Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ލޯނު އެއްބަސްވުމެއްގެ ދަށުން ފެލިކްސް ޗެލްސީ އަށް ބަދަލުވެއްޖެ

ޗެލްސީގައި ފެލިކްސް ބޭނުންކުރާނީ 11 ނަންބަރު ޖާޒީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:45
ފެލިކްސް ޗެލްސީ އަށް ސޮއިކުރުމުގެ ތެރެއިން

ފެލިކްސް ޗެލްސީ އަށް ސޮއިކުރުމުގެ ތެރެއިން

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ފެލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ފެލިކްސް ވަނީ ޗެލްސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ފެލިކްސް ޗެލްސީ އަށް ބަދަލުވީ ލޯނު އެއްބަސްވުމުގެ ދަށުން މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. ސީޒަން ނިމުމާއެކު އޭނާ އެނބުރި އެތުލެޓިކޯ އަށް ބަދަލުވާނެ އެވެ. ޗެލްސީގެ އެއްބަސްވުމުގައި ދާއިމީ ގޮތެއްގައި ފެލިކްސް ގަނެވޭނެ މާއްދާ ހިމަނައިފައެއް ނުވެ އެވެ. ޗެލްސީގައި ފެލިކްސް ބޭނުންކުރާނީ 11 ނަންބަރު ޖާޒީ އެވެ. ޗެލްސީ އަށް ބަދަލުވުމަށްފަހު ފެލިކްސް ބުނީ، ޗެލްސީ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށާއި، އެ ޓީމުގެ ޓާގެޓުކަށް ވާސިލްވުމަށް އޭނާ އަށް އެހީތެރިވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން ފެލިކްސް ބުނީ، ޗެލްސީ އަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށާއި، އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެލެން ލިބުމަކީ ވެސް އުފަލެއް ކަމަށެވެ.

ފެލިކްސް ޗެލްސީ އަށް ބަދަލުވިއިރު، އޭނާ މިހާރު ވަނީ އެތުލެޓިކޯއާއެކު އެއްބަސްވުން އައުކޮށްފަ އެވެ. އެތުލެޓިކޯއާއެކު ފެލިކްސް އައު ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ފެލިކްސް އަކީ ޗެލްސީ އެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯދި ކުޅުންތެރިޔެކެވެ. ނަމަވެސް އެތުލެޓިކޯ އިން ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލަން ބޭނުމެއް ނުވެ އެވެ. އެހެންވެ ލޯނު އެއްބަސްވުމެއްގެ ދަށުން ފެލިކްސް ޗެލްސީ އަށް ބަދަވުމުން، އެތުލެޓިކޯ އިން އަންނަނީ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޮދުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީޔާއޯ ފެލިކްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު