ރާއްޖެ
އަލިފާނުގެ ހާދިސާ
ޝީ ބިލްޑިންގ ކުރިމަތީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ
އިމާރާތުގައި ވަރަށް ބޮޑަށް ވަނީ ހުޅު ހިފާފައި
ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2025 | އާދީއްތަ 02:30

މާލޭގެ ޝީ ބިލްޑިންގ ކުރިމަތީ ގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ
މާލޭގެ ޝީ ބިލްޑިންގ ކުރިމަތީގައި ބުރުޒު މަގުގައި ހުރި އިމާރާތެއްގައި ރޯވެއްޖެއެވެ.
ހާދިސާ ހިނގީ އާދިއްތަ ދުވަހު ހެނދުނު 7:00 ހާ އިރުއެވެ.
ރޯވެފައިވަނީ މ.ހައުސްޕްލާޒާ ގޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
އިމާރާތަކީ މީހުން ނޫޅޭ ފަޅު ތަނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ވަރަށް ބޮޑަށް އިމާރާތުގައި ރޯވެ އަނދަމުންދާ މަންޒަރު ވަނީ ފެނިފައެވެ.
އެމްއެންޑީއެފްގެ އަލިފާން ނިއްވާ އޮފިޝަލުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ހެނދުނު 7:30 ހާއިރު އަލިފާން ވަނީ ފެން ޖަހާ ނިއްވާލާފައެވެ.








