Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުޑަހުވަދޫ އެއަރޕޯޓް

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް އޮވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 09:06
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން

ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިއޯލޯ ކުންފުނިން ކުޑަހުވަހޫގައި ތަރައްގީކުރި އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ބުދަ ދުވަހު ފަށައިފި އެވެ.

މިދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ބާއްވާފައި ވަނީ ބުދަ ދުވަހުގެ 13:50ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކުޑަދުވަހޫއަށެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އައިލެންޑް އެވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޖޫން 28 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެއް ފްލައިޓް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 888ރ. އިން ކަމަށާއި އެކި ފެއަރތަކުގައި ވިއްކާ ޓިކެޓްތައް ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތައް ޖައްސާފައި ވަނީ މި ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޑަހުވަދޫގައި ހަދާ އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގަ އެވެ. މިއީ 1،800 މީޓަރުގެ ރަންވޭއެއް އޮތް އެއާޕޯޓެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފައްޓަވާފައި ވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސަރުކާރުން މިމަސައްކަތް ޙަވާލުކޮށްފައި ވަނީ ރިއޯލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ކުޑަހުވަދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ކުޑަހުވަދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ ބިމުގެ އިތުރުން، އެރަށުގައި އިތުރު 45 ހެކްޓަރުގެ ބިން ވެސް ވަނީ ހިއްކާފައެވެ.

އައިލެންޑް އޭވިއޭޝަނުގެ އަމާޒަކީ ދ. އަތޮޅު ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް އޮޕަރޭޓްކުރުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ޑޭޝް އަށެއް މަރުކާގެ އިތުރު ބޯޓުތައް ގެނައުމަށް އެކުންފުނިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ކުޑަހުވަދޫއަކީ 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު