ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 14:31
ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި
ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި
ރާއްޖެއެމްވީ
މުޒާހަރާކުރުން
ޕީޕީއެމާއި އެމްޑީޕީގެ ތަފާތު މުޒާހަރާތަކުން ވެސް ފެނޭ
 
އެމްޑީޕީ އިދިކޮޅުގައި އޮވެ ކުރި މުޒާހަރާތައް ލީޑު ކުރީ އިސްވެރިން، ޕީޕީއެމްގެ ކުރަނީ އާންމު މެންބަރުން

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެވެ. ރާއްޖޭގެ ވެރިން ކުރުމުގެ ފުރުސަތު މިހާރު އޮތީ ވެސް މި ދެ ޕާޓީއަށޭ ބުނެވިދާނެ އެވެ.

އަބަދު ވެސް ދެކެވެމުން އަންނަ ވާހަކަ އަކީ އެމްޑީޕީ އާއި ޕީޕީއެމް ތަފާތުވާނެ ކަމުގެ ވާހަކަ އެވެ. އެކި ފަހަރު ދައްކަނީ އެކި ސަބަބެވެ. ނަމަވެސް، މިފަހަރު ބަލާލަން ބޭނުންވަނީ މުޒާހަރާ ތަކަށެވެ. ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީން މުޒާހަރަ ކުރި އެވެ. މިހާރު އެމްޑީޕީގެ ވެރިކަމެއް އޮތް އިރު، ޕީޕީއެމުން ވެސް މުޒާހަރާ ކުރެ އެވެ. އެކި ނަންނަމުގަ އެވެ. އެކި މަޤްސަދުގަ އެވެ. މި މުޒާހަރާތަކުން ވެސް މި ދެ ޕާޓީގެ ތަފާތު ވަރަށް ރަނގަޅަށް ފެނެ އެވެ.

ފުރަތަމަ ކަމަކީ ލީޑާޝިޕްގެ މީހުންނެވެ. އެމްޑީޕީ އިދިކޮޅުގައި އޮވެ، ޕީޕީއެމް ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ލީޑު ކުރަމުން ދިޔައީ ޕާޓީގެ އިސްވެރިންނެވެ. އޭރު ޕާޓީ ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތްތައް ތިބެނީ މުޒާހަރާގެ އެންމެ ކުރީ ސަފުގަ އެވެ. ޓީވީތަކުގެ ކެމެރާތަކަށް ވެސް އެންމެ ފުރަތަމަ އަރާނީ އެފަރާތްތަކެވެ. މުޒާހަަރާ ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްްކަތުގެ ތެރެއިން، ޕާޓީގެ އާންމު މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން ޖެހޭނީ ލީޑާޝިޕްގެ ބޭފުޅުން ހައްޔަރު ކުރާށެވެ. އާންމު މެންބަރުންނާ ހަމައަށް ދެވޭނީ ލީޑާޝިޕްގެ ބޭފުޅުން ހައްޔަރު ކުރުމަށްފަހު އެވެ. އެހެން ނަމަވެސް ޕީޕިއެމް އިން ކުރާ މުޒާހަރާގައި ފެންނަނީ ތަފާތު މަންޒަރެކެވެ. ކުރީ ސަފުގައި ވެސް ތިބެނީ އާންމު މެންބަރުންނެވެ. ހައްޔަރުވާން ޖެހެނީ ވެސް އެ މެންބަރުންނެވެ. މި ފަހުން އެކަން އެންމެ ރަނގަޅަށް ފެނުނީ ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން އަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރި ދުވަހު އެވެ. ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ކައިރީ ތިބީ އާންމު މެންބަރުންނެވެ. އިސް ބޭފުޅުންނެއް ނުފެނެ އެވެ. ދޭތެރެއަކުން ކުރިއަށް ޖެހިލައި އެ ބޭފުޅުން މީޑިއާ އަށް އެއްޗެއް ވިދާޅުވުމަށްފަހު އަނެއްކާ ވެސް ދުރަށް ދަނީ އެވެ. އޭގެ ފަހުން ކުރަން ފެށި މުޒާހަރާތަކުން ވެސް ފެންނަނީ އެ މަންޒަރެވެ. ގިނައިން ލީޑާޝިޕްގެ ބޭފުޅުން ނޫޅުއްވަ އެވެ. ކަންކަން މައްޗަށް އެއްވާން ޖެހެނީ އާންމު މެންބަރުންނެވެ. ޕާޓީ އޮފީސް ދޮރު މަތީގައި ޕޯޑިއަމް ބަހައްޓައިގެން "ހަޅޭ ފަޅޭ" ޖަހަން ވެއްޖެ ނަމަ އިސް ބޭފުޅުން ފެނެ އެވެ.

ދެން އޮތީ މުޒާހަރާތަކަށް ފުރުސަތު ލިބޭ މިންވަރެވެ. އެކަން ވެސް ދާދި ފަހުން ވަރަށް ރަނގަޅަށް ފެނިއްޖެ އެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑިގެންނެވި ޖަލްސާއެއް އޮތް އެމްޑީޕީ ޖަގަހަ ކުރިމަތީގައި އިދިކޮޅުން އެއްވުމެއް ބޭއްވި އެވެ. ހަމަ ކުއްލި އަކަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ދެކޮޅު ހަދާފައެެއް ނުވެ އެވެ. އިދިކޮޅު ފަންސާހަކަށް މީހުން އެއްވެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރައީސްގެ އިސްތިއުފާ އަށް ގޮވަމުން ދިޔައީ ރައީސަށް ވެސް އަޑު އިވޭ ހިސާބުގައި ތިބެގެންނެވެ. ފަހަތުން ދުވެ، މައިކު އަތުލައި، ފުލުހުންގެ ވެހިކަލަށް ޕޯޑިއަމް ލައިގެން ގެންދާކަށް އެރޭ ފުލުހުންނެއް ނޫޅެ އެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީގެ ޖަގަހަ އަށް ފުލުހުން ވަދެ، ޕޯޑިއަމް ދޮށު ވާހަކަ ދައްކަން ހުންނަ މީހާ ވެސް ހައްޔަރު ކުރި އެވެ. ޖަގަހަގައި ޖަލްސާ އެއް ބާއްވާލަން ނުކެރޭ މިންވަރަށް ޖަގަހަ ދޮށަށް ފުލުހުން އަޅާލަ އެވެ. ހަމަހިލާ ޖަލްސާ ގަނޑެއް ބާއްވާލަކަ ނުދެ އެވެ.

ދެން އޮތީ ހައްޔަރުކުރުމުގެ ވާހަކަ އެވެ. މިހާރު ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރާ މީހުން ދެ ގަޑިއިރު ފަހުން ދޫކޮށްލަ އެވެ. އަނެއްކާ އަނެއް ރޭ އޮންނަ މުޒާހަރާ އަށް ދެވެ އެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރާ އެމްޑީޕީގެ މީހާ އަށް ދެން ފެންނަނީ ޖަލުގެ ކުޑަ ގޮޅި އެވެ. އެހާ ވެސް މުއްބާރުކަން ދައްކާލި އެވެ. ޕީޕީއެމްގެ މުޒާހަރާއިން ދެ މީހުން ހައްޔަރުކޮށްލާއިރަށް އެންމެން ފިލަ އެވެ. ނަމަވެސް އެމްޑީޕީގެ މުޒާހަރާތައް ހުއްޓުވަން ޖެހެނީ އެންމެ ހައްޔަރުކުރަންށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ކޮންމެއަކަސް މިއީ، މި ފަހުން އެމްޑީޕީ އާއި ޕީޕީއެމްގެ ހުރި ތަފާތު ވަރަށް ރަނގަޅަށް ވަޒަން ކޮށްލެވުނު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
14%
0%
14%
0%
71%
ކޮމެންޓް
ގުޅުންހުރި
އަޅުގަނޑު ގެންގޮސް ހައްޔަރުވެސް ކުރަންވީ، ފުރާނަވެސް ދުއްވާލަންވީ، ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން- ފައްޔާޒް
މިސަރުކާރަށް ފްލެޓުތަކާއި ގޯތިތަކަށް ބޭނުން ގޮތެއް ނުހެދިގެން އުޅެނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތީމަ: ޝާހިދު
މިސަރުކާރުން ސިޔާސީ ލީޑަރުން އެކަނި ހައްޔަރުކޮށްގެން ނުނިންމާނެ، ފަނޑިޔާރުންވެސް ހައްޔަރުކުރާނެ: ރައީސް ޞާލިހު
އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ކަމަށް: ރައީސް ޞާލިހު
އާރްޑީސީ ހިޔާނާތުގެ މައްސަލަ: ފައްޔާޒަށް ޗިޓް ފޮނުވައިފި، ވިދާޅުވީ ''އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށް''
ރަސްމާލެއަކީ 70 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް، އޭސީސީން އެކަން ބެލެންޖެހޭ - އެމްޑީޕީ
ރާއްޖެއިން ގަތް އަސްކަރީ ޑްރޯނެއްގެ އަގަކީ 2 މިލިއަން ޑޮލަރު، 39 މިލިއަން ޑޮލަރު ޚަރަދުވި ގޮތާ މެދު ސުވާލު އުފެދިއްޖެ
ސަރުކާރުން ވަޒީފާއިން ވަކިކުރާ އާއްމުންނަށް އެމްޑީޕީން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ