Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނީލަން ފިހާރާގައި ރޯވުން

ނީލަން ފިހާރާގައި ރޯވި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ހާލު ވަރަށް ގާތުން އެބަ ބަލަން - އެޗްއާރުސީއެމް

12 ޖެނުއަރީ 2023 | ބުރާސްފަތި 11:19

މި ހާދިސާގައި ރޯވި ލޭބަރ ކުއާޓަރތަކުން 299ށްވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ބޯހިޔާވަހިކަން ހޯދައިދީފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2023 | ބުރާސްފަތި 11:19
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ

މިދިޔަ ހޯމަ ދުވަހު ފަތިހު، ނީލަން ފިހާރާގައި ރޯވި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށް، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ހާދިސާ ހިނގުމާއެކު އެ އިދާރާގެ ރެޕިޑް ރެސްޕޮންސް ޓީމުން، އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ތަން ކަމަށްވާ އިމާދުއްދީން ސްކޫލަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބަލާފައިވާކަމަށެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވުމުން ހާލުގައި ޖެހުނު ބިދޭސީން ބައިތިއްބާފައިވާ ކޮވިޑް ފެސިލިޓީގެ ހާލަތުވެސް ބަލާކަމަށާއި، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ސާފުކޮށްފައިވާކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ. އެ ބިދޭސީންގެ ފެނާއި ކެއުމާއި އަދި ފާޚާނާކުރުންފަދަ ޒަރޫރީ ބޭނުންތަކަށް ހަމަޖެހިފައިވާ އިންތިޒާމްތައް ވަރަށް ގާތުން ބަލަމުންދާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ކަމާާބެހޭ އިދާރާތަކުން އެކަމަށްޓަކާ ހަމަޖައްސާފައި ހުރި އިންތިޒާމްތައް ރަނގަޅު ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ބިދޭސީންނަސް ލިބިގެންވާ ހައްގުތައް ލިބޭކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު ފެތުރި، ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކްގައި ވަނީ ރޯވެފައެވެ. ނޭޝަނަން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރުކުރި ލޭބަރ ކުއާޓަރސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. ސިޓީ ކައުންސިލުން ބުނީ ރޯވި އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދިޔައީ 202 މުވައްޒަފުންކަމަށެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދުގައި ހުރި އަމިއްލަ ކުންފުންޏެއްގެ އެކޮމޮޑޭޝަން ބްލޮކަކަށް ނިސްބަތްވާ 100 އެއްހާ މީހުން ހިމެނެއެވެ. މި ހާދިސާގައި ރޯވި ލޭބަރ ކުއާޓަރތަކުން 299ށްވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރި ބޯހިޔާވަހިކަން ހޯދާދީފައެވެ.

ނީލަން ފިހާރާގައި ރޯވުންއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
12 ޑިސެމްބަރު 2024

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

17 ސެޕްޓެމްބަރު 2024
ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
04 ޖުލައި 2024

ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ، 2 މީހަކަށް އަނިޔާވެއްޖެ

04 ޖުލައި 2024
ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ، 2 މީހަކަށް އަނިޔާވެއްޖެ
10 ޖޫން 2024

ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

10 ޖޫން 2024
ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ޑިސެމްބަރު 2023

އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވެއްޖެ

27 ޑިސެމްބަރު 2023
އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވެއްޖެ
28 އޮކްޓޯބަރު 2023

ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

28 އޮކްޓޯބަރު 2023
ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
16 ސެޕްޓެމްބަރު 2023

ކުޅުދުއްފުށި ސިޓީގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

16 ސެޕްޓެމްބަރު 2023
ކުޅުދުއްފުށި ސިޓީގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް