Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގ މިނިސްޓްރީ ބޮޑު ހުޅު ހާދިސާ:

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

ރަށްވެހި ކަމާ ބެހޭ ހުރިހާ ޚިދުމަތްތަކާއި އިމާރާތްތަކާ ބެހޭ ހުރިހާ ޚިދުމަތްތަކެއް ހިނގަމުން ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ކޮށީގައި ހުރި އިމާރާތުގައި

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 08:25
ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ހައުސިންގ މިނިސްޓްރީ އަނދާ ހުލިވެފައި

ބުރާސްފަތި ދުވަހު މާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީ ހުރި ކޮށީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ކޮށީގައި ހިނގަމުންދިޔަ މާލޭ ސިޓީގެ ރަށްވެހިކަމާއި ގޯތި ގެދޮރާއި ބެހޭ އޮފީހުން އެއްވެސް މީހެއްގެ ގޯތީގެ ރަޖިސްޓަރީ ގެއްލިއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހިނގި ބޮޑު ހުޅުގެ ހާދިސާ އާ ގުޅިގެން މާލޭގެ ރަށްވެހި ކަމާއި ގޯތި ގެދޮރާ ބެހޭ ޚިދުމަތްތައް މިވަގުތައް ހުއްޓޭނެ ކަމަށް ވެސް ނަރީޝް ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

އަލިފާނުގެ ހާދިސާ ހިނގި ލޮކޭޝަންގައި ހުންނަވައިގެން މީޑިއާ އާ ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހު ހެނދުނު ނަރީޝް ދެއްވި ބަސްދީގަތުމުގައި، ވިދާޅުވީ، "ވަގުތީ ސެޓަޕެއް ޖެހުމުގެ މަސައްކަތް މި ވީކެންޑްގެ ތެރޭގައި ފަށާނަން؛" ކަމުގައެވެ.

މިކަމުން އަރައިގަންނަން ވަގުތު ކޮޅެއް ބޭނުންވާނެ ކަމަށާއި، މި ހާދިސާ އާ ގުޅިގެން މުހިންމު ގިނަ ޚިދުމަތްތަކެއް ހުއްޓުމަކަށް އަންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެކަމަށެވެ.

ރަށްވެހި ކަމާ ބެހޭ ހުރިހާ ޚިދުމަތްތަކާއި އިމާރާތްތަކާ ބެހޭ ހުރިހާ ޚިދުމަތްތަކެއް ހިނގަމުން ދިޔައީ އަލިފާނުގެ ހާދިސާ ހިނގި ކޮށީގައި ހުރި އިމާރާތުގައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިވަގުތައް ހުއްޓޭނެ ޚިދުމަތްތަކުގެ ގޮތުގައި ނަރީޝް ފާހަގަ ކުރެއްވި:

- ރެޖިސްޓަރީ ހެދުން؛

- އިން ވަކިކުރުން؛

- އިންފާރު ތެޅުމަށްޓަކައި ދޭން ޖެހޭ ހުއްދަތައް ދިނުން؛

- އުފަންދުވަހުގެ ސެޓްފިކެޓް ހެދުން؛

- ރަށްވެހި ކަމުގެ ރަޖިސްޓަރީ ހެދުން؛ އަދި

- ރަށްވެހި ކަމުގެ ރަޖިސްޓަރީ ބަދަލު ކުރުން ހިމެނެއެވެ.

މާލޭ ސިޓީގެ ކައުންސިލަރ ސައިފް ފާތިހް ވިދާޅުވީ އިމާރާތް ކުރުމުގެ ހުއްދަ ދިނުން ހުއްޓޭނެ ކަމަށެވެ.

މާލޭގެ ހުރިހާ ގޯތި ގެދޮރުގެ ފައިލްތައް ހުންނާނީ އެތަނުގައި ކަމަށް ސައިފް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން ޑޮކިއުމެންޓްތައް އެކި ތަންތަނަށް ގެންދިޔަ ކަމަށާއި އެހުރިހާ އެއްޗެއް އެއްތާކަށް ގެނެސް ލިޔުންތައް ހަމަޔަކަށް އަޅުވައިގެން ނޫނީ ޚިދުމަތް ދިނުން އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫންކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.

"ޚިދުމަތް އަލުން ފެށޭނެ އިރެއް ދަންނަވަން މިވަގުތު ވަރަށް ދަތި،" ނަރީޝް ވިދާޅުވިއެވެ.

ގެއްލުނު ޑޮކިއުމެންޓެއް ވެފައި ހުރި ގޮތެއް އަދި އެސެސް ކުރެވިފައި ނެތީމާ، ޚިދުމަތް ފެށޭނެ އިރެއް ނޭނގޭ ކަމަށް ސައިފް ވެސް ވިދާޅުވިއެވެ.

ނަރީޝް ފާހަގަ ކުރެއްވި ގޮތުގައި، 1960 ން ފެށިގެން މާލޭގައި އުފަންވެފައި ތިބި މީހުންގެ ސެޓްފިކެޓްތަކާއި އަދި އޭގެ ކުރިއަށް ވެސް އެތައް ލިޔެކިޔުމަކާއި ގޭގޭގެ ރަޖިސްޓްރީ އާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ހުންނާނީ އެ އޮފީހުގައި ކަމަށެވެ.

އެއްވެސް ޑޮކިއުމެންޓެއް ގެއްލިއްޖެއްޔާ އެއީ ރައްޔިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ނަރީޝް ވިދާޅުވިއެވެ.

"އެއީ އިއާދަ ނުކުރެވޭނެ އެއްޗެއް، އެއީ އެހެން ތާކު ހުންނާ އެއްޗެއް ވެސް ނޫން."

މިލްކުވެރިކަން ސާބިތު ކުރާކަށްވެސް އަދި ވާރުތަ މުދަލެއް ސާބިތު ކުރާކަށްވެސް އެއްވެސް ތާކުން ލިބެން ހުންނާނެ ލިޔެކިޔުމެއް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ރަށްވެހި ކަމާއި އިމާރާތްތަކާ ބެހޭ ޚިދުމަތްތަކާ ބެހޭ ބަޔަށް ލިބުނު ގެއްލުން އަންދާޒާ ކުރާކަށް އަދި ނޭގޭ ކަމަށް ނަރީޝް ވިދާޅުވިއެވެ.

"ހެނދުނުން ފެށިގެން ޑޮކިއުމެންޓްތައް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަނީ؛" އޭނާ ވިދާޅުވިއެވެ.

އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިއްޖެއްޔާ އޭތި "ރިކަވަރ ކުރެވޭނެ ގޮތެއް ހޯދިދާނެ، ނަމަވެސް އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށް ވަންޏަކާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ އެޔަކު" ނަރީޝް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިވަނީ

20 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

18 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު