Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރައިވަރުންގެ މުޒާހަރާ

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

ބުރާސްފަތި ދުވަހު ޑްރައިވަރުންގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގެ ވެއިޓިންގައި އޭރިއާގެ ތިބި ޑްރައިވަރުންގެ ޖަމިއްޔާގެ މަންދޫބުންނާއި ޑްރައިވަރުން ޕޮލިހުން އައިސް ވަނީ ފޮނުވާލާފައި

ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 08:55
މުހައްމަދު ޝާމިން: މުއްދަތު ޖަހަން ކޯޓަށް ގެންނަނީ

މުހައްމަދު ޝާމިން: މުއްދަތު ޖަހަން ކޯޓަށް ގެންނަނީ

ބުރާސްފަތި ވިލޭރޭ މާލޭގައި ހިނގި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ އިން ހައްޔަރު ކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންގެ މުއްދަތު ކޯޓުން ޖަހައިފިއެވެ.

ތިންވަނަ މީހާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުން ދިރިއުޅެން ކުރާ މަސައްކަތްކައް ބޮޑެތި ގެއްލުންތަކެއް ލިބި ޒަމާނުއްސުރެ އަމިއްލަ ފަރާތްތަކުން ދޭ ޚިދުމަތެއްގެ ގޮތުގައި އޮތް ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭތީ އެކަމާ ހިތްހަމަ ނުޖެހުން ޑްރައިވަރުން ފާހަގަ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ޑްރައިވަރުންނާ ދިމާވާ މައްސަލަތަކާ މަޝްވަރާ ކޮށްގެން މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ޑްރައިވަރުން ބުނެއެވެ.

ބުރާސްފަތި ދުވަހު ޑްރައިވަރުންގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގެ ވެއިޓިންގައި އޭރިއާގެ ތިބި ޑްރައިވަރުންގެ ޖަމިއްޔާގެ މަންދޫބުންނާއި ޑްރައިވަރުން ޕޮލިހުން އައިސް ވަނީ ފޮނުވާލާފައެވެ.

ބަންދުގައި ބައިތިއްބަން ނިންމި ދެމީހުންނަށް ފަސް ދުވަހަށް މުއްދަތު ޖެހީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ.

ބަންދުގެ މުއްދަތު ޖެހި ދެމީހުންނަކީ އަހްމަދު ޝަބީން އާއި މުހައްމަދު ޝާމިން އެވެ.

ބުދަ ދުވަހު ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫން ކަމަށާއި އޭނާ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އިހްތިޖާޖު ކުރި ޑްރައިވަރުން ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖުގައި ބައިވެރިވި ގިނަ ކާރުތައްވެސް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.

އަލިފާނުގެ ހާދިސާމުހައްމަދު ޝާވިން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
30 ނޮވެމްބަރު 2025

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

17 ސެޕްޓެމްބަރު 2024
ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު