Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ކެމްޕޭން ދަތުރުފުޅުތައް

ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސަށް ހުރަހެއް ނޯވޭ: މިއުވާން

12 ޖެނުއަރީ 2023 | ބުރާސްފަތި 10:47

ރ އަތޮޅާއި އުތުރުގެ އަތޮޅުތަޅަށް ރައީސް ކުރެއްވީ ކެމްޕޭން ދަތުރުފުޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖެނުއަރީ 2023 | ބުރާސްފަތި 10:47
ރައީސް ސާލިހު އަލިފުއްޓަށް ވަޑައިގެންނެވުން

ރައީސް ސާލިހު އަލިފުއްޓަށް ވަޑައިގެންނެވުން

ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުރަހެއް ނޯންނަކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރ އަތޮޅާއި އުތުރުގެ އަތޮޅުތަޅަށް ރައީސް ކުރެއްވީ ކެމްޕޭން ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް އައްޑޫއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރަސްމީ ދެ ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަރަށް ގިނަ އެހެން ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، އެކި ގްރޫޕްތަކާއި ޕާޓީގެ ބޭފުޅުންނާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް ދައުލަތުގެ ރިސޯރސްތައް ބޭނުންކުރައްވައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައީސް މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެހެން އަމަލުފުޅު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކުގައި ސަޕޯޓް ޓީމުން ބައިވެރިވާތީ އެކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން މިއުވާން ވިދާޅުވީ، ރައީސްކަމުގެ މަގާމުގައި ހުންނަވާތީ އެމަނިކުފާނާއެކު އަބަދުވެސް ސަޕޯޓް ޓީމް ދަތުރު ކުރައްވާނެ ކަމަށެވެ. މިފަހަރު ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް ބޭނުންފުޅުކުރައްވަނީ ކެމްޕޭން ޓީމުން ޚަރަދުކުރެއްވި ލޯންޗުތައް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މާލޭގައި މާފަންނުގައި އޮންނަ ކެމްޕޭން އިވެންޓަކަށް ރައީސް ވަޑައިގަންނަވާއިރު މުލިއާގެއިން ނުކުމެވަޑައިގެން ރައީސް ވަޑައިގަންނަވާނީ ޓެކްސީއެއްގައި ނޫންކަން ވިދާޅުވެ މިސާލު ނަންގަވަމުން މިއުވާން ވިދާޅުވީ، އެމަނިކުފާނު އެތަނަށް ވަޑައިގަންނަވާނީ ސެކިއުރިޓީ ފުރިހަމަކޮށްދީފައި އޮންނަ ވެހިކަލްގައި ކަމަށެވެ. އެކަން ދެން މާނަކުރަންވީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމަށްތޯ ވިދާޅުވެ މިއުވާން ވަނީ ސުވާލު އުފައްދަވާފައެވެ.

މިއުވާން ވަނީ ރައީސްގެ ކެމްޕޭން ދަތުރުފުޅުގައި ދައުލަތުން ޚަރަދު ނުކުރާކަމަށް ވިދާޅުވާ، ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.  

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް