Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެއަރ އިންޑިއާ

އެއަރ އިންޑިއާ ޕްރައިވެޓައިޒް ކުރުމަށް އިންޑިޔާގެ ކެބިނެޓުން ނިންމައިފި

އެއަރ އިންޑިއާ ހިންގަމުން އަންނަނީ 52،000 ކްރޯރްގެ ގެއްލުމާ އެކުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 ޖޫން 2017 | ބުރާސްފަތި 09:39
އެއަރ އިންޑިއާގެ ފްލައިޓެއް

އެއަރ އިންޑިއާގެ ފްލައިޓެއް

އިންޑިއާގެ ގައުމީ އެއަރލައިން "އެއަރ އިންޑިއާ" ޕްރައިވެޓް ކުރުމަށް އެގައުމުގެ ކެބިނެޓުން ނިންމައިފިއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ ބުދަ ދުވަހު ވިދާޅުވީ ޕްރައިވެޓައިޒް ކުރުމަށް ކުންފުނި އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި މިކަމުގެ މައުލޫމާތު ހިއްސާކުރަމުންގެންދާ ކަމަށެވެ.

އިންޑިއާގެ ގައުމީ އެއަރލައިންގެ ގޮތުގައި އެއަރ އިންޑިއާ އޮތުމަށް ފަހު ޕްރައިވެޓައިޒް ކުރާއިރު ޓާޓާ ގުރޫޕުންނާއި ސިންގަޕޯ އެއަރލައިންސްއިން ހިއްސާ ގަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއަރ އިންޑިއާ ޕްރައިވެޓައިޒް ކުރުމަށް އެގައުމުން ނިންމީ ކުންފުނީގައި އޮތް ދަރަނި އަދާކުރުމާއި އެހެން ބޮޑެތި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އިތުރަށް ހިދުމަތްތައް ފުޅާކޮށްގެން ހިދުމަތް ދިނުމަށެވެ. މީގެ އިތުރުނ އެއާލައިނަށް ބޮޑެތި ގެއްލުންތަކެއް ވުމަކީ ވެސް ޕްރައިވަޓައިޒްކުރުމަށް ނިންމި ސަބަބެކެވެ. އެގޮތުން އެއަރ އިންޑިޔާ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ހިނގަމުން އައިސްފައި ވަނީ 52،000 ކްރޯރްގެ ގެއްލުމާ އެކުގައެވެ.

އެގޮތުން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އަންނަ އެހެން ކުންފުނިތަކަށް ހިއްސާ ވިއްކާނީ އެއްވަރަކަށް ކަމަށް އިންޑިޔާގެ ޔޫނިއަން ކެބިނެޓުން ވަނީ ނިންމާފައެވެ.

މިހާރު ވެސް އާންމު ހިއްސާދާރުންގެ 17 އިންސައްތައާ އެކީ ހިންގަމުން އަންނަ އެއާ އިންޑިއާއަކީ އެގައުމުގެ އެންމެ ބޮޑު އެއާލައިނެވެ. އެގޮތުން 1953 ވަނަ އަހަރު އުފެއްދި އެއާލައިން 140 ފްލައިޓާއެކު އެތެރޭގެ 72 މަންޒިލަކަށް ދަތުރުކުރާއިރު ބައިނަލްއަޤްވާމީ 41 މަންޒިލަކަށް ދަތުރުކުރެއެވެ.

އެއަރ އިންޑިއާ ގައުމީ އެއަލައިނަކަށް ބަދަލުކުރި އިރު ކުރިން އެކުންފުނި ހިނގަމުން އައީ ޓާޓާ ގުރޫޕުންނެވެ.

އެހެން ކަމުން އެއަރ އިންޑިއާގެ ކުންފުނި ޕްރައިވެޓައިޒްކުރުމަށް ހުޅުވާލަން ނިންމުމާ އެކު އެކުންފުނީގެ ހިއްސާދާރަކަށް ވުމުގެ ޝައުގުވެރިކަން ޓާޓާ ގުރޫޕުން ވަނީ ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2017

އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި

07 ޖުލައި 2017
އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި
03 ޖުލައި 2017

ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި

03 ޖުލައި 2017
ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
28 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

28 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި
26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު