Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދިގު ދަތުރުތަކުގައި މާސްކު ބޭނުން ކުރުން

ދިގު ދަތުރުތަކުގައި މާސްކު ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން އިރުޝާދު ދީފި

ބަލީގެ ނުރައްކާ ބޮޑު ހާލަތްތަކުގައި، ގިނަ ވަގުތު ހޭދަވާ ދަތުރުތަކުގައި ފަސިންޖަރުންނަށް މާސްކު ބޭނުން ކުރުމަށް އިރުޝާދު ދިނުން ފަދަ ކަންކަން ކުރަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖެނުއަރީ 2023 | ހޮނިހިރު 04:55
ކޮވިޑް-19 އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5، މަދުން ނަމަވެސް ވިލާތުގެ ޤައުމުތަކުން ފެންނަމުންދޭ

ކޮވިޑް-19 އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5، މަދުން ނަމަވެސް ވިލާތުގެ ޤައުމުތަކުން ފެންނަމުންދޭ

މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އޮމިކްރޯން ސަބްވޭރިއަންޓެއް މި ދުވަސްވަރު އިންތިހާ ހަލުވި ދުވެލީގައި އެމެރިކާގައި ފެތުރެމުން ދާއިރު، ދިގު ދަތުރު ކުރާ ފަސިންޖަރުން މާސްކު ބޭނުން ކުރުމަށް ލަފާ ދިނުމާ މެދު ޤައުމުތަކުން ވިސްނަންޖެހޭ ކަމަށް، ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޖެނުއަރީ 10 ވަނަ ދުވަހު ބުނެފިއެވެ.

ކޮވިޑް-19 އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5، މަދުން ނަމަވެސް ވިލާތުގެ ޤައުމުތަކުން ފެންނަމުން ދާކަމަށް ޑަބްލިއުއެޗްއޯއާއި ވިލާތުގެ އޮފިޝަލުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ސީނިއަރ އިމަޖެންސީ އޮފިސަރ ފޮރ ޔޫރަޕް، ކެތަރީން ސްމޯލްވުޑް ވިދާޅުވީ ބަލީގެ ނުރައްކާ ބޮޑު ހާލަތްތަކުގައި، މިސާލަކަށް ގިނަ ވަގުތު ހޭދަވާ ދަތުރުތަކުގައި ފަސިންޖަރުންނަށް މާސްކު ބޭނުން ކުރުމަށް އިރުޝާދު ދިނުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި އިރުޝާދަކީ، ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އޮތް ކޮންމެ މަންޒިލަކުން ދަތުރު ކުރާ ފަސިންޖަރުންނަށްވެސް ދޭން ރަނގަޅު އިރުޝާދެއް ކަމަށް ސްމޯލްވުޑް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހަލުވި ދުވެލީގައި ފެތުރިގެންދިޔަ އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓް، އެޗްބީބީ.1.5 އަކީވެސް އިންތިހާ ހަލުވި ދުވެލީގައި ފެތުރެމުންދާ ސަބްވޭރިއަންޓެކެވެ. ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ނިމުނު ހަފުތާއަށް ބަލާއިރު އެކަނިވެސް އެމެރިކާއިން އަލަށް ރިޕޯޓް ކުރި ކޮވިޑް ކޭސްތަކުގެ 27.6 ޕަސެންޓް ކޭސް ހިއްސާކޮށްފައި ވަނީ އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5 ކަމަށް އެމެރިކާގެ ސިއްޙަތާ ބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5ގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރު ރާޅެއް އުފެދިދާނެ ކަން ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ސިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުން، ބަލީގެ އަލާމާތްތައް ސީރިއަސްވެ ދިއުމާއި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމާއި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ނުގޮސް ވާނެ ވަރު ކުރުމަށް އެހީވެދެއެވެ.

ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރުގެ ދާއިރާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، ވަރުގަދަ ކުރާ ކަމުގައި ވާނަމަ، އެކަން ކުރަން ވާނީ ވަކި ބަޔަކާ މެދު ތަފާތު ކުރުންތަކެއް ނުއޮންނަ އުސޫލަކުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19އެމެރިކާޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު