހޯދި އިންޑިއާ މިއަހަރު ވަނީ ލިސްޓުގެ ތިންވަނައަށް ވެއްޓިފައެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 5،119 ފަތުރުވެރިންނެވެ. އަދި 7،320 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިޓަލީންނެވެ. މިދިޔަ އަހަރު އެ ގައުމު އޮތީ ލިސްޓުގެ ފަސްވަނާގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގައި މިއަހަރު އާ މާކެޓުތަކެއްވެސް ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ކަޒަކިސްތާނާއި އޮސްޓްރޭލިއާ ހިމެނެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން 2020 ވަނަ އަހަރު ވަރަށް ބޮޑަށް ވެއްޓުނު ނަމަވެސް، މިދިޔަ އަހަރު ވަނީ ކޮވިޑުގެ ކުރިއާ އެއްވަރަށް އެ ދާއިރާ ރިކަވަރ ކުރެވިފައެވެ. އަދި 2020 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަނީ އަހަރަކަށްފަހު އަހަރެއް އިތުރުވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަންފަތުރުވެނިންޓޫރިޒަމް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު