Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލީސާ މާރީ ޕްރެސްލީ މަރުވުން

ކުރީގެ ރޮކް ލަވަކިއުންތެރިޔާ އެލްވިސް ޕްރެސްލީގެ ދަރިފުޅު ލީސާ މާރީ ޕްރެސްލީ މަރުވެއްޖެ

ލީސާ މާރީ ޕްރެސްލީ މަރުވީ އުމުރުން 54 އަހަރުގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 ޖެނުއަރީ 2023 | ހުކުރު 18:29
ލީސާ މާރީ ޕްރެސްލީ

ލީސާ މާރީ ޕްރެސްލީ

ކުރީގެ މަޝްހޫރު ރޮކްއެންޑްރޯލް ލަވަކިއުންތެރިޔާ އެލްވިސް ޕްރެސްލީގެ ހުރި ހަމައެކަނި ދަރިފުޅު, ލީސާ މާރީ ޕްރެސްލީ އުމުރުން 54 އަހަރުގައި ކުއްލިގޮތަކަށް މަރުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އޭނާގެ މަންމަ ޕްރިސިލާ ޕްރެސްލީ ކުރި ޓްވީޓެއްގައެވެ.

ލީސާ މާރީ ޕްރެސްލީއަކީވެސް ބައްޕަ ފަދައިން ލަވަކިއުމުގައި ހަރަކާތްތެރިވި، އެރޮގުން މަޝްހޫރުކަން ހޯދި ފަންނާނެކެވެ. އޭނާއަށް ކުރިމަތިވި ކުއްލި ސިއްހީ މައްސަލައާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ޖެހުނީ ކާޑިއެކް އެރެސްޓެކެވެ. ނަމަވެސް މަންމަ ޕްރިސިލާ މިކަން ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނެފައިވަނީ ދަރިފުޅު ލީސާ މާރީ މިދުނިޔެއާ ވަކިވެފައިވާކަން ވަރަށް ފުން ހިތާމަޔާއެކު ހާމަކުރާ ކަމުގައެވެ. ލީސާއަކީ ޕްރިސިލާ ދުށް އެންމެ އޯގާތެރި އަދި އެންމެ ހިތްވަރުގަދަ އަންހެނާކަމަށް ޕްރިސިލާގެ މެސެޖްގައި ސިފަކޮށްފައި ވެއެވެ. އަދި ހިތާމައިގެ މިދަޑިވަޅުގައި އާއިލާއަށް ބޭނުންވަނީ "ޕްރައިވަސީ" ނުވަތަ އެކަނިވެލުމަށް ކަމަށް ބުނެފައިވެއެވެ.

ލީސާ މާރީ ޕްރެސްލީ ހަތަރު މީހުންނާ ކައިވެނިކޮށްފައިވެއެވެ. އޭގެތެރޭގައި މަޝްހޫރު ލަވަކިއުންތެރިޔާ މައިކަލް ޖެކްސަންއާއި ފިލްމީ ތަރި ނިކޮލަސް ކޭޖްވެސް ހިމެނެއެވެ. އޭނާއަށް ހަތަރު ދަރިން ލިބުނެވެ. އެއީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އޭގެތެރެއިން ފިރިހެން ދަރިފުޅުވަނީ 2020 ވަނަ އަހަރު އަމިއްލައަށް މަރުވެފައެވެ.   

ލީސާގެ ކުއްލި މަރާއެކު އެކި ފަރާތްތަކުން ތައުޒިޔާގެ މެސެޖްތައް ފޮނުވަމުން ގޮސްފައިވެއެވެ.

ދާދި ފަހުން ލީސާ ވަނީ ޓެނެސީގައި ހުންނަ އޭނާގެ ބައްޕަ އެލްވިސްގެ ގަނޑުވަރެއްފަދަ ގެ "ގްރޭސްލަންޑް"އަށް ޒިޔާރަތް ކޮށްފައެވެ. އެއީ ޖެނުއަރީ 8ވަނަ ދުވަހު ފާހަގަކުރި އެލްވިސްގެ 88 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. ލީސާގެ މަރާ ގުޅިގެން ލީސާ އަދި އެލްވިސްގެ ފޭނުން ދަނީ "ގްރޭސްލަންޑް"ގެ ބޭރުގައި މާވެސް ބަހައްޓަމުންނެވެ.  

ދުނިޔެ

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު