Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަލިފާނުގެ ޙާދިސާ

ފިޔަވަޅު އެޅުން، ރެގިއުލޭޓު ކުރުން: ލަސް ކުރެވެން ނެތް ކަންކަން

9 ޖެނުއަރީ 2023 | ހޯމަ 10:55

މާލޭގައި ހިނގާދިޔަ ކެމިކަލް ގުދަންތަކުގެ ބޮޑު އަލިފާނަކީ އޭގެ އެއް މިސާލު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖެނުއަރީ 2023 | ހޯމަ 10:55
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ކަންކަމުގައި ފިޔަވަޅުތައް އެޅުން ލަސް ކުރެވެން ނެތްކަން އެނގެނީ މިފަހުން ހިނގާ ދިޔަ ޙާދިސާތަކުންނެވެ. މާޒީގައި ހިނގާފައިވާ މިފަަދަ ބޮޑެތި ޙާދިސާތަކަށް ބެލުމުން ގައިމުވެސް ފެންނަން އޮތް އެއް ހަގީގަތަކީ، ފިޔަވަޅު އެޅުމާއި، ކަންކަން ރެގިއުލޭޓު ކުރުމާއި، މޮނިޓަރ ކުރުމަކީ ފަސްކުރެވިދާނެ ބާވަތުގެ ކަންކަމެއް ނޫންކަމެވެ.

މާލޭގައި ހިނގާދިޔަ ކެމިކަލް ގުދަންތަކުގެ ބޮޑު އަލިފާނަކީ އޭގެ އެއް މިސާލެވެ. އެ ޙާދިސާ ހިނގިއިރުވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަން ހުއްޓެވެ. މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން ހުއްޓެވެ.

އޭރު އެހާ ނުރައްކާތެރި ގޮތަކަށް ކެމިކަލްތައް ގުދަންކޮށް ގެންގުޅެމުން ދިޔައިރު އެކަމާ ގުޅޭ ޤަވާއިދެއް ނެތެވެ.  އެހެންނަަމަވެސް، އެ ހާދިސާއާއެކު ވަގުތުން އެކަމާ ގުޅޭ ޤަވާއިދުތައް އެކުލަވާލެވި، ގެޒެޓުކޮށް އެއަށް އަމަލު ކުރަން ފެށުނެވެ. ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ބަދަލު ކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށުނެވެ.

އެެހެންނަމަވެސް، އެ ހިތާމަވެރި ޙާދިސާ ހިނގައި އެތައް ގެއްލުމެއްލިބި، މީހެއްގެ ފުރާނަ ނެތިގެން ދިޔައީ ކެމިކަލް ގުދަންތައް ބަދަލުކުރަންޖެހޭ ވާހަކަ އާންމުންނާއި ކަމާބެހޭ ފަރާތްތަކުންވެސް ދޭތެރެ ދޭތެރެއިން ދައްކަމުން ދަނިކޮށެވެ.

މިފަހުން މާލޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެތައް ބިދޭސީންނެއްގެ ފުރާނަ ދިޔަ ޙާދިސާވެސް ހަމަ އެފަދައެވެ. ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކްތައް ރެގިއުލޭޓު ނުކުރެވޭ ވާހަކައާއި، ތޮއްޖެހިގެން އެތައް ބިދޭސީންނެއް ނުޤަވާއިދުން ކުދި ކުދި ތަންތަން ކޮޅުގައި އުޅޭ ވާހަކަ ދައްކަ ދައްކާ ތިއްބައި އެ ހިތާމަވެރި ޙާދިސާ ހިނގައި، 10 މީހުން މަރުވެގެން ދިޔައީއެވެ.

ޙާދިސާއިން ނިއުޅިގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ، އެތަނުގައިވެސް ޖާގައަށްވުރެ އެތައް ގުނައެއް އިތުރަށް ބިދޭސީން އުޅެމުން ދިޔަކަމާއި، ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ހުރި ކަމެވެ.

މިއަދު ފަތިހު އަލިފާނުގެ ހާދިސާހިނގި ނީލަން ފިހާރައާ ގުޅޭގޮތުންވެސް އިވެނީ ދާދި އެއް ވާހަކަތަކެކެވެ. އެތަނުގައި ދޭތެރެ ދޭތެރެއިން އެފަދަ ޙާދިސާތައް ހިނގާ ވާހަކައާއި، އެތަނަކީ އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ނުހަނު ބޮޑެތި ގެއްލުން ލިބިދާނެ ޒާތުގެ ތަކެތި ހުރި ތަނެއް ކަމުގެ ވާހަކައެވެ.

ނީލަން ފިހާރަ ހުންނަ ސަރަޙައްދުގައި ހޯމަ ދުވަހު ހިނގި އަލިފާނުގެ ޙާދިސާގައި އެ ސަރަޙައްދުގައި ހުންނަ ބިދޭސީ އެކޮމޮޑޭޝަން ބްލޮކެއްވެސް ވަނީ އަނދާ ހުލިވެފައެވެ. ސިފައިން މައުލޫމާތު ދޭ ގޮތުގައި އެ ތަނުގައި ގިނަ އަދަދެއްގެ އަލިފާން ހިފާ ޒާތުގެ ތަކެތި ހުއްޓެވެ. ލަކުޑިއާއި، ދަގަނޑާއި، އޭސީއާއި، ގޭސްފުޅި ފަދަ އެތައް އެތައް އެއްޗެކެވެ.

މި ޙާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުން ދެއްކެވި ވާހަކަތަަކަށް ބަލާލުމުން ދޭހަވި އެއް ކަމަކީ، އެތަނަކީ މީގެ ކުރިންވެސް އެފަދަ ޙާދިސާތައް ހިނގާފައިވާ ތަނެއްކަމާއި، ކޮންމެވެސް އިދާރާއެއްގެ ރަސްމީ ބެލުމުގެ ދަށުން، ރަނގަޅަށް ރެގިއުލޭޓު ކުރެވެން ޖެހޭ ތަނެއް ކަމެވެ.

ކަންމިހެން ހުރުމާއެކު، އަނެއްކާވެސް މިފަދަ ނުރައްކާތެރި ޙާދިސާއެއް ހިނގައި، މިއަށްވުރެ ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން މި މައްސަލައަށްވެސް އަވަސް ޙައްލެއް އަންނަން އެބަޖެހެއެވެ. އެންމެ ރައްކާތެރި ގޮތަކީ ހުން އަންނާނެ ކަމަށް ރަޖާ ލައިގެން ތިބުމެވެ.

އަލިފާނުގެ ހާދިސާއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
16 ޑިސެމްބަރު 2024

ތަހުގީގު ކުރަން ބޭރުން ޓީމު ނުގެންނަނީސް ތަން ސާފުކޮށް ދޮވެލައިފި! މިއީ ހެކި ނައްތާލުން ނޫން ދެން ކޮންކަމެއް؟

16 ޑިސެމްބަރު 2024
ތަހުގީގު ކުރަން ބޭރުން ޓީމު ނުގެންނަނީސް ތަން ސާފުކޮށް ދޮވެލައިފި! މިއީ ހެކި ނައްތާލުން ނޫން ދެން ކޮންކަމެއް؟
12 ޑިސެމްބަރު 2024

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

17 ސެޕްޓެމްބަރު 2024
ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
04 ޖުލައި 2024

ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ، 2 މީހަކަށް އަނިޔާވެއްޖެ

04 ޖުލައި 2024
ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ، 2 މީހަކަށް އަނިޔާވެއްޖެ
10 ޖޫން 2024

ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

10 ޖޫން 2024
ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
27 ޑިސެމްބަރު 2023

އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވެއްޖެ

27 ޑިސެމްބަރު 2023
އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް