Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނީލަން ފިހާރަ- އަލިފާނުގެ ޙާދިސާ

އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ނައިބްރައީސް ޒިޔާރަތް ކުރައްވައިފި

މި ޙާދިސާއާ ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖެނުއަރީ 2023 | ހޯމަ 04:26
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، އެ ސަރަޙައްދަށް ނައިބްރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފިއެވެ.

އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނައިބްރައީސް ވިދާޅުވީ، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަޙައްދުން މިފަދަ ޙާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ތަންތަން ވީހާވެސް ދުރުކުރުންކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

އަދި މި ޙާދިސާއާ ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

ނީލަން ފިހާރަ ސަރަޙައްދުގައި މީގެ ކުރިންވެސް އަލިފާނުގެ ޙާދިސާތައް ހިނގާފައިވާއިރު، މިފަހަރުވެސް އެތަނުގައި އަލިފާން ހިފާ ޒާތުގެ އެކި ކަހަލަ ސާމާނުތައް ހުރިކަމަށް ސިފައިން މައުލޫމާތު ދެއެވެ.

ކެމިކަލް ގުދަނުގެ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޤަވާއިދުތައް އެކުލަވާލައި، ގުދަންތައް އާންމުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތަށް، ނީލަން ފިހާރަ ސަރަޙައްދުގެ ކަންކަންވެސް ރެގިއުލޭޓު ކުރެވެން ޖެހޭކަމަށް އެ ސަރަަޙައްދުގައި ހުންނަވައި ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ޑިފެންްސް މިނިސްޓަރ މަރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.

ނީލަން ފިހާރައިގައި މީގެ ކުރިންވެސް މިފަދަ އަލިފާނުގެ ޙާދިސާތައް ހިނގާފައިވާއިރު، މިއީ އަވަހަށް ޙައްލު އަންނަންޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، 5:43 ގައި އެމްއެންޑީއެފަށް ޙާދިސާގެ ކޯލް ލިބުމުން، ލަސްތަކެއް ނުވެ 5:48 ގައި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އަދި އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީވެސް ބޭނުންކޮށްގެން ވަގުތުން އަލިފާން ނިއްވުމުގެ މަސައްކަތްތައް ފުޅާ ކުރެވިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޙާދިސާގެ ސަބަބުން އެ ސަރަޙައްދުގައި ހުރި ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދާފައިވާއިރު، އަލިފާންގަނޑު ފެތުރުމުގެ ކުރިން ބިދޭސީންތައް އެތަނުން ވަނީ ނެރެފައެވެ. މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބިދޭސީންނަށް ވަގުތީ ބޯހިޔަވަހިކަން ހަމަޖައްސައި ދިނުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަލިފާނުގެ ޙާދިސާއާ ގުޅިގެން މުއައްސަސާތަކުގެ އިތުރުން، އާންމުންގެ ވެސް ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށެވެ.

މިފަދަ ޙާދިސާތަކާ ގުޅިގެން މިހާރު އާންމުންވެސް ނުހަނު ހޭލުންތެރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މިހާރު އަލިފާންގަނޑުގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މޯލްޑިވްސް އެއަރޕޯޓު ފަޔަރ އެންޑް ރެސްކިއުއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
12 ޑިސެމްބަރު 2024

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި
12 ޑިސެމްބަރު 2024

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް
17 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

17 ސެޕްޓެމްބަރު 2024
ހުޅުމާލޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު