Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިއްހީ ފަރުވާއަށް އިންކާރު ކުރުން

އަހަރު ދުވަހު އިންތިޒާރު ކުރުވާފަވެސް ސިއްހީ ފަރުވާއަށް އިޒްރޭލުން ކުރަނީ އިންކާރު!

10 ޖެނުއަރީ 2023 | އަންގާރަ 02:33

އިޒްރޭލުން ދަނީ އެކްސް-ރޭ މެޝިންތައް އިމްޕޯޓް ކުރުމަށް ހުރަސް އަޅަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 ޖެނުއަރީ 2023 | އަންގާރަ 02:33
މީހެއްގެ އެކްސް-ރޭ ނަގަނީ

މީހެއްގެ އެކްސް-ރޭ ނަގަނީ

އިޒްރޭލުން ޣައްޒާއަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް، އެ ފިއްތުންތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އިޒްރޭލުގެ ފިއްތުންތަކުގެ ސަބަބުން ގެއްލުން ވަމުން ދަނީ ބައެއްގެ ފުރާނައަށެވެ. ފިތެމުން ދަނީ ބައެއްގެ ނޭވާއެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް މި ވަނީ އިޒްރޭލުން ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ޝަކުވާ އުފުލާފައެވެ. ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އިޒްރޭލުން ދަނީ، ޣައްޒާގައި މިވަގުތު ތިބި ބަލިމީހުންގެ ފަރުވާގެ ކަންކަމަށް ކޮންމެހެން ބޭޏުންވާ އެކްސް-ރޭ މެޝިންތައް އިމްޕޯޓް ކުރުމަށް ހުރަސް އަޅަމުންނެވެ. އެ މެޝިންތައް ޣައްޒާއަށް އެތެރެ ކުރަން ހޭދަވާ މުހުލަތު ދަންމާލަމުންނެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވީ 14 މަސްދުވަހުގެ ތެރޭގައި، ތަފާތު 8 ބާވަތެއްގެ އެކްސް-ރޭ މެޝިންއާއި، މިހާރު ހުރި ބައެއް ޢާލާތްތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ އިމްޕޯޓް ކުރުމުގެ ހުއްދައަކަށް އެދި އިޒްރޭލަށް އެކި ފަހަރު މަތިން ހުށަހަޅާފައި ވާ އިރު، ބައެއް ހުށަހެޅުންތައް ރިޖެކްޓްކޮށްފައި ވާ އިރު، އަނެއް ބައި ހުށަހެޅުންތަކަށް އަމަލީ ސިފަ ގެނެވޭނެ ގޮތް ނުވެ، ދަންމާލާފައި ވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ޣައްޒާއަށް ވަނީ އެހެން އެކްސް-ރޭ މޭޝިންތަކެއް އިމްޕޯޓް ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.

އިޒްރޭލާއި މިޞްރުން ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރަމުން ދަނީ ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ބުނަމުންނެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ، އެފަދަ މެޝިންތަކަކީ، ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން އަސްކަރީ ބޭނުމަށް ނާޖައިޒު ފައިދާ ނަގާފާނެ މެޝިންތަކަށް ވުމުގެ ބިރު އޮތުމެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާގެ ޑައިރެކްޓަރެއް ކަމަށް ވާ މިދުހަތު އައްބާސް ބުނާ ގޮތުގައި، ޣައްޒާއަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ އާލާތްތަކަކީ ޣައްޒާގެ ހޮސްޕިޓަލުތަކަށް ހާއްސަކޮށް، ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތަކާއި، ސިއްހީ ފަރުވާދޭ މުއައްސަސާތަކުން ދީފައިވާ ސާމާނު ކަމަށެވެ.

މިދުހަތު އައްބާސްގެ ވާހަކަތަކަށް ރައްދު ދެމުން އިޒްރޭލުން ހިންގާ ކޯގާޓު ލިއޭޒަން އޭޖެންސީއިން ބުނީ، ހަމާސްއާއި އެހެންވެސް ހަތިޔާރު އެޅި ޖަމާއަތްތަކުން، އިންސާނީ އެހީގެ ޝިޕްމަންޓްތަކުން، ޓެރަރިސްޓް ބޭނުންތަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ނިޒާމެއް ގެންގުޅޭ ކަމަށެވެ. ނަމަވެސް، އެއީ ތުހުމަތެއްކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ކޯގާޓުން ބުނާ ގޮތުގައި، އެފަދަ ސާމާނު އިމްޕޯޓް ކުރުމަށް ހުށަހެޅުމުން، ކޮންމެ ކޭހެއް ވަކި ވަކީން ތަޙްޤީޤު ކުރާ ކަމަށެވެ.

އައްބާސް ވަނީ އިޒްރޭލުގެ ތުހުމަތަށް އިންކާރު ކޮށްފައެވެ. ސިއްހީ އާލާތްތަކުން އިތުރު ބޭނުމެއް ހިފާ ކަމުގެ ދަޢުވާއަކީ ދޮގު ދަޢުވާއެއް ކަމަށް އައްބާސް ބުނެއެވެ.

ހުރިހާ ތަކުލީފެއް އުފުލަމުން ދަނީ ޣައްޒާގެ އާންމު ފަރުދުންނެވެ. ޢުމުރުން 51 އަހަރުގެ ނަލާތު ޒެއިނޯ، އެކްސް-ރޭއެއް ނުނެގިގެން އުޅޭތާ މިހާރު 45 ދުވަސް ވެއްޖެއެވެ. އޭނާގެ ކިޑްނީގެ އެކްސް-ރޭ ނުނެގިގެން އުޅެނީ، އިޒްރޭލުން އަޅަމުންދާ ހުރަހުގެ ސަބަބުން ކަމަށް، ޑޮކްޓަރުން ވަނީ އޭނާ ގާތު ބުނެފައެވެ.

ހުޅަނގުގެ ގިނަ ބާރުތަކަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާ ހަމާސް ޖަމާޢަތުން ޣައްޒާގެ ކޮންޓްރޯލް ނެގީ 2006 ވަނަ އަހަރުއެވެ. އެއީ އިޒްރޭލުގެ ވަޒަންވެރިންނާއި އަސްކަރިއްޔާ، ޣައްޒާއިން ފެބިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ޣައްޒާއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް