Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީއަށް ކުރާ ތުހުމަތު

ސަރުކާރުން އެއްވެސް ސްކޫލަކަށް ވަކި ގަޑިއެއްގައި ބައްދަލުވުންތައް ބޭއްވުމަށް އަންގާފައެއް ނުވާނެ: މިއުވާން

އެއްވެސް ސްކޫލަކަށް ނުވަތަ އެއްވެސް އިދާރައަކަށް އެގޮތަށް އަންގާފައެއް ނުވާނެ، އަހަރުގެ ކުރީކޮޅު ބައްދަލުވުންތަކެއް އޮވެދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖެނުއަރީ 2023 | ބުރާސްފަތި 09:34
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ސަރުކާރުން އެއްވެސް ސްކޫލަކަށް ވަކި ގަޑިއެއްގައި ބައްދަލުވުންތައް ބޭއްވުމަށް އަންގާފައެއް ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ގަޑިއާ ދިމާކޮށް ރަށްތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން ޕޭރަންޓް-ޓީޗަރު މީޓިންގ ބާއްވާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސްކޫލުތަކަކީ ސިޔާސީ ކަންކަމުން އެއްކިބާވެ އޮންނަ ތަނެއްކަމަށް ސަރުކާރުން އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ. އަދި ވަކި މީހެއްގެ ކެމްޕެއިނާ ދިމާކޮށް ބައްދަލުވުންތައް ބޭއްވުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާނެ ކަމަށެވެ.

މިއުވާން މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ހަގީގަތާއި ހިލާފު ވާހަކަފުޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ވިދާޅުވެފައެވެ.

ބ. ގޮއިދޫގައި ރައީސް ނަޝީދު ބޭއްވެވި ކެމްޕެއިން ބައްދަލުވުމުގައި ވަނީ މީހަކު ނުކުމެދާނެތީ މަދަރުސާގެ ޕްރިންސިޕަލުން ލައްވާ ޕޭރަންޓް-ޓީޗަރު މީޓިންގ މެންދުރު 14:00 ޖަހާއިރު ބާއްވާ ކަމަށް ތުހުތަމު ކުރައްވާފައެވެ. އަދި ކެމްޕޭނަށް ރަށްރަށަށް ދަނީ މަދަރުސާ ކުދިންގެ ގަޑިތައް ވެސް ހޯދައިގެން ކަމަށާއި މި ގޮތަށް ރަށްތަކަށް ވަޑައިގަންނަވާއިރު ދަރިވަރުންގެ މައިންބައިފަންނާ ވެސް ބައްދަލު ކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް މިކަހަލަ ކަންތައްތައް ނުކުރުމަށް ނަޝީދު އިލްތިމާސް ކުރެއްވިއެވެ. އަދި ސިޔާސީ ހަރާކަތަށް ހުރަސް އެޅުމަކީ ހީކުރާ ވަރަށް ވުރެން ބޮޑު ގޯހެއް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ބައްދަލުވުމުގައި އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަނީ ތަރައްޤީއަށްޓަކައި ކަމަށާއި ތަރައްޤީ ހޯދެން އޮތީ ޑިމޮކްރޮސީގެ އުސޫލުންކަން ކަށަވަރުވާ ކަމަށެވެ. އެމްޑީޕީން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންނާއެކު ތިބުން ވެސް ހުއްޓާނުލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު